ލަންދޫ ސްކޫލުގެ ސަރވިސް ޗާޓަރު
ފެށުން
މިއީ، ލަންދޫ ސްކޫލުން (GS119) ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ޚިދުމަތް ދިނުމުގައި ޢަމަލުކުރާނޭ ގޮތްތަކާއި، ޚިދުމަތުގެ ފެންވަރާއި ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތަށް ޚިދުމަތް ދިނުމުގައި ޢަމަލުކުރުމަށްޓަކައި އެކުލަވާފައިވާ ސަރވިސް ޗާޓަރެވެ.
ސަރވިސް ޗާޓަރުގެ މަޤްޞަދު
މި ސަރވިސް ޗާޓަރުގެ މަޤުޞަދަކީ، ސްކޫލުން ޚިދުމަތް ލިބިގަންނަ ނުވަތަ ޚިދުމަތަކަށް އެދޭ އެންމެހައި ފަރާތްތަކަށް، ފަސޭހަކަމާއި، ހާމަކަމާއެކު އެއް މިންގަނޑަކުން ޚިދުމަތް ދިނުމުގައި ޢަމަލުކުރާނެގޮތް ހާމަކުރުމެވެ.
ސްކޫލުގެ ތަސައްވުރު
އެހެން މީހުންގެ އިތުބާރާ ލޯބި ލިބިގެންވާ އަދި އަމިއްލަ ނަފްސަށާއި އެހެން މީހުންނަށް އިޙްތިރާމްކުރާ، ދީނަށާއި ޤައުމަށް ތެދުވެރި، ޒިންމާދާރު އަދި އަޅުގަނޑުމެންގެ މާދަރީބަހާއި ޘަޤާފަތާއި އާދަކާދަ ދިރުވަން މަސައްކަތްކުރާ އުފެއްދުންތެރި ޖީލެއް ބިނާކުރުމެވެ.
ސްކޫލުގެ އަމާޒު
ކޮންމެ ކުއްޖަކީވެސް ހަމަހަމަ ފުރުސަތުތަކެއް ލިބިގެންވާ ކުއްޖެއްކަމުގައި ހެދުމާއިއެކު، އުނގެނި ދަސްކުރުމުގެ ރަނގަޅު މާހަޢުލެއް ޤާއިމުކޮށްދީ، ހޭލުންތެރިކަން އިރުރުކޮށް، ތަޢުލީމީ ޖީލެއް ބިިނާކުރުމެވެ.
ސްކޫލުގެ ސިފަތައް
އަޅުގަނޑުމެންގެ އިޤްރާރު
- ޚިދުމަތް ހޯއްދަވަން ވަޑައިގަންނަވާ ބޭފުޅުންނަށް ހިނިތުންވުމާއިއެކު މަރުޙަބާ ކިޔާނަމެވެ.
- ސްކޫލަށް އަންނަ ފޯނު ކޯލްތަކަށް 5 ރިންގް ގެ ތެރޭގައި ޖަވާބު ދޭނަމެވެ. އަދި ފޯނަށް ޖަވާބުދާރީވާ މުވައްޒަފުގެ ނަމާއި ސެކްޝަންގެ މަޢުލޫމާތު ދޭނަމެވެ.
- ސްކޫލަށް ލިބޭ ސިޓީތަކާއި އީމެއިލްތަކަށް، އަދި ޚިދުމަތަކަށް އެދި ހުށަހަޅާ ހުށައެޅުންތަކަށް ރަސްމީ މަސައްކަތު 3 ދުވަސް ތެރޭގައި ޖަވާބު ދޭނަމެވެ.
- ޚިދުމަތް ހޯދާ ފަރާތްތަކަށް އެހީތެރިވެދީ، އިޙްތިރާމް ކުރުމާއެކު، ރިވެތި ގޮތުގައި މުޢާމަލާތް ކުރާނަމެވެ.
ޚިދުމަތް ހޯއްދަވާ ފަރާތުގެ ޒިންމާ
- ޞައްޙަ މަޢުލޫމާތު ދިނުން.
- ތެދުވެރިކަމާއެކު އަމާނާތްތެރިވުން.
- ވަގުތަށް ސަމާލުކަން ދިނުން.
- އަދަބުވެރިކަމާއެކު މުޢާމަލާތް ކުރުން.
- ހުށަހަޅަންޖެހޭ އެންމެހާ ލިޔެކިޔުންތައް ފުރިހަމަކުރުން.
| ޚިދުމަތް އަދި މަރުޙަލާތައް | ހުށަހަޅަންޖެހޭ ލިޔެކިޔުންތައް | ހޭދަވާނެ މުއްދަތު |
|---|---|---|
| 1 އޮފީހުގެ ފޯނަށް އަންނަ ކޯލްތަކަށް ޖަވާބުދިނުން ރަސްމީ ގަޑީގައި އަންނަ ކޯލްތަކަށް 5 ރިންގް ތެރޭގައި ޖަވާބުދިނުން އަދި މިސްކޯލްތަކަށް ކޯލްބެކް ކުރުން. | - | ވަގުތުން / އެދުވަހު |
| 2 އިމާރާތާއި ތަކެތި ކުއްޔަށް ދޫކުރުން މާލިއްޔަތު ޤަވާޢިދާއި އެޑިއުކޭޝަންގެ އުޞޫލާ އެއްގޮތަށް ފޯމު ފުރިހަމަކުރުމާއި ފައިސާ ބަލައިގަތުން. |
|
ރަސްމީ 2 - 5 ދުވަސް |
| 3 ބިޑް ކުރެވޭ މަސައްކަތްތަކަށް އިޢުލާންކުރުން އިޢުލާން ކުރުމާއި، ބިޑް އިވެލުއޭޓް ކުރުމާއި އެގްރީމެންޓް ހެދުން. |
|
ރަސްމީ 7 - 12 ދުވަސް |
| 4 ދަރިވަރުން ސްކޫލަށް ވައްދައިދިނުން ފައުންޑޭޝަން، ގްރޭޑް 1 އަދި އެހެނިހެން ގްރޭޑްތަކަށް ކުދިން އެޑްމިޓްކުރުން. | ދިވެހި ދަރިވަރުން: ދަރިވަރު އަދި ބެލެނިވެރިޔާގެ އައިޑީކާޑު، ވެކްސިން ކާޑު، ގޭގެ ރަޖިސްޓްރީ/އެގްރީމެންޓް ބިދޭސީ ދަރިވަރުން: ޕާސްޕޯޓް، ވިސާ، ވޯކްޕާމިޓް، ވެކްސިން ކާޑު | 1 މަސްދުވަސް ތެރޭގައި |
| 5 ސްކޫލް ބަދަލުކުރުމުގެ މަސައްކަތް އެއް ސްކޫލުން އަނެއް ސްކޫލަށް ދަރިވަރު ބަދަލުކުރުމަށް އެސް.ޓީ ފޯމު ފުރިހަމަކުރުން. |
|
ރަސްމީ 3 - 5 ދުވަސް |
| 6 ސިޓީ/އީމެއިލްތަކަށް ޖަވާބުދިނުން ދައުލަތުގެ މުއައްސަސާތަކާއި އާންމުން ފޮނުވާ ސިޓީ/އީމެއިލަށް ޖަވާބުދިނުން. | - | ރަސްމީ 3 - 5 ދުވަސް |
| 7 އިސްވެރިޔަކާ ބައްދަލުކުރުން ސިޓީ، އީމެއިލް، ފޯނު ނުވަތަ ރިސެޕްޝަން މެދުވެރިކޮށް އެދުން. | - | ރަސްމީ 3 - 5 ދުވަސް |
ޝަކުވާ ހުށަހަޅާނެ ގޮތް
ސްކޫލުން ފޯރުކޮށްދޭ ޚިދުމަތްތަކާ ގުޅޭގޮތުން އެއްވެސް ޝަކުވާއެއް ނުވަތަ ޚިޔާލެއް އޮތްނަމަ، ތިރީގައިވާ ގޮތްތަކުން ކުރެ ގޮތަކަށް ހުށަހެޅުއްވޭނެއެވެ:
- ސްކޫލުގެ ރިސެޕްޝަން ކައުންޓަރަށް ވަޑައިގެން.
- އީމެއިލް މެދުވެރިކޮށް: [email protected]
- ސްކޫލުގެ އަދި ސިވިލް ސަރވިސް ކޮމިޝަނުގެ QR ކޯޑު މެދުވެރިކޮށް.