އިޢުލާން - "ކޫލް ސުކޫލް" ޕްރޮޖެކްޓުގެ ދަށުން އޭސީ އިންސްޓޯލްކުރުމާއި ކަރަންޓު ނެޓްވޯކް އަޕްގްރޭޑްކުރުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު
އިޢުލާނުތަކަށް އެނބުރި ދިއުމަށް
GS-119/2026/06

"ކޫލް ސުކޫލް" ޕްރޮޖެކްޓުގެ ދަށުން އޭސީ އިންސްޓޯލްކުރުމާއި ކަރަންޓު ނެޓްވޯކް އަޕްގްރޭޑްކުރުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު

ޝާއިޢުކުރި ތާރީޚް އޮގަސްޓު 18، 2026
ސުންގަޑި އޮގަސްޓު 26، 2026
ބާކީ އޮތް މުއްދަތު 1 ދުވަސް
މަސައްކަތް
ސުންގަޑި ކައިރިވަނީ

މި އިޢުލާނުގެ މުއްދަތު ހަމަވުމަށް ބާކީ އޮތީ އެންމެ 1 ދުވަހެވެ.

ކޫލް ސުކޫލް ޕްރޮޖެކްޓްގެ ދަށުން ނ. ލަންދޫ ސުކޫލުގައި 31 (ތިރީސް އެކެއް) އެއަރކޮންޑިޝަނަރ އިންސްޓޯލް ކުރުމާއި، މިކަމަށް ބޭނުންވާ ކަރަންޓު ނެޓްވޯކް އަޕްގްރޭޑިންގ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް 20 ޖުލައި 2026 ގައި ކުރެވުނު އިޢުލާން (ނަންބަރު: GS-119 / 2026 / 06) އަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.

މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

  • ބިޑް ރަޖިސްޓްރީ ކުރުން:

    މި ޕްރޮކިއުމަންޓްގައި ރަޖިސްޓްރީ ކުރުމަށް 2026 އޯގަސްޓް 17 އިން 2026 އޯގަސްޓް 22 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކުރައްވައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށް އެކަންޏެވެ.

    🔗 ބިޑް ރަޖިސްޓްރީ ފޯމް ލިންކު

  • ސުވާލު ހުށަހެޅުން:

    މި ޕްރޮކިއުމަންޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2026 އޯގަސްޓް 24 ވަނަ ދުވަހުގެ ކުރިން ތިރީގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުން އެދެމެވެ.

  • ބީލަން ހުށަހެޅުމާއި ހުޅުވުން:

    ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2026 އޯގަސްޓް 26 ވަނަ ދުވަހުގެ 11:00 ގައި ލަންދޫ ސުކޫލުގެ އޮފީހުގައެވެ.

  • ބީލަން ފޮތް:

    މި ޕްރޮކިއުމަންޓާ ގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

ޕްރޮކިއުމަންޓް ސެކްޝަން

ލަންދޫ ސުކޫލު، ނ. ލަންދޫ، ދިވެހިރާއްޖެ

އިތުރު މަޢުލޫމާތު / ފައިލްތައް