އިޢުލާނުތަކަށް އެނބުރި ދިއުމަށް
GS-119/2026/04

ކޫލުސްކޫލު ޕްރަޖެކްޓްގެދަށުން މި ސްކޫލު ގައި 31 އެއަރކޮނޑިސަން އިންސްޓޯލް ކުރުމާއި މިކަމަށްބޭނުންވާ ކަރަންޓު ނެޓްވޯކް އަޕްގްރޭޑިންގ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

ޝާއިޢުކުރި ތާރީޚް ޖުލައި 2، 2026
ސުންގަޑި ޖުލައި 12، 2026
މަސައްކަތްތައް
މުއްދަތު ހަމަވެފައި

މި އިޢުލާނުގެ ސުންގަޑި ޖުލައި 12، 2026 ގައި ވަނީ ހަމަވެފައެވެ.

ކޫލް ސްކޫލު ޕްރޮޖެކްޓްގެ ދަށުން މި ސްކޫލު ގައި 31 އޭސީ އިންސްޓޯލް ކުރުމާއި މިކަމަށްބޭނުންވާ ކަރަންޓު ނެޓްވޯކް އަޕްގްރޭޑިންގ މަސައްކަތް ކޮށްދޭނެފަރާތެއް ބޭނުންވެއްޖެއެވެ.

މި މަސައްކަތަށް ބޭނުންވާ އެއަރކޮނޑިސަންތައް މިސްކޫލުން ފޯރުކޮށްދެވޭނެއެވެ.  މި މަސައްކަތަށް ބޭނުންވާ އެހެންހުރިހާ ތަކެއްޗާއި މަސައްކަތަކީ  އަމިއްލަ ޚަރަދުގައި ކުރާގޮތައް ހަމަޖެހިފައިވާ މަސައްކަތެކެވެ.  

  1. މިމަސައްކަތް ކުރުމަށް ސައުޤުވެރިވެލައްވާ ފަރާތްތަކުން 2 ޖުލައި 2026  އިން 7 ޖުލައި 2026 އަށް ބަންދުނޫން ކޮންމެދުވަހަކު ހެނދުނު 9:00  އިން މެންދުރުފަހު 13:00 އާއި ދެމެދު މި ސުކޫލަށް ދުރުވެ ނަންނޯޓް ކުރެއްވުން އެދެމެވެ. ނަންނޯޓްކުރެއްވުމާއި މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާއިރު އައި.ޑީ ކާޑު ގެންނެވުން އެދެމެވެ.
  2. މި ޕްރޮޖެކްޓާއިބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 8 ޖުލައި 2026 ބުދަ ދުވަހުގެ 12:00 ގެކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމަކުން ހުށަހެޅުއްވުންއެދެމެވެ.  
  3. މި ޕްރޮޖެކްޓާއިބެހޭ މަޢުލޫމާތުދިނުމުގެ ބައްދަލުވުންއޮންނާނީ 9 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި މި ސުކޫލުގެ އޮފީސް ރޫމްގައެވެ. މައުލޫމާތުސާފުކުރުމަށާއި ބިޑުހުށަހެޅުމަށް ވެރިފަރާތުގެ ބަދަލުގައި ދުރުވާބޭފުޅެއްނަމަ ވެރިފަރާތުގެ ސިޓީއާއި ނެޝަނަލް އައި،ޑީ ކާޑްގެކޮޕީ ހުށަހަޅަން ވާނެއެވެ.
  4. ބީލަން ހުށަހެޅުމާއި، ހުޅުވުން އޮންނާނީ 12 ޖުލައި 2026 ވާ އާދިއްތަ ދުވަހުގެ 10:00 ގައި މި ސުކޫލް އޮފީސް ރޫމްގައެވެ. ބިޑުހުށަހެޅުމަށް ވެރިފަރާތުގެބަދަލުގައި ދުރުވާބޭފުޅެއްނަމަ ވެރިފަރާތުގެ ސިޓީއާއި ނޭސަނަލް އައި،ޑީ ކާޑްގެކޮޕީ ހުށަހަޅަން ވާނެއެވެ.
  5. ކަނޑައެޅިފައިވާ މުއްދަތުގެތެރޭގައި ނަންނޯޓް ނުކުރައްވާ ފަރާތްތަކުން ހުށައަޅުއްވާ އަންދާސީ ހިސާބް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ.
  6. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
  7. ޕްރޮކިއުމަންޓް ސެކްޝަން   ލަންދޫ ސްކޫލް ނ. ލަންދޫ، ދިވެހިރާއްޖެ.
  8. ފޯން: 6560576  ، އީ-މެއިލް: [email protected] ، ކޮޕީ-މެއިލް: [email protected]

ވީމާ މިކަންޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

މި އިޢުލާން ހިއްސާކުރައްވާ