Your cart is currently empty!
ލަންދޫސްކޫލްގެ މިއަހަރުގެ ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކޮށްފި
ނ.ލަންދޫސްކޫލްގެ މިއަހަރުގެ ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކޮށް ވަނަތަކަށް ހޮވުނު ދަރިވަރުންނަށް އިނާމާއި، ޝީލްޑާއި، އަދި ސެޓްފިކެޓް ދީފިއެވެ. މިކަން އޮތީ އެކަމަށްޓަކައި މިދިޔަ ހޯމަދުވަހު ލަންދޫސްކޫލްގެ ޖަލްސާ ކުރާ ހޯލްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ބޭއްވި ޖަލްސާގެ ޝަރަފްވެރި މެހްމާނަކީ ނ.ލަންދޫ ކައުންސިލްގެ ރައީސް އަލްފާޟިލް ޝިނާން ޢަބުދުލްޣަނީއެވެ. އޭނާޖަލްސާގައި ވާހަކަދެއްކެވިއެވެ. ވާހަކަ ދައްކަވަމުން ޝިނާން ވިދާޅުވީ ކައުންސިލްގެ ޤުރުއާން މުބާރާތް ދެއަހަރަށް މެދުކެނޑިފައި އޮތަސް އަންނައަހަރު އެމުބާރާތްއަލުން ފައްޓަވާނެކަމަށެވެ.…

ނ.ލަންދޫސްކޫލްގެ މިއަހަރުގެ ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކޮށް ވަނަތަކަށް ހޮވުނު ދަރިވަރުންނަށް އިނާމާއި، ޝީލްޑާއި، އަދި ސެޓްފިކެޓް ދީފިއެވެ. މިކަން އޮތީ އެކަމަށްޓަކައި މިދިޔަ ހޯމަދުވަހު ލަންދޫސްކޫލްގެ ޖަލްސާ ކުރާ ހޯލްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ބޭއްވި ޖަލްސާގެ ޝަރަފްވެރި މެހްމާނަކީ ނ.ލަންދޫ ކައުންސިލްގެ ރައީސް އަލްފާޟިލް ޝިނާން ޢަބުދުލްޣަނީއެވެ. އޭނާޖަލްސާގައި ވާހަކަދެއްކެވިއެވެ. ވާހަކަ ދައްކަވަމުން ޝިނާން ވިދާޅުވީ ކައުންސިލްގެ ޤުރުއާން މުބާރާތް ދެއަހަރަށް މެދުކެނޑިފައި އޮތަސް އަންނައަހަރު އެމުބާރާތްއަލުން ފައްޓަވާނެކަމަށެވެ. އަދި ލަންދޫގައި ބޭއްވޭ އެންމެ އަގުބޮޑު މުބާރާތަށް އެމުބާރާތް ހެދޭތޯ މަސައްކަތްކުރައްވާނެކަމަށެވެ.
ބެލެނިވެރިންނާއި، ދަރިވަރުން އަދި ސްކޫލްގެ ސްޓާފުން ބައިވެރިވި މިޖަލްސާގައި ނަތީޖާ އިއްވުމުގެ އިތުރުން ޤުރުއާން މުބާރާތުގެ ޖަޖުންނަށް އެކަމުގެ ހަނދާނީ ލިޔުން ދިނުންވެސް އޮތެވެ. ލަންދޫ ސްކޫލްގެ މިއަހަރުގެ ޤުރުއާން މުބާރާތުގެ ޖަޖުންނަކީ ނ.ލަންދޫ ޓިކިއު އައިގެ މަސްޢޫލްވެރިޔާ އަލްފާޟިލް ޢަލީ ޒިޔާދު ( އިސްފަނޑިޔާރު ) އާއި، ނ.ލަންދޫ ސްކޫލްގެ ޤުރުއާން މުދައްރިސް އަލްފާޟިލާ އައިޝަތު ރުކުޝާނާ އާއި، ޓީކިއު އައިގެ މުދައްރިސް ފާތުމަތު މުސްތަޤީމާ އެވެ.
ޤުރުއާން މުބާރާތުގެ ނަތީޖާ ތިރީގައިއެވަނީ އެވެ.
ޤުރުޢާން މުބާރާތް 2018 ގެ ނަތީޖާ
ބަލައިގެން ކިޔުމުގެ ގޮފި
- 6 އަހަރުން ދަށުގެ އުމުރުފުރާއިން
- 1 ވަނަ – ހުސެއިން މާހިލް ބިން މުޙައްމަދު އިބްރާހިމް
- 2 ވަނަ – ޢީޝަލް ބިންތް އަލީ
- 3 ވަނަ – މަރިޔަމް ރީޝަމް
- 7 އަހަރުން ދަށުގެ އުމުރުފުރާއިން
- 1 ވަނަ – މަރިޔަމް މަލަކާ ޝިޔާމް
- 2 ވަނަ – ޝަހާ ސާލިހް ސައީދު
- 3 ވަނަ – އާއިޝަތު ޝީތަލް
- 9 އަހަރުން ދަށުގެ އުމުރުފުރާއިން
- 1 ވަނަ – މައުވާ ބިންތް މުޢާވިޔަތު
- 2 ވަނަ – ހަސަން ޒަޔާން
- 3 ވަނަ – ހައްވާ އިމްނާ
- 11 އަހަރުން ދަށުގެ އުމުރުފުރާއިން
- 1 ވަނަ – މަރްޔަމް ރައުހާ
- 2 ވަނަ – ފާތިމަތު ޒައިނާ ޒަހީނު
- 3 ވަނަ – މުހައްމަދު އަނޫފް އަލީ
- 13 އަހަރުން ދަށުގެ އުމުރުފުރާއިން
- 1 ވަނަ – އައިޝަތު ރަނާ
- 2 ވަނަ – މުހައްމަދު މައިޝަން
- 3 ވަނަ – މަރިޔަމް އީނާޝް އަލީ
- 16 އަހަރުން ދަށުގެ އުމުރުފުރާއިން
- 1 ވަނަ – މުހައްމަދު ޝާނިފް
- 2 ވަނަ – އަޙްމަދު ރިފާޙް
- 3 ވަނަ – ޝިފްލާ މުޙައްމަދު
ނުބަލައި ކިޔުމުގެ ގޮފި
- 6 އަހަރުން ދަށުގެ އުމުރުފުރާއިން
- 1 ވަނަ – އީޝަލް ބިންތު އަލީ
- 2 ވަނަ – ހުސެއިން މާހިލް ބިން މުހައްމަދު އިބްރާހިމް
- 3 ވަނަ – އަތީކް ބިން ޝުކޫރު
- 7 އަހަރުން ދަށުގެ އުމުރުފުރާއިން
- 1 ވަނަ – މަރިޔަމް ޒީކް ޒާހިރު
- 2 ވަނަ – ޝަހާ ސާލިހް ސައީދު
- 3 ވަނަ – މަރިޔަމް މަލަކާ ޝިޔާމް
- 9 އަހަރުން ދަށުގެ އުމުރުފުރާއިން
- 1 ވަނަ – ހަސަން ޒަޔާން އަޙްމަދު
- 2 ވަނަ – މަރްޔަމް ޝައިހާ ޝިހާމް
- 3 ވަނަ – މުޢާޝް ބިން މުޢާވިޔަތު
- 11 އަހަރުން ދަށުގެ އުމުރުފުރާއިން
- 1 ވަނަ – އައިމިނަތު މިންހާ މޫސަ
- 3 ވަނަ – ފާތިމަތު ޖަނާ
- 13 އަހަރުން ދަށުގެ އުމުރުފުރާއިން
- 1 ވަނަ – މަރިޔަމް އީނާޝް އަލީ
- 16 އަހަރުން ދަށުގެ އުމުރުފުރާއިން
- 1 ވަނަ – މުޙައްމަދު ޝާނިފް
މުޅި މުބާރާތުން ބަލައިގެން ކިޔުމުގެ ގޮފި
- 1 ވަނަ – އައިޝަތު ރަނާ
- 2 ވަނަ – މުހައްމަދު ޝާނިފް
- 3 ވަނަ – އަޙްމަދު ރިފާޙް ، މައުވާ ބިންތް މުޢާވިޔަތު
މުޅި މުބާރާތުން ނުބަލައި ކިޔުމުގެ ގޮފި
- 1 ވަނަ – މުހައްމަދު ޝާނިފް
- 2 ވަނަ – ހަސަން ޒަޔާން އަޙްމަދު
- 3 ވަނަ – އީޝަލް ބިންތު އަލީ
މުޅި މުބާރާތުން
- 1 ވަނަ – މުހައްމަދު ޝާނިފް
- 2 ވަނަ – ހަސަން ޒަޔާން އަޙްމަދު
- 3 ވަނަ – މަރިޔަމް އީނާޝް އަލީ
Share with
/









ޚިޔާލު ފާޅުކުރައްވާ