ލަންދޫސްކޫލްގައި ކުޑަކުދިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފި

މިއަހަރުގެ ކުޑަކުދިންގެ ދުވަސް ވަރަށް ކުލަގަދަ ގޮތެއްގައި ލަންދޫ ސްކޫލުގައި ފާހަގަކޮށްފިއެވެ. ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ލަންދޫސްކޫލުން ކުރިއަށް ގެންދިޔަ ޕްރޮގްރާމްތައް ފެށުނީ ދުވަހާގުޅިގެން ބޭއްވި ޚާއްޞަ އެސެމްބްލީ އިންނެވެ. މި އެސެމްބްލީގައި އެ ސްކޫލްގެ ހުރިހާ ދަރިވަރުންނާއި، ހުރިހާ ސްޓާފުންނާއި، ގިނަޢަދަދެއްގެ ބެލެނިވެރިންނާއި، ސްކޫލްގެ ބޯޑާއި، އަދި ޕީޓީއޭއިން ބައިވެރިވިއެވެ. ދުވަހާ ގުޅޭގޮތުން އެސެމްބްލީގައި ވާހަކަ ދެއްކީ ސްކޫލް ބޯޑުގެ ވައިސް ޗެއަރޕަރސަން އަލްފާޟިލް ސަލީމް ޙުސެއިން އެވެ. ޗެއަރޕަރސަންގެ ވާހަކަފުޅުގައި ކުޑަކުދިންގެ ދުވަސް ފާހަގަ…


މިއަހަރުގެ ކުޑަކުދިންގެ ދުވަސް ވަރަށް ކުލަގަދަ ގޮތެއްގައި ލަންދޫ ސްކޫލުގައި ފާހަގަކޮށްފިއެވެ. ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ލަންދޫސްކޫލުން ކުރިއަށް ގެންދިޔަ ޕްރޮގްރާމްތައް ފެށުނީ ދުވަހާގުޅިގެން ބޭއްވި ޚާއްޞަ އެސެމްބްލީ އިންނެވެ.

މި އެސެމްބްލީގައި އެ ސްކޫލްގެ ހުރިހާ ދަރިވަރުންނާއި، ހުރިހާ ސްޓާފުންނާއި، ގިނަޢަދަދެއްގެ ބެލެނިވެރިންނާއި، ސްކޫލްގެ ބޯޑާއި، އަދި ޕީޓީއޭއިން ބައިވެރިވިއެވެ.

ދުވަހާ ގުޅޭގޮތުން އެސެމްބްލީގައި ވާހަކަ ދެއްކީ ސްކޫލް ބޯޑުގެ ވައިސް ޗެއަރޕަރސަން އަލްފާޟިލް ސަލީމް ޙުސެއިން އެވެ. ޗެއަރޕަރސަންގެ ވާހަކަފުޅުގައި ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމުގެ ބޭނުން ހާމަކޮށްދެއްވުމާއެކު ބެލެނިވެރިންނަށާއި، ދަރިވަރުންނާ ގުޅޭ ގޮތުން ކަންކަން ފާހަގަކުރައްވާ ވާހަކަދެއްކެވިއެވެ.

ލަންދޫ ސްކޫލުން ވަނީ މިއަހަރުގެ ކުޑަކުދިންގެ ދުވަސް މިއަދު އެސްކޫލްގައި ފާހަގަކުރުމަށް ކުރިއަށް ގެންދިޔަ ޙަރަކާތްތަކުގެ ތެރޭގައި ދަރިވަރުންގެ ޕެރޭޑަކާއި، ދަރިވަރުންގެ ސްޓޯލްތަކެއް ކުރިއަށް ގެންގޮސްފައެވެ.

ދަރިވަރުންގެ ޕެރޭޑް ކުރިއަށް ދިޔައީ ރަށުގެ ބޮޑެތި މަގުތަކުގައި މިއަދު ހަވީރު 4:15 ން ފެށިގެންނެވެ. ޕެރޭޑް ގައި ފައުންޑޭޝަން ސްޓޭޖާއި، ކީސްޓޭޖް 1 އަދި 2 ގެ ދަރިވަރުން ބައިވެރިވީ ކާޓޫން ކެރެކްޓަރ ސިފަވާފަދަ ހެދުން އަޅައިގެންނެވެ. އަދި ސްކޫލްގެ މަތީކްލާސްތަކުގެ ދަރިވަރުން ޕެރޭޑްގައި ބައިވެރިވީއިރު އެކުދިންތިބީ ދުވަހުގެ ތީމާއި ގުޅުވައިގެން ހެދުން އަޅައިގެނެވެ.

ސްޓޯލްތައް ކުރިއަށް ދިޔައީ މިއަދު ހަވީރު 4:30 ހުން ފެށިގެން 6:00 އާއި ހަމައަށް އެސްކޫލްގެ ގޯތީތެރޭގައި އޮންނަ ހުސްބިމުގައެވެ. ސްޓޯލްތައް އިންތިޒާމް ކޮށްފައިވަނީ ގްރޭޑް 6 ން ފެށިގެން މަތީކްލާސްތަކުންނެވެ. ކޮންމެ ސްޓޯލެއްގައިވެސް ތަފާތު ވައްތަރުގެ ކުޅިވަރުތަކާއި، އެކިއެކި ޙަރަކާތްތައް ދުވަހާގުޅިގެން ރާވާލައިފައި ވެއެވެ.

ކުޑަކުދިންގެ ދުވަހަކީ ކޮންމެ އަހަރަކުވެސް ލަންދޫސްކޫލްގައި ވަރަށް ކުލަގަދަކޮށް ފާހަގަކުރަމުން އަންނަ ދުވަހެކެވެ. ބެލެނިވެރިންގެ ފުރިހަމަ އެއްބާރުލުމާއި، އެހީތެރިކަމާއެކު މިއަހަރުވެސް އެސްކޫލްގައި ކުޑަކުދިންގެ ދުވަސް ފާހަގަ ކޮށްފައިވަނީ ދަރިވަރުންނަށް އުފާވެރި ހިތްގައިމު މަޖާ މާހައުލެއްގައި ވަގުތު ކޮޅެއް ހޭދަކޮށްލުމުގެ ފުރުޞަތު ހޯދައިދިނުމުގެ މަޤްޞަދުގައެވެ.


ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

More posts. You may also be interested in.