ލަންދޫސްކޫލްގެ ނެޓްބޯޅަ މުބާރާތުގެ ދެބައިންވެސް ސިއްތިމާވާ ޗެމްޕިއަންކަން ހޯދައިފި

ލަންދޫސްކޫލްގެ މިއަހަރުގެ ނެޓްބޯޅަ މުބާރާތުގެ ޖޫނިއަރ އަދި ސީނިއަރ ދެބައިންވެސް  ސިއްތިމާވާ ޗެމްޕިއަންކަން ހޯދައިފިއެވެ. ޖޫނިއަރ އަދި ސީނިއަރ ދެބައިގެ ފައިނަލްމެޗް މެދުކުޅެފައިވާއިރު ޖޫނިއަރ ބައިގެ ފައިނަލްމެޗްގައި ބައްދަލުކުރީ ސިއްތިމާވާ ހައުސްއާއި، ދޮށިމޭނާހައުސްއެވެ. މިމެޗް 10 ޕޮޓް 8 ޕޮޓުން ކާމިޔާބުކޮށް ޖޫނިއަރ ބައިގެ ޗެމްޕިއަންކަން ހޯދީ ސިއްތިމާވާ ހައުސްއެވެ.   މި މުބާރާތުގެ ސީނިއަރ ކެޓަގަރީގައި މިއަދު ފައިނަލްގައި ސިއްތިމާވާ އާއި ރެހެންދި ހައުސްއެވެ. 17 ޕޮޓް 8 ޕޮޓުން މިމެޗް ކާމިޔާބުކޮށް ސީނިއަރ ބައިގެ…


ލަންދޫސްކޫލްގެ މިއަހަރުގެ ނެޓްބޯޅަ މުބާރާތުގެ ޖޫނިއަރ އަދި ސީނިއަރ ދެބައިންވެސް  ސިއްތިމާވާ ޗެމްޕިއަންކަން ހޯދައިފިއެވެ.

ޖޫނިއަރ އަދި ސީނިއަރ ދެބައިގެ ފައިނަލްމެޗް މެދުކުޅެފައިވާއިރު ޖޫނިއަރ ބައިގެ ފައިނަލްމެޗްގައި ބައްދަލުކުރީ ސިއްތިމާވާ ހައުސްއާއި، ދޮށިމޭނާހައުސްއެވެ. މިމެޗް 10 ޕޮޓް 8 ޕޮޓުން ކާމިޔާބުކޮށް ޖޫނިއަރ ބައިގެ ޗެމްޕިއަންކަން ހޯދީ ސިއްތިމާވާ ހައުސްއެވެ.

 

މި މުބާރާތުގެ ސީނިއަރ ކެޓަގަރީގައި މިއަދު ފައިނަލްގައި ސިއްތިމާވާ އާއި ރެހެންދި ހައުސްއެވެ. 17 ޕޮޓް 8 ޕޮޓުން މިމެޗް ކާމިޔާބުކޮށް ސީނިއަރ ބައިގެ ޗެމްޕިއަކަންވެސް ހޯދާފައިވަނީ ސިއްތިމާވާ ހައުސްއެވެ.

މިއަދުގެ ދެމެޗް ނިމުމުން ޗެމްޕިއަނުންނަށާއި، ރަނައަޕް ޓީމަށާއި، އަދި ކޮންމެ ކެޓަގަރީއަކުން އެންމެ މޮޅު 5 ކުޅުންތެރިންނަށް ހަދާނީ ލިޔުމާއި، ތައްޓާއި، މެޑަލްދިނުން މިއަދު އޮތެވެ.

ވަނަވައަށް އައިފަރާތްތަކަށް އިނާމްތައް ދެއްވީ މުބާރާތުގެ ޝަރަފްވެރިމެހްމާނާ ނ.ލަންދޫ ކައުންސިލް އިދާރާގެ އެޑްމިން އޮފިސަރ އަލްފާޟިލާ އައިޝަތު ޝިފާޒާ އެވެ.

ޖޫނިއަރ ބައިގެ އެންމެ މޮޅު 5 ކުޅުންތެރިންނަށް ހޮވިފައިވަނީ :

  • މައުވާ ބިންތު މުއާވިޔަތު ( ސިއްތިމާ ހައުސް )
  • މަރިޔަމް ޝިނާތު ( ދޮށިމޭނާ ހައުސް )
  • މަރިޔަމް އިމްޝާ ( ސިއްތިމާވާ ހައުސް )
  • މަރިޔަމް ލައިޒާ މުމައްޖިދު ( ރެހެންދި ހައުސް )
  • އާމިނަތު ނައުރާ ( ސިއްތިމާވާ ހައުސް )

ސީނިއަރ ބައިގެ އެންމެ މޮޅު 5 ކުޅުންތެރިންނަކީ :

  • އައިޝަތު ޒުހުދާ ( ސިއްތިމާވާ ހައުސް )
  • އާމިނަތު ޚަތުމާ ( ސިއްތިމާވާ ހައުސް )
  • މަރިޔަމް ނޫރައިން ( ސިއްތިމާވާ ހައުސް )
  • ޙައްވާ ރިސްލާ ( ދޮށިމޭނާހައުސް )
  • ޙައްވާ ޝާއިނާ ( ދޮށިމޭނާ ހައުސް )

މިއަދުގެ ފައިނަލް 2 މެޗްވެސް ކުޅެވިގެން ގޮސްފައިވަނީ ވަރަށް ފޯރިގަދަ މެޗްތަކެއްގެ ގޮތުގައެވެ. ބެލެނިވެރިންނާއި، ގިނަޢަދަދެއްގެ ދަރިވަރުންވަނީ މެޗްބަލަން އައިސް ތަރުޙީބުދީފައެވެ.

ލަންދޫސްކޫލުންބުނީ މި މުބާރާތަށްފަހު ދެން އޮންނާނީ އެސްކޫލްގެ މިއަހަރުގެ ފުޓްބޯޅަ މުބާރާތް ކަމުގައެވެ. މިމުބާރާތުގެ ޕްރެކްޓިސް މިހާރުވަނީ އެސްކޫލުގެ ހައުސް ތަކުން ފަށާފައެވެ.


ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

More posts. You may also be interested in.