Your cart is currently empty!
ލަންދޫސްކޫލްގެ މިއަހަރުގެ ނެޓްބޯޅަ މުބާރާތް ފަށައިފި
ލަންދޫސްކޫލްގެ މިއަހަރުގެ އިންޓަރހައުސް ނެޓްބޯޅަ މުބާރާތް ފަށައިފިއެވެ. ލަންދޫ ސްކޫލުގެ ނެޓްބޯޅަ ކޯޓުގައި ކުރިއަށް ދާ މިމުބާރާތުގައި 3 ހައުސްގެ މެދުގައި ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި މިއަހަރު ޖޫނިއަރ ބަޔާއި، ސީނިއަރ ބައި ކުޅުމަށްވަނީ ހަމަޖެހިފައެވެ. އެގޮތުން މުބާރާތް ފެށުމުގެމެޗްގައި ފުރަތަމަ ދުވަހު ސީނިއަރ ބައިން ރެހެންދި ހައުސްއާއި، ދޮށިމޭނާ ހައުސް ބައްދަލުކުރި އިރު ޖޫނިއަރ ބައިން ވެސް މިދެހައުސްއިން ދެ ޓީމް ވަނީ ބައްދަލުކޮށްފައެވެ. ސީނިއަރ ބައިން އިއްޔެ ގެ މެޗްގައި ރެހެންދިއާއި ދޮށިމޭނާ…

ލަންދޫސްކޫލްގެ މިއަހަރުގެ އިންޓަރހައުސް ނެޓްބޯޅަ މުބާރާތް ފަށައިފިއެވެ. ލަންދޫ ސްކޫލުގެ ނެޓްބޯޅަ ކޯޓުގައި ކުރިއަށް ދާ މިމުބާރާތުގައި 3 ހައުސްގެ މެދުގައި ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި މިއަހަރު ޖޫނިއަރ ބަޔާއި، ސީނިއަރ ބައި ކުޅުމަށްވަނީ ހަމަޖެހިފައެވެ. އެގޮތުން މުބާރާތް ފެށުމުގެމެޗްގައި ފުރަތަމަ ދުވަހު ސީނިއަރ ބައިން ރެހެންދި ހައުސްއާއި، ދޮށިމޭނާ ހައުސް ބައްދަލުކުރި އިރު ޖޫނިއަރ ބައިން ވެސް މިދެހައުސްއިން ދެ ޓީމް ވަނީ ބައްދަލުކޮށްފައެވެ.
ސީނިއަރ ބައިން އިއްޔެ ގެ މެޗްގައި ރެހެންދިއާއި ދޮށިމޭނާ ބައްދަލުކޮށް 4 ޕޮޓް 2 ޕޮޓުން މެޗް ކާމިޔާބުކުރީ ރެހެންދި ހައުސް އެވެ. އަދި ޖޫނިއަރ ބައިން 9 ޕޮޓް 2 ޕޮޓުން މެޗް ކާމިޔާބުކުރީ ރެހެންދި ހައުސް އިނެވެ.
މި މުބާރާތުގެ ޝަރަފްވެރި މެހްމާނަކީ ލަންދޫ ކައުންސިލްގެ އެޑްމިން އޮފިސަރ އަލްފާޟިލާ އައިޝަތު ޝިފާޒާ އެވެ.
މެޗް ފެށުމުގެ ގޮތުން ޝަރަފްވެރި މެހްމާނާ ވަނީ ދެޓީމްގެކުޅުންތެރިންނާއި ސަލާމް ކުރައްވާފައެވެ.
މާދަމާ ބައްދަލުކުރާނީ ސިއްތިމާވާ ހައުސްއާއި، ރެހެންދި ހައުސް އެވެ. މެޗްވެސް ފެށޭގަޑިއަކީ ހަވީރު 4:15 އެވެ.
Share with
/









ޚިޔާލު ފާޅުކުރައްވާ