ލަންދޫ ސްކޫލުގެ އެކްޓިވިޓީ ބޯޑް 2018 ވަނަ އަހަރަށް އިފްތިތާހް ކޮށްފި

ލަންދޫ ސްކޫލުގެ އެކްޓިވިޓީ ބޯޑް 2018 ވަނަ އަހަރަށް އިފްތިތާހް ކޮށްފިއެވެ. ބުރާސްފަތި ދުވަހުގެ ރޭ ލަންދޫ ސްކޫލު ޕްލޭ ގުރައުންޑުގައި ބޭއްވި މި ޙަފްލާގައި ސްކޫލުގެ ހައުސްތަކާއި ކުލަބް އެސޯސިއޭޝަންތަކުގެ ދަރިވަރުންނާއި ބެލެނިވެރިންނާއި ސްކޫލް ޕީޓީއޭ އަދި ސްކޫލް ބޯޑުގެ މެންބަރުންނާއި ސްކޫލްގެ ޓީޗަރުން ބައިވެރިވެލެއްވިއެވެ. ޕްރިފެކްޓް ބޯޑާއި ކުލަބް އެސޯސިއެޝަންތަކާއި ހައުސްތަކުގެ އިސްމަޤާމުތަކަށް ހޮވުނު ދަރިވަރުން ހުވާ ކުރުމާއި އިޤުރާރުގައި ސޮއިކުރުންވެސް މި ހަފްލާގައި އޮތެވެ. ހުވާލައިދެއްވީ ލަންދޫސްކޫލްގެ އިސްލާމް މުދައްރިސް އަލްފާޟިލް އަޙްމަދު…


ލަންދޫ ސްކޫލުގެ އެކްޓިވިޓީ ބޯޑް 2018 ވަނަ އަހަރަށް އިފްތިތާހް ކޮށްފިއެވެ. ބުރާސްފަތި ދުވަހުގެ ރޭ ލަންދޫ ސްކޫލު ޕްލޭ ގުރައުންޑުގައި ބޭއްވި މި ޙަފްލާގައި ސްކޫލުގެ ހައުސްތަކާއި ކުލަބް އެސޯސިއޭޝަންތަކުގެ ދަރިވަރުންނާއި ބެލެނިވެރިންނާއި ސްކޫލް ޕީޓީއޭ އަދި ސްކޫލް ބޯޑުގެ މެންބަރުންނާއި ސްކޫލްގެ ޓީޗަރުން ބައިވެރިވެލެއްވިއެވެ.

ޕްރިފެކްޓް ބޯޑާއި ކުލަބް އެސޯސިއެޝަންތަކާއި ހައުސްތަކުގެ އިސްމަޤާމުތަކަށް ހޮވުނު ދަރިވަރުން ހުވާ ކުރުމާއި އިޤުރާރުގައި ސޮއިކުރުންވެސް މި ހަފްލާގައި އޮތެވެ. ހުވާލައިދެއްވީ ލަންދޫސްކޫލްގެ އިސްލާމް މުދައްރިސް އަލްފާޟިލް އަޙްމަދު ނަދީމެވެ.

ރޭ 8:30 ގައި ފެށުނު މިޖަލްސާގައި ލަންދޫސްކޫލްގެ ހައުސްތަކާއި، އެސޯސިއޭޝަންތަކާއި އަދި ކްލަބްތަކުން 2018 ވަނައަހަރު ކުރިއަށް ގެންދިއުމަށް ކަނޑައަޅާފައިވާ އެކްޓިވިޓީތަކާއި، ތަސައްވުރާއި، މަޤްޞަދުތައް ހިމެނޭގޮތުން ކޮންމެ ބަޔަކުންވެސް ޕްރެޒެންޓޭޝަނެއް ހުށަހެޅުންވެސް އޮތެވެ.

 


ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

More posts. You may also be interested in.