ލަންދޫސްކޫލްގެ މިއަހަރުގެ ދަސްވެނިވުން ބާއްވައިފި

ވަރަށްކުލަގަދަ ރަސްމިއްޔާތަކާއެކު ލަންދޫ ސްކޫލުގެ މިއަހަރުގެ ދަސްވެނިވުން ރޭ ބާއްވައިފިއެވެ. މިޙަފްލާގައި ފައުންޑޭޝަން ސްޓޭޖްގެ ދަރިވަރުންނާއި، ކީސްޓޭޖް 1 ، 2  އަދި 3 ގެ ދަރިވަރުންނަށް ވަނީ ދަސްވެނިވުނުކަމުގެ ޝަރަފާ ލިޔުން ހަވާލުކޮށްފައެވެ. . ގިނަޢަދަދެއްގެ ބެލެނިވެރިންނާއި، ދަރިވަރުންނާއި، އަދި ސްކޫލްގެ މުވައްޒަފުން ބައިވެރިވި މިޙަފްލާގެ ޝަރަފްވެރި މެހްމާނަކީ ނ.ލަންދޫކައުނސިލްގެ ރައީސް އަލްފާޟިލް ޝިނާން ޢަބުދުލްޣަނީ އެވެ. ޝިނާންގެ އިތުރުން ލަންދޫގެ މުއައްސަސާތަކުގެ ވެރިންނާއި، ބައެއް މުވައްޒަފުން ރޭގެ ޙަފްލާގައި ބައިވެރިވެލެއްވިއެވެ. ރޭގެ ޙަފްލާ ތަޢާރަފްކުރުމުގެ…


ވަރަށްކުލަގަދަ ރަސްމިއްޔާތަކާއެކު ލަންދޫ ސްކޫލުގެ މިއަހަރުގެ ދަސްވެނިވުން ރޭ ބާއްވައިފިއެވެ. މިޙަފްލާގައި ފައުންޑޭޝަން ސްޓޭޖްގެ ދަރިވަރުންނާއި، ކީސްޓޭޖް 1 ، 2  އަދި 3 ގެ ދަރިވަރުންނަށް ވަނީ ދަސްވެނިވުނުކަމުގެ ޝަރަފާ ލިޔުން ހަވާލުކޮށްފައެވެ. .

ގިނަޢަދަދެއްގެ ބެލެނިވެރިންނާއި، ދަރިވަރުންނާއި، އަދި ސްކޫލްގެ މުވައްޒަފުން ބައިވެރިވި މިޙަފްލާގެ ޝަރަފްވެރި މެހްމާނަކީ ނ.ލަންދޫކައުނސިލްގެ ރައީސް އަލްފާޟިލް ޝިނާން ޢަބުދުލްޣަނީ އެވެ. ޝިނާންގެ އިތުރުން ލަންދޫގެ މުއައްސަސާތަކުގެ ވެރިންނާއި، ބައެއް މުވައްޒަފުން ރޭގެ ޙަފްލާގައި ބައިވެރިވެލެއްވިއެވެ.

ރޭގެ ޙަފްލާ ތަޢާރަފްކުރުމުގެ ގޮތުން ވާހަކަ ދެއްކެވީ ހެޑް އޮފް ލަންދޫ ސްކޫލް އަލްފާޟިލް ޢަބުދުﷲ ޢާމިރު އެވެ. ހެޑް އޮފް ސުކޫލުގެ ވާހަކަފުޅުގައި ދަސްވެނިވި ދަރިވަރުންނަށް މަރުޙަބާ ވިދާޅުވަމުން ވިދާޅުވީ ތައުލީމީ ހަޔާތުގައި އެއްމަރުޙަލާއިން އަނެއްމަރުޙަލާއަށް ބަދަލުވުމަކީ ލިބޭކުރިއެރުމެއްކަމަށާއި، މިލިބޭ ކުރިއެރުމާއި އެއްވަރަށް މަސައްކަތްކޮށް އިތުރު ހަރުފަތްތަކަށް ވާޞިލް ވެވޭތޯ މަސައްކަތް ކުރުމަކީ ދަރިވަރުންގެ ޒިންމާއެއްކަމަށް ވިދާޅުވިއެވެ.

ރޭގެ ޙަފްލާގައި ޝަރަފްވެރިމެހްމާން ޝިނާން ޢަބުދުލް ޣަނީވެސް ވާހަކަ ދެއްކެވިއެވެ. ޝިނާންގެ ވާހަކައިގައި ބޮޑަށް އަލިއަޅުވާލެއްވީ ދަރިވަރުންނަށް އެކުދިންގެ ތައުލީމީ ހަޔާތް ބާއްޖަވެރި ކުރެވޭނެ ގޮތްތަކުގެ މައްޗަށެވެ. އެގޮތުން ޝިނާން ގެ ތައުލީމީ މަދުރަސީ ހަޔާތުގައި ދިމާވި އަމިއްލަ ތަޖްރިބާ ދަރިވަރުންނާއި ހިއްސާކުރައްވަމުން ވިދާޅުވީ ކާމިޔާބަކީ މަސައްކަތްކުރާ ދަރިވަރުންގެ ޙައްޤެއްކަމަށެވެ. ގަދައަޅާ މަސައްކަތްކުރާ ހުރިހާ ދަރިވަރުންނަށްވެސް ކާމިޔާބު ލިބޭނެކަމަށެވެ. .

ރޭގެ ޙަފްލާނިންމާލީ ހާޒިރީންގެ ޝަރަފްގައި އޮތް ބިލެއްމީރު ކޮށްލުމަކުންނެވެ.


ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

More posts. You may also be interested in.