ވަޒީފާގެ ފުރުޞަތު: އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން ނަންބަރު: GS-119/2017/16 ވަޒީފާގެ ފުރުޞަތު: މިސްކޫލްގެ ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެ   މަޤާމް އެޑްމިނިސްޓްރޭޓިވް އޮފިސަރ މަޤާމުގެ ނަންބަރު: J‐ 132791 ބޭނުންވާ އަދަދު: 1 މަޤާމު ގިންތި: ދާއިމީ ރޭންކް: ޖީ.އެސް.3 ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް: 1 ސެކްޝަން: އެޑްމިން ސެކްސަން މަޤާމްއޮތްއޮފީސް: ނ.ލަންދޫ ސްކޫލް ވަޒީފާ އަދާކުރަން ޖެހޭ ތަން: ނ.ލަންދޫ ސްކޫލް  ނ. ލަންދޫ މުސާރަ: -/4,465 ރ. ސާރވިސް އެލަވަންސް: -/1500ރ   އިތުރުއިނާޔަތްތައް: 1.         ސިވިލް…


އިޢުލާން

ނަންބަރު: GS-119/2017/16

ވަޒީފާގެ ފުރުޞަތު:

މިސްކޫލްގެ ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެ

 

މަޤާމް އެޑްމިނިސްޓްރޭޓިވް އޮފިސަރ މަޤާމުގެ ނަންބަރު: J‐ 132791
ބޭނުންވާ އަދަދު: 1 މަޤާމު ގިންތި: ދާއިމީ
ރޭންކް: ޖީ.އެސް.3 ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް: 1
ސެކްޝަން: އެޑްމިން ސެކްސަން މަޤާމްއޮތްއޮފީސް: ނ.ލަންދޫ ސްކޫލް
ވަޒީފާ އަދާކުރަން ޖެހޭ ތަން: ނ.ލަންދޫ ސްކޫލް  ނ. ލަންދޫ
މުސާރަ: -/4,465 ރ. ސާރވިސް އެލަވަންސް: -/1500ރ  
އިތުރުއިނާޔަތްތައް: 1.         ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

2.         ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

3.         ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: 1.      މުވައްޒަފުންގެ މުސާރައާއިގުޅޭ އެންމެހާކަންތައްތަކާއި ރިޕޯޓްތައް ތައްޔާރުކުރުމާއި ކަމާގުޅޭ އެންމެހާ  ކަންތައްތައް ޒިންމާދާރުކަންމަތީ ކުރުމާއިއެކު ރިކޯޑް ބެލެހެއްޓުން.

2.      ތިޖޫރިއަށް ފައިސާ ލުމާއި ނެގުމާއި ތިޖޫރީ ރިޕޯޓް ތައްޔާރުކުރުމާއިބޭހޭ އެންމެހާކަންތައް ޒިންމާދާރުކަންމަތީ ކުރުމާއިއެކު ރިކޯޑް ބެލެހެއްޓުން.

3.      ފައިސާއާއި ގުޅޭ އެންމެހާރިޕޯޓު ތައްޔާރުކުރުމާއިގުޅޭ އެންމެހާކަންތައް ޒިންމާދާރުކަންމަތީ ކުރުމާއިއެކު ރިކޯޑް ބެލެހެއްޓުން.

4.      ބެންކުން ފައިސާ ނެގުމާއި ޖަމާކުރުމާއި ޓްރާންސްފަރ ކުރުމާއި،  ހަވާލުކުރުމާއި، ފައިސާ ބަލައިގަތުމާއިބޭހޭ އެންމެހާކަންތައް ޒިންމާދާރުކަންމަތީ ކުރުމާއިއެކު ރިކޯޑް ބެލެހެއްޓުން.

5.      މުސާރަފައިސާއާއި ޚަރަދު ފައިސާގެ އައިޓަމްބާކީ ތައްޔާރުކޮށް ބެލެހެއްޓުމުގެ އެންމެހާ މަސައްކަތް ޒިންމާދާރުކަންމަތީ ކުރުމާއިއެކު ރިކޯޑް ބެލެހެއްޓުން.

6.      ސްކޫލަކީ ދަރިވަރުން ތަމުރީނުކުރާތަނަކަށްވާތީ ސްކޫލުގައިމަސައްކަތްކުރާ މީހުންނަކީ ދަރިވަރުންނަށް ނަމޫނާބަޔަކަށްވާންޖެހޭތީ، އެޑްމިން އޮފިސަރުންނަކީވެސް  އަޚުލާޤުރަގަނޅު،އެމީހުންނާއިމެދު މުޖުތަމަޢުގެ އިތުބާރު ނުގެއްލޭމީހެއްގެ ގޮތުގަ ދެމިހުރުން.

7.      ވަޒީފާގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ޙަވާލުކުރެވޭ ތަކެތި ރައްކާތެރިކަމާއިއެކު ބެލެހެއްޓުން.

8.      ސްކޫލަކީ ސާފުޠާހިރު ހުރިހާގޮތަކުންވެސް ދަރިވަރުންނަށް ރައްކާތެރިކަމާއި ހިމާޔަތްތެރިކަން ލިބިގެންވާ އުގެނުމުގެ މާހައުލެއް ޤާއިމުކުރެވިފައިވާ  ތަނެއްގެގޮތުގައި ދެމެހެއްޓުމަށް މަސައްކަތް ކުރުން.

9.      މަސަތްކަތުމައިދާނުގައި ކުރިމަތިވާ ހުރަސްތައް ސްކޫލަށްއަންގައި މަސަތްކަތައް ބޭނުންވާ ވަސީލަތްތައް ހޯދައި ތައްޔަރުކޮށް ވަސީލަތްތައް މުއްސަނދިކުރުން.

10.  ދަރިވަރުންގެ ކުރިއެރުމަށް ސްކޫލުންހިންގާ އެންމެހާ ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވުން.

11.  ސްކޫލަކީ ޓީޗަރުންނާއި އެހެނިހެން މުވައްޒަފުންނާއި ދަރިވަރުންނާއި ބެލެނިވެރިންގެ ހައްޤުތައް ރައްކާތެރިކޮށް އަބުރު ހިފަހައްޓާ ތަނެއްކަމުގައިހެދުމަށް މަސައްކަތްކުރުން.

12.  ކިޔަވައިދިނުމާއި ދަރިވަރުންގެ ކުރިއެރުމާ ގުޅޭގޮތުން ސްކޫލުންކަނޑައާފައިހުންނަ ލަނޑުދަނޑިތައް ޙާޞިލްކުރުމަށް ހަވާލުކޮށްފައިހުންނަ މަސައްކަތްތައްކޮށް ކަނޑައަޅާފައިހުންނަ ސުންސިކުންތައް ނިންމުން.

13.  އަމިއްލަސާފުޠާހިރުކަމައި ހެދުންއެޅުމުގައި ދިވެހިސިވިލް ސަރވީސްގެ މިންގަނޑު ހިފެހެއްޓުން.

14.  މިނިސްޓްރީ އޮފް އެޑިޔުކޭސަނުގެ ތަޢުލީމީ ސިޔާސަތުތައް ދެމެހެއްޓުމަށް ސްކޫލުން ކުރާކަންކަމުގަ އެހީތެރިކަން ފޯރުކޮށްދިނުން.

15.  ހާލަތާއި ވަގުތު ތަންދޭގޮތުން އިސްވެރިޔާ (މަސައްކަތުގެމާހައުލާއި ގުޅޭގޮތުން) ހަވާލުކުރާއެންމެހާކަންކަން ޒިންމާދާރުކަންމަތީކޮށް ރިކޯޑްބެލެހެއްޓުން.

16.  މަތީގައިދެންނެވިފައިވާ ކަންތަކާއިގުޅޭ ރިކޯޑްބެލެހެއްޓުމަށް (ސޮފްޓް އަދި ހާޑް ކޮޕީ އެކުލެވޭ) ފައިލިންސިސްޓަމެއްއެކުލަވާލުން.

 

 
މަޤާމުގެ ޝަރުޠުތައް: އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ:

ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން ‘ޑީ’ ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި ‘ދިވެހި’ މި މާއްދާއިން ދަށްވެގެން ‘ސީ’ ގްރޭޑް ލިބިފައިވުން.

 
ވަޒީފާއަށް އެންމެ ޤާބިލު މީހަކު ހޮވުމަށް ބެލެވޭ ކަންތައްތައް – ތަޢުލީމާއި ތަމްރީނު

– މަސައްކަތުގެ ތަޖުރިބާ

– މަސައްކަތުގެ ހުނަރާއި ފެންވަރާއި ގާބިލުކަމާއި ސިފަތައް

 
ހުށަހަޅަންޖެހޭ ލިޔުންތައް: 1.     ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު

2.     ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3.     ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4.     ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

5.     ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

6.     ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

7.     ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.

8.     މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 
މަޤާމަށް އެދެންވީ ގޮތާއި ސުން ގަޑި ·         ވަޒީފާއަށް އެދޭ ފޯމު ލަންދޫ ސްކޫލު އޮފީހުން ލިބެން ހުންނާނެއެވެ. އަދި މިސްކޫލުގެ (www.landhooschool.com  )  ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ (25 އޮކްޓޯބަރ 2017) ވާ (ބުދަ) ދުވަހުގެ (14:00) ގެ ކުރިން، (ލަންދޫ ސްކޫލް) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް  ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، ([email protected])  އެވެ. ފެކްސް ނަންބަރަކީ، (6560617) އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.  
އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު: – މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު  އޮންނާނީ،  (26 އޮކްޓޯބަރ 2017)  އާއި (31 އޮކްޓޯބަރ 2017)   އާ ދެމެދު، (ލަންދޫ ސްކޫލް) ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.  
ޝޯޓް ލިސްޓްކުރުން: މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 (ދިހައެއް)  އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 (ދިހައެއް)   ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.  
މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ (މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން %30 އިންސައްތަ) ލިބެންޖެހޭނެއެވެ.  
ސެޓުފިކެޓުތަކާއި ލިޔެކިޔުންތައް އެޓެސްޓު ކުރުން: ވަޒީފާއަށް އެދި ހުށަހަޅާ ހުރިހާ ލިޔެކިޔުންތަށް އެޓެސްޓުކުރުން އޮންނާނީ އިންޓަވިއު ކުރާ ފަރާތްތަކަށް އެކަންޏެވެ. ވީމާ، އިންޓަވިއުއަށް ހޮވޭ ފަރާތްތަކުން ހުރިހާ ލިޔެކިޔުންތަކުގެ އަސްލު ގެންނަވަން ވާނެއެވެ.  
އިތުރު މަޢުލޫމާތު ހޯދުން: މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ (6560576) ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، (6560617) އެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ.  

 

ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

8 މުޙައްރަމް 1438

16 އޮކްޓޯބަރ 2017


ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

More posts. You may also be interested in.