މިއަހަރުގެޓީޗަރުންގެ ދުވަސް ލަންދޫ ސްކޫލުގައި ފާހަގަކޮށްފި

މިއަހަރުގެ ޓީޗަރުންގެ ދުވަސް ލަންދޫސްކޫލްގައިވެސް ވަރަށް ކުލަގަދަކޮށްފާހަގަކޮށްފިއެވެ. ލަންދޫސްކޫލްގައި މިއަހަރުގެ ޓީޗަރސްޑޭ ފާހަގަކުރަނީ އެސްކޫލްގެ ޕީޓީއޭ އިސްވެގެން ކުރިއަށް ގެންދާ ޙަރަކާތްތަކެއް ގެތެރެއިން ނެވެ. އެގޮތުން މިއަދު ހެނދުނު ހުރިހާޓީޗަރުންވެސް ސްކޫލަށް ގެނެސްފައިވަނީ ފުރިހަމަ ޢިއްޒަތުގައެވެ. މިއަދު ހެނދުނު ފުރަތަމަ ސްކޫލަށް އައުމުގެ ބަދަލުގައި ޓީޗަރުން ހެނދުނު 6:30 ށް ހާޒިރުވެފައިވަނީ ރަށުގެ މެދުގައި އޮންނަ މެދުގައި އޮންނަ “ހަނދުވަރީ ޕާކް” ކިޔާ ސަރަޙައްދަށެވެ. އެތަނުން ހުރިހާ ޓީޗަރުންވެސް ޕެރޭޑްގައި ( ޢިއްޒަތުގައި ) ސްކޫލަށް ގެނެސްފައިވަނީ…


މިއަހަރުގެ ޓީޗަރުންގެ ދުވަސް ލަންދޫސްކޫލްގައިވެސް ވަރަށް ކުލަގަދަކޮށްފާހަގަކޮށްފިއެވެ.

ލަންދޫސްކޫލްގައި މިއަހަރުގެ ޓީޗަރސްޑޭ ފާހަގަކުރަނީ އެސްކޫލްގެ ޕީޓީއޭ އިސްވެގެން ކުރިއަށް ގެންދާ ޙަރަކާތްތަކެއް ގެތެރެއިން ނެވެ. އެގޮތުން މިއަދު ހެނދުނު ހުރިހާޓީޗަރުންވެސް ސްކޫލަށް ގެނެސްފައިވަނީ ފުރިހަމަ ޢިއްޒަތުގައެވެ. މިއަދު ހެނދުނު ފުރަތަމަ ސްކޫލަށް އައުމުގެ ބަދަލުގައި ޓީޗަރުން ހެނދުނު 6:30 ށް ހާޒިރުވެފައިވަނީ ރަށުގެ މެދުގައި އޮންނަ މެދުގައި އޮންނަ “ހަނދުވަރީ ޕާކް” ކިޔާ ސަރަޙައްދަށެވެ. އެތަނުން ހުރިހާ ޓީޗަރުންވެސް ޕެރޭޑްގައި ( ޢިއްޒަތުގައި ) ސްކޫލަށް ގެނެސްފައިވަނީ ސްކޫލްބޯޑުގެ މެމްބަރުންވެސް ހިމެނޭގޮތުންނެވެ. މިއީ ދުވަހުގެ ހަރަކާތް ފެށުމުގެ ގޮތުން ބޭއްވި ވަރަށް ތަފާތު އައިޓަމެކެވެ.

އޭގެ ފަހުގައި ހުރިހާ ޓީޗަރުންނަށް ސްކޫލުން ވަނީ ދަރިވަރުންނާއި، ބެލެނިވެރިން މަރުޙަބާ ކިޔާފައެވެ. އަދި ކޮންމެ ޓީޗަރަކަށް ހެދުމުގައި ޖަހާނެ ގޮފިކޮޅެއް އެވަގުތު ވަނީ ހަދިޔާކުރެވިފައެވެ.

އޭގެ ފަހުގައި ދެން ކުރިއަށްދިޔައީ ސްކޫލްގެ ބޯޑުގެ ބޭފުޅުން ހުރިހާ ޓީޗަރުންނަށް ދުވަހުގެ ތަހްނިޔާ އާއި ހެޔޮއެދުންތައް ރައްދުކުރުމަށް ސްކޫލްގެ އެސެމްބްލީ އޭރިޔާގައި ކުރިއަށް ދިޔަ އިވެންޓެކެވެ. މި އިވެންޓްގައި ސްކޫލް ބޯޑުގެ ހުރިހާބޭފުޅުން ވާހަކަ ދެއްކެވިއެވެ. އަދި ހެޑް އޮފް ސްކޫލް އަލްފާޟިލް ޢަބުދުﷲ ޢާމިރުވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. ސްކޫލް ބޯޑްގެ ހުރިހާ ބޭފުޅުންވެސް މައިގަނޑު ގޮތެއްގައި ދުވަހުގެ ތަހްނިޔާ އަދާކުރެއްވުމަށްފަހު ޓީޗަރުން ކުރައްވާ ބުރަމަސައްކަތް ފާހަގަކުރައްވާ ތައުރީފް އަދާކުރެއްވިއެވެ.

ދެން އޭގެ ފަހުގައި އޮތީ ކޮންމެ ކްލާހަކުންވެސް ދުވަހާގުޅިގެން ތައްޔާރުކޮށްފައިވާ ކޭކް ފެޅުމެވެ. ކޮންމެ ކްލާހެއްގެ ކްލާސްޓީޗަރާއި، އެކްލާހަކަށް ނިސްބަތްވާ ހުރިހާޓީޗަރުން ކްލާސްތަކަށް ވަދެ ކޭކް ފެޅުމުގެ މި އުފާވެރި އައިޓަމްގައިވަނީ ބައިވެރިވެފައެވެ.

ދުވަހުގެ މުނާސަބަތުގައި ޕީޓީއޭއިން އިންތިޒާމް ކުރާ ބޮޑު ޙަފްލާއެއް މެންދުރުފަހު ލަންދޫ ސްކޫލް ހޯލުގައިއޮތެވެ.  މި ޙަފްލާގައި ދުވަހާ ގުޅޭގޮތުން ލަންދޫ ސްކޫލުގެ ހެޑް އަލްފާޟިލް ޢަބްދުﷲ އާމިރު ވާހަކަފުޅު ދެއްކެވިއެވެ. އަދި ޕީޓީއޭގެ ފަރާތުން ޓީޗަރުންނަށް  ހަދިޔާ ދިނުމާ ކުލާސްތަކުގެ ފަރާތުން ޓީޗަރުންގެ ދަރިވަރުންގެ ޝުޢޫރުތައް ލިޔެ ހަދިޔާގެ ގޮތުގައި ޓީޗަރުންނަށް ހަވާލުކުރުން އޮތެވެ. މިޙަފްލާ ނިންމާލުމުގެ ގޮތުން ޕީޓީއޭ އަދި ބެލެިވެރިންގެ ފަރާތުން ޓީޗަރުންނަށާ ދަރިވަރުންނަށް ޖާފަތެއް ވަނީ ދީފައެވެ..

ލަންދޫސްކޫލްގައި ކޮންމެ އަހަރަކުވެސް ޓީޗަރުންގެ ދުވަސް ވަރަށްކުލަ ގަދަކޮށް ފާހަގަކުރަމުން ދެއެވެ.


ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

More posts. You may also be interested in.