މަގޭ ރަށް – ސާފު ލަންދޫ ޝިޢާރުގެ ދަށުން ލަންދޫ ސާފު ކުރުމުގެ ބޮޑު ޙަރަކާތުގައި ލަންދޫ ސްކޫލުން ބައިވެރިވެއްޖެ

އިންޓަރނޭޝަނަލް ކޯސްޓަލް ކްލީންއަޕް ޑޭ 2017 ކުލަގަދަގޮތެއްގައި ފާހަގަ ކުރުމުގެ ގޮތުން މަގޭ ރަށް – ސާފު ލަންދޫގެ ނަމުގައި ލަންދޫ ކައުންސިލުން ލަންދޫ ސާފު ކުރުމުގެ ބޮޑު ޙަރަކާތުގައި ލަންދޫ ސްކޫލުން ބައިވެރިވެއްޖެއެވެ. މިޙަރަކާތުގައި ލަންދޫ ސްކޫލުގެ ގުރޭޑް 4 ން މަތިގެ ދަރިވަރުންނާ ހުރިހާ މުވައްޒަފުންނާއި ބެލެނިވެރިން ވަނީ ބައިވެރިވެފައެވެ.. ރަށުގެ ފަނޑިޔާރުމަގުން ފެށިގެން ގޮސް ރަށްވަށައި ރަށުގެ ބަނދަރުކޮޅާއި ހަމައަށްވަނީ ސާފުކޮށްފައެވެ. އެގޮތުން އެ ސަރަޙައްދުތަކުގައި ހިމެނޭ ފުޅި، ދަޅު ފަދަ ތަކެތި…


އިންޓަރނޭޝަނަލް ކޯސްޓަލް ކްލީންއަޕް ޑޭ 2017 ކުލަގަދަގޮތެއްގައި ފާހަގަ ކުރުމުގެ ގޮތުން މަގޭ ރަށް – ސާފު ލަންދޫގެ ނަމުގައި ލަންދޫ ކައުންސިލުން ލަންދޫ ސާފު ކުރުމުގެ ބޮޑު ޙަރަކާތުގައި ލަންދޫ ސްކޫލުން ބައިވެރިވެއްޖެއެވެ. މިޙަރަކާތުގައި ލަންދޫ ސްކޫލުގެ ގުރޭޑް 4 ން މަތިގެ ދަރިވަރުންނާ ހުރިހާ މުވައްޒަފުންނާއި ބެލެނިވެރިން ވަނީ ބައިވެރިވެފައެވެ..

ރަށުގެ ފަނޑިޔާރުމަގުން ފެށިގެން ގޮސް ރަށްވަށައި ރަށުގެ ބަނދަރުކޮޅާއި ހަމައަށްވަނީ ސާފުކޮށްފައެވެ. އެގޮތުން އެ ސަރަޙައްދުތަކުގައި ހިމެނޭ ފުޅި، ދަޅު ފަދަ ތަކެތި ވަނީ ނަގާ މުޅި އެ ސަރަޙައްދު ސާފުކޮށްފައެވެ.

ހަތަރު ގުރޫޕަކަށް ބަހާލައިގެން ފެށިގެން ދިޔަ މި މަސައްތަކުގެ ސަބަބުން ރަށުގެ ވަރަށްބޮޑުބައެއް މިއަދުވަނީ ސާފުކުރެވިފައެވެ.

ގުރޫޕްތަކުން އެއްކޮށްފައިވާ ކުނީގެ ތެރެއިން ޕްލާސްޓިކް، ދަގަނޑު، އަދި ބިއްލޫރި ފަދަ ކުނި ވަނީ ވަކިކޮށް ކިރާ ހަދާފައެވެ.


ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

More posts. You may also be interested in.