Your cart is currently empty!
ލަންދޫ ސްކޫލްގެ މިދިޔައަހަރުގެ ހުރިހާގޮތަކުން އެންމެ ރަގަޅު ދަރިވަރަކަށް ނ.ލަންދޫ އޯކިޑްމާގެ ފާތުމަތު މިރުޝާ ހޮވިއްޖެއެވެ
ނ.ލަންދޫ ސްކޫލްގެ މިދިޔައަހަރުގެ ހުރިހާގޮތަކުން އެންމެ ރަގަޅު ދަރިވަރަކަށް ނ.ލަންދޫ އޯކިޑްމާގެ ފާތުމަތު މިރުޝާ ހޮވިއްޖެއެވެ. ލަންދޫސްކޫލްގެ 2016 ވަނައަހަރު ބެސްޓްއޯލްރަންޑަރގެ މަޤާމް މިރުޝާއަށް ލިބުނުކަން އިޢުލާންކުރީ ރޭ ސްކޫލްގައި ބޭއްވި މިދިޔައަހަރުގެ ޕްރައިޒްޑޭ ޖަލްސާގައެވެ. މިރުޝާއަކީ 2016 ވަނައަހަރުގެ ސްކޫލްގެ ކެޕްޓަންވެސް މެއެވެ. މިދިޔަހަރު ސްކޫލްގެ ބެސްޓްއޯލް ރައުންޑަރގެ މަޤާމް މިރުޝާއަށް ލިބުނުއިރު މިދިޔައަހަރު ސްކޫލްގެ ޖީސީއޯލެވް އިމްތިޙާންގެ އެންމެ ރަގަޅު ނަތީޖާއެއް ހޯދި ދަރިވަރަކަށްވެސް ހޮވިފައިވަނީ މިރުޝާއެވެ. ރޭ ލަންދޫސްކޫލްގައި ބޭއްވި މިދިޔައަހަރުގެ އިނާމްދިނުމުގެ…

ނ.ލަންދޫ ސްކޫލްގެ މިދިޔައަހަރުގެ ހުރިހާގޮތަކުން އެންމެ ރަގަޅު ދަރިވަރަކަށް ނ.ލަންދޫ އޯކިޑްމާގެ ފާތުމަތު މިރުޝާ ހޮވިއްޖެއެވެ. ލަންދޫސްކޫލްގެ 2016 ވަނައަހަރު ބެސްޓްއޯލްރަންޑަރގެ މަޤާމް މިރުޝާއަށް ލިބުނުކަން އިޢުލާންކުރީ ރޭ ސްކޫލްގައި ބޭއްވި މިދިޔައަހަރުގެ ޕްރައިޒްޑޭ ޖަލްސާގައެވެ.
މިރުޝާއަކީ 2016 ވަނައަހަރުގެ ސްކޫލްގެ ކެޕްޓަންވެސް މެއެވެ. މިދިޔަހަރު ސްކޫލްގެ ބެސްޓްއޯލް ރައުންޑަރގެ މަޤާމް މިރުޝާއަށް ލިބުނުއިރު މިދިޔައަހަރު ސްކޫލްގެ ޖީސީއޯލެވް އިމްތިޙާންގެ އެންމެ ރަގަޅު ނަތީޖާއެއް ހޯދި ދަރިވަރަކަށްވެސް ހޮވިފައިވަނީ މިރުޝާއެވެ.
ރޭ ލަންދޫސްކޫލްގައި ބޭއްވި މިދިޔައަހަރުގެ އިނާމްދިނުމުގެ ޖަލްސާގައި މިރުޝާއަށްވަނީ ރައީސުލް ޖުމުހޫރިއްޔާ ދެއްވި އިނާމާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ދެއްވި އިނާމާއި، ޝީލްޑްވެސް ދީފައެވެ. އޭގެ އިތުރުން ސްކޫލުން މިރުޝާއަށް ދިން އިނާމްތަކާއި، ހަނދާނީ ލިޔުމާއި، ޓްރޮފީވެސް ވަނީ ރޭ އެޖަލްސާގައި މިރުޝާއާއި، ޙަވާލުކޮށްފައެވެ.
މިފަހަކަށްއައިސް ކޮންމެ އަހަރަކުވެސް ލަންދޫސްކޫލްގައި ޕްރައިޒްޑޭ ބާއްވަނީ ޙައްޖުވިލޭރޭއެވެ. އެގޮތުން މިދިޔައަހަރުގެ ޖަލްސާ ބާއްވާފައިވަނީ ރޭގައެވެ.
ރޭގެ ޖަލްސާގެ ޝަރަފްވެރިމެހްމާނަކީ ނ.އަތޮޅު ޕޮލިސްކޮމާންޑަރ އިންސްޕެކްޓަރ އަލްފާޟިލް އިލްޔާސް ރިޔާޒް އެވެ. ޝަރަފްވެރި މެޙެމާނުގެ ގެވާހަކަފުޅުގައި ބޮޑަށް އަލިއަޅުވާ ލެއްވީ ދަރިވަރުންނަށް ދެއްވި ނަސޭޙަތްތަކަށެވެ. ކޮންމެ ދަރިވަރަކުވެސް ގަދައަޅާ ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ރަގަޅު ކާމިޔާބީ ލިބޭނޭކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކަމެއް ޙާޞިލް ކުރުމަށް މަސައްކަތެއް ފެށުމުގެ ކުރިން ޑްރީމް ކުރަންވާނެކަމަށާއި، އަދި އެޑްރީމްގެ ވާހަކަ އެހެންމީހުގެ ގާތުގައި ދެއްކުމަކީ ނަފްސާނީ ގޮތުންނާއި، ޖިސްމާނީ ގޮތުން އެކުއްޖަކަށް ހިތްވަރު ލިބިގެންދާނެކަމެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި ލަންދޫގެ ގިނަ މުއައްސަސާތަކެއްގެ ވެރިންނާއި، އެތަންތަނުގެ ސީނިއަރ މުވައްޒަފުންނާއި، ލަންދޫސްކޫލްގެ ބޯޑާއި، ޕީޓީއޭއާއި، ބެލެނިވެރިންގެ ތެރެއިން ގިނަބަޔަކާއި، ދަރިވަރުން ބައިވެރިވިއެވެ.
ރޭގެ ޖަލްސާ އަށްފަހު ، ބައިވެރިންގެ ޝަރަފްގައި ޕީޓީއޭއިން ދެއްވި ވަރުގަދަ ކެއުމެއް ސްކޫލްގައި އޮތެވެ.
Share with
/









ޚިޔާލު ފާޅުކުރައްވާ