މަދަހަ މުބާރާތް ފަށައިފި.

ލަންދޫސްކޫލްގެ މިއަހަރުގެ މަދަހަމުބާރާތް މިއަދު މި ސްކޫލްގައި ފަށައިފިއެވެ. މި މުބާރާތް ފެށުމަށް މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގެ ޝަރަފްވެރިމެހްމާނަކީ ނ.ލަންދޫ ކައުންސިލް އިދާރާގެ ޒިންމާދާރު އިސްވެރިޔާ އަލްފާޟިލް ހަސަން ނަޞީރު އެވެ. މުބާރާތް ފެށުމުގެ ގޮތުން ނަޞީރު ދެއްކެވި ވާހަކައިގައި ވިދާޅުވީ މިފަދަ މުބާރާތްތަކަކީ ދަރިވަރުންނަށް ވަރަށްމުހިއްމު މުބާރާތްތަކެއް ކަމަށް ދެކިލައްވާކަމަށާއި، މަދަހަ މުބާރާތަކުން ދަރިވަރުންނަށް ވަރަށް ގިނަ އަދަބީ ކަންތައްތަކެއް ދަސްވެގެން ދާނެކަމަށް ޤަބޫލުކުރައްވާކަމަށެވެ. އެހެންކަމުން މުބާރާތުގެ ފައިދާ ދަރިވަރުން ރަގަޅުގޮތުގައި ލިބިގަތުމަށް އެދިލައްވާ…


ލަންދޫސްކޫލްގެ މިއަހަރުގެ މަދަހަމުބާރާތް މިއަދު މި ސްކޫލްގައި ފަށައިފިއެވެ.

މި މުބާރާތް ފެށުމަށް މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގެ ޝަރަފްވެރިމެހްމާނަކީ ނ.ލަންދޫ ކައުންސިލް އިދާރާގެ ޒިންމާދާރު އިސްވެރިޔާ އަލްފާޟިލް ހަސަން ނަޞީރު އެވެ.

މުބާރާތް ފެށުމުގެ ގޮތުން ނަޞީރު ދެއްކެވި ވާހަކައިގައި ވިދާޅުވީ މިފަދަ މުބާރާތްތަކަކީ ދަރިވަރުންނަށް ވަރަށްމުހިއްމު މުބާރާތްތަކެއް ކަމަށް ދެކިލައްވާކަމަށާއި، މަދަހަ މުބާރާތަކުން ދަރިވަރުންނަށް ވަރަށް ގިނަ އަދަބީ ކަންތައްތަކެއް ދަސްވެގެން ދާނެކަމަށް ޤަބޫލުކުރައްވާކަމަށެވެ. އެހެންކަމުން މުބާރާތުގެ ފައިދާ ދަރިވަރުން ރަގަޅުގޮތުގައި ލިބިގަތުމަށް އެދިލައްވާ ކަމަށް ނަޞީރުވިދާޅުވިއެވެ.

ޒައިން މަދަހަ ހުށަހަޅަނީ / ފޮޓޯ: އަޙްމަދު

މަދަހަ މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ފަޑިޔާރުންގެ ފަރާތުން މަދަހައެއް ހުށަހެޅުން އޮތެވެ. އެ މަދަހަ ހުށަހަޅައިދެއްވީ އިސްފަޑިޔާރު ލަންދޫކައުންސިލްގެ ނައިބްރައީސް ނ.ލަންދޫ ސަނަމް އަލްފާޟިލް އިސްމާޢީލް އިބްރާހީމް ( އިއްސޭ ) އެވެ. އިއްސޭގެ އިތުރުން ފަނޑިޔާރުންގެ ގޮތުގައި ތިއްބެވީ ފެނަކަ ކޯޕަރޭޝަން ލަންދޫގޮފީގެ އ.މެނޭޖަރ ނ.ލަންދޫ ވިނަރެސް އަލްފާޟިލް ޢަބުދުﷲ ނާޝިދު އާއި، ލަންދޫ ޕޮލިސްސްޓޭޝަންގައި މަސައްކަތްކުރައްވާ ލާންސްކޯޕްރަލް ޢަބުދުލް މުޙުސިން އެވެ.

މިއަދު މެންދުރުފަހު 14:00 ގައި ފެށުނު މި މުބާރާތުގައި ލަންދޫސްކޫލްގެ 3 ހައުސްއިން ޖުމުލަ 3 ކެޓަގަރީއަކުން 27 ދަރިވަރުންވާދަކުރާއިއިރު މުބާރާތް 2 ދުވަހަށް ދިގުދެމިގެންދާނެކަމަށް އެސްކޫލުންބުނެއެވެ. އެހެންކަމުން މުބާރާތުގެ ދެވަނަ ކިޔުމެއް މާދަމާވެސް އޮންނާނެއެވެ.

ދަރިވަރުންތަޢުލީމީ ގޮތުން ކުރިއަށް ގެންދިއުމަށް މަސައްކަތްކުރުމުގެ އިތުރުން ދަރިވަރުންގެ ހުނަރުތައް ކުރިއަރުވަންވެސް ވަރަށްގިނަ މަސައްކަތްތަކެއް ސްކޫލުންދަނީ ކުރަމުންނެވެ.


ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

More posts. You may also be interested in.