ލަންދޫސްކޫލްގެ އިންޓަރހައުސް ނެޓްބޯޅަ މުބާރާތް ފަށައިފި.

މި ސްކޫލްގެ މިއަހަރު ( 2017 ) ވަނައަހަރުގެ ނެޓްބޯޅަ މުބާރާތް އިއްޔެ ފަށައިފިއެވެ. ކުދިންގެ ހިތްތަކުގައި ކުޅިވަރަށް ޝަޢުޤުވެރިކަން އުފައްދާ ފިޒިކަލީ ފިޓްނަސް ރަގަޅުކުރުމުގެ މަޤްޞަދުގައި ކޮންމެއަހަރަކުވެސް ބާއްވާ ނެޓްބޯޅަ މުބާރާތް އިއްޔެ ފަށާފައިވާއިރު ފުރަތަމަ މެޗްގައި ބައްދަލުކޮށްފައިވަނީ ރެހެންދި ހައުސްއާއި، ދޮށިމޭނާ ހައުސްއެވެ. މުބާރާތް ހުޅުވުމުގެ ގޮތުން އިއްޔެ ކުޅުނުމިމެޗް 14 ޕޮޓް 13 ޕޮޓުން ކާމިޔާބުކޮށްފައިވަނީ ރެހެންދި ހައުސްއެވެ. ކްއީން އޮފްދަ މެޗަކަށްވެސް ހޮވުނީ ރެހެންދިހައުސްގެ ގޯލް އެޓޭކަރ ނަފްއާ ހުސެއިން އެވެ.…


މި ސްކޫލްގެ މިއަހަރު ( 2017 ) ވަނައަހަރުގެ ނެޓްބޯޅަ މުބާރާތް އިއްޔެ ފަށައިފިއެވެ.

ކުދިންގެ ހިތްތަކުގައި ކުޅިވަރަށް ޝަޢުޤުވެރިކަން އުފައްދާ ފިޒިކަލީ ފިޓްނަސް ރަގަޅުކުރުމުގެ މަޤްޞަދުގައި ކޮންމެއަހަރަކުވެސް ބާއްވާ ނެޓްބޯޅަ މުބާރާތް އިއްޔެ ފަށާފައިވާއިރު ފުރަތަމަ މެޗްގައި ބައްދަލުކޮށްފައިވަނީ ރެހެންދި ހައުސްއާއި، ދޮށިމޭނާ ހައުސްއެވެ.

މުބާރާތް ހުޅުވުމުގެ ގޮތުން އިއްޔެ ކުޅުނުމިމެޗް 14 ޕޮޓް 13 ޕޮޓުން ކާމިޔާބުކޮށްފައިވަނީ ރެހެންދި ހައުސްއެވެ. ކްއީން އޮފްދަ މެޗަކަށްވެސް ހޮވުނީ ރެހެންދިހައުސްގެ ގޯލް އެޓޭކަރ ނަފްއާ ހުސެއިން އެވެ.

މި މުބާރާތުގެ ޝަރަފްވެރިމެހްމާނަކީ ނ.ލަންދޫ ކައުންސިލް އިދާރާގެ އެޑިމިން އޮފިސަރ އަލްފާޟިލާ އައިޝަތު ޝިފާޒާއެވެ. މުބާރާތް ފެށިގެންދިޔައީ ޝަރަފްވެރި މެހްމާނާ ދެޓީމްގެކުޅުންތެރިންނާ ސަލާމްކުރެވުމަށްފަހުއެވެ.

އިއްޔެގެމެޗް ނިމުމުން މޮޅުކުޅުންތެރިޔާއަށްވަނީ ހަނދާނީލިޔުން ދީފައެވެ. ހަނދާނީލިޔުން ދެއްވީ މުބާރާތުގެ ޝަރަފްވެރިމެހްމާނާ އަލްފާޟިލާ އައިޝަތު ޝިފާޒާ އެވެ.

އިއްޔެގެމެޗް ބެލުމަށް ގިނަޢަދަދެއްގެ ދަރިވަރުންނާއި، ބައެއްބެލެނިވެރިން ވަނީ ނެޓްބޯޅަ ކޯޓަށް ހާޒިރުވެފައެވެ.

މި މުބާރާތުގެ މެޗެއް މިއަދުވެސް އޮންނާނެއެވެ. ބައްދަލުކުރާނީ ސިއްތިމާވާ ހައުސްއާއި، ދޮށިމޭނާ ހައުސްއެވެ. މެޗް ފެށޭނެގަޑިއަކީ ހަވީރު 4:30 ގައެވެ.


ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

More posts. You may also be interested in.