ބެލެނިވެރިންގެ މަސައްކަތް ދުވަހެއް ފާހަގަކޮށް ވިހިހާހަށްވުރެ ގިނަރުފިޔާ ހޯދައިފި.

ނ.ލަންދޫސްކޫލްގެ ބެލެނިވެރިންގެ ޖަމްޢިއްޔާއިން އިސްނަގައިގެން އިއްޔެ މަސައްކަތް ދުވަހެއް ފާހަގަކޮށް ވިހި ހާހަށްވުރެ ގިނަރުފިޔާ ޖަމާކޮށްފިއެވެ. މިސްކޫލްގެ ޕީޓީއޭގެ ހުރިހާ މެމްބަރުން 4 ގުރޫޕަށް ބަހާލައިގެން ވަރަށްވާދަވެރި ރޫހެއްގައި ނުކުމެ އިއްޔެ މަސައްކަތް ކޮށްފައިވަނީ ރަށުތެރޭގެ ގޭގެއަށް ހިނގައިގެންނެވެ. ހެނދުނު 9:00 ން ފެށިގެން ހަވީރު 4:30 ށް ވަނީ ބެލެނިވެރިން ނުކުމެ މެދުނުކެނޑި އެކިއެކި މަސައްކަތްކޮށްފައެވެ. ބެލެނިވެރިންގެ މި މަސައްކަތްދުވަހަކީ ލަންދޫސްކޫލްގެ ދަރިވަރުންގެ މިއަހަރުގެ ގްރެޖްއޭޝަނަށް ތައްޔާރުވުމުގެ ގޮތުން ޕީޓީއޭއިން ކުރިއަށް ގެންދާ ޕްރޮގްރާމްތަކަށް ޚަރަދު…


ނ.ލަންދޫސްކޫލްގެ ބެލެނިވެރިންގެ ޖަމްޢިއްޔާއިން އިސްނަގައިގެން އިއްޔެ މަސައްކަތް ދުވަހެއް ފާހަގަކޮށް ވިހި ހާހަށްވުރެ ގިނަރުފިޔާ ޖަމާކޮށްފިއެވެ.

މިސްކޫލްގެ ޕީޓީއޭގެ ހުރިހާ މެމްބަރުން 4 ގުރޫޕަށް ބަހާލައިގެން ވަރަށްވާދަވެރި ރޫހެއްގައި ނުކުމެ އިއްޔެ މަސައްކަތް ކޮށްފައިވަނީ ރަށުތެރޭގެ ގޭގެއަށް ހިނގައިގެންނެވެ.

ހެނދުނު 9:00 ން ފެށިގެން ހަވީރު 4:30 ށް ވަނީ ބެލެނިވެރިން ނުކުމެ މެދުނުކެނޑި އެކިއެކި މަސައްކަތްކޮށްފައެވެ.

ބެލެނިވެރިންގެ މި މަސައްކަތްދުވަހަކީ ލަންދޫސްކޫލްގެ ދަރިވަރުންގެ މިއަހަރުގެ ގްރެޖްއޭޝަނަށް ތައްޔާރުވުމުގެ ގޮތުން ޕީޓީއޭއިން ކުރިއަށް ގެންދާ ޕްރޮގްރާމްތަކަށް ޚަރަދު ކުރުމަށާއި، ގްރެޖްއޭޓްވާ ދަރިވަރުންނަށް ގައުން ފަހައިދިނުމަށް އެއްކުރި ލާރިކަމުގައިކަމަށް ބެލެނިވެރިން ބުނެއެވެ.

އިއްޔެގެ މަސައްކަތް ނިމުމުން ގުރޫޕްތަކުގެ ވަނަވެސް ވަނީ ހޮވާފައެވެ. އެއްވަނައަށް ގޮސްފައިވަނީ -/6045ރ. ހޯދައިގެން “ޝާހިދާ އަބޫބަކުރު” ލީޑަރ ކަމުގެ ދަށުން މަސައްކަތް ކުރި ގުރޫޕެވެ. 25/5450ރ. ހޯދައިގެން ސާދުނާ ޢަބުދުއްރަހީމްގެ ލީޑަރކަމުގެ ދަށުން މަސައްކަތް ކުރި ގުރޫޕް ދެވައަށް ގޮސްފައިވާއިރު ތިންވަނަ ހޯދީ -/4600ރ. ހޯދައިގެން ލީލާ ސަޢީދުގެ ގުރޫޕެވެ. 4 ވަނައަށް ދިޔަ ޝަބާނާ ގުރޫޕުވެސް -/4555ރ. ހޯދާފައިވެއެވެ.

އިއްޔެގެ މަސައްކަތް ދުވަހުން މުޅި ޖުމުލަ 25/20650ރ. ( ވިހިހާސް ހަސަތޭކަފަންސާން ރުފިޔާ ފަންސަވީސްލާރި ) ލިބިފައިވާކަމަށް ޕީޓީއޭއިން ބުނެއެވެ.

އިއްޔެ މަސައްކަތް ދުވަސްފާހަގަކުރިއިރު ބެލެނިވެރިންނާއި ރަށުގެ ރައްޔިތުންގެ ފަރާތުން ޕީޓީއޭއަށް ލިބުނު ބޮޑުއެއްބާރުލުމަށް ޕީޓީއޭއިން ޝުކުރު އަދާކުރެއެވެ.


ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

More posts. You may also be interested in.