Your cart is currently empty!
ލަންދޫސްކޫލްގެ ޕީޓީއޭ ޕްރެޒިޑެންޓްކަޕްގެ ޗެމްޕިއަންކަން ގްރީންޓީމުން ހޯދައިފި.
ލަންދޫސްކޫލަށް 50 އަހަރުފުރޭ ގޯލްޑަން ޖުބުލީ އާއި ގުޅުވާލައިގެން އެސްކޫލްގެ ޕީޓީއޭ އިން އިންތިޒާމްކޮށްގެން ބެލެނިވެރިންނަށް ބޭއްވި ޚާއްޞަ ނެޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ގްރީން ޓީމުން ހޯދައިފިއެވެ. ގްރީންޓީމުން ޗެމްޕިއަންކަން ހޯދީ ފައިނަލްގައި މިއަދު ހަވީރު ރެޑްޓީމާއި ބައްދަލުކޮށް 12 – 5 ޕޮޓުންނެވެ. ލަންދޫސްކޫލްގެ ގޯތީތެރޭގައި އޮންނަ އެސްކޫލްގެ ނެޓްބޯޅަ ކޯޓްގައި ކުޅެވުނު ފައިނަލްމެޗް މިއަދު ހަވީރު 4:45 ގައި ފަށާފައިވަނީ ޚާއްޞާ ރަސްމިއްޔާތަކާއެކުގައެވެ. އެގޮތުން މުބާރާތުގެ ފައިނަލަށް ދިޔަ ދެޓީމްގެ ޝަރަފްގައި ސްކޫލްގެ ދިދަ…

ލަންދޫސްކޫލަށް 50 އަހަރުފުރޭ ގޯލްޑަން ޖުބުލީ އާއި ގުޅުވާލައިގެން އެސްކޫލްގެ ޕީޓީއޭ އިން އިންތިޒާމްކޮށްގެން ބެލެނިވެރިންނަށް ބޭއްވި ޚާއްޞަ ނެޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ގްރީން ޓީމުން ހޯދައިފިއެވެ.
ގްރީންޓީމުން ޗެމްޕިއަންކަން ހޯދީ ފައިނަލްގައި މިއަދު ހަވީރު ރެޑްޓީމާއި ބައްދަލުކޮށް 12 – 5 ޕޮޓުންނެވެ.
ލަންދޫސްކޫލްގެ ގޯތީތެރޭގައި އޮންނަ އެސްކޫލްގެ ނެޓްބޯޅަ ކޯޓްގައި ކުޅެވުނު ފައިނަލްމެޗް މިއަދު ހަވީރު 4:45 ގައި ފަށާފައިވަނީ ޚާއްޞާ ރަސްމިއްޔާތަކާއެކުގައެވެ. އެގޮތުން މުބާރާތުގެ ފައިނަލަށް ދިޔަ ދެޓީމްގެ ޝަރަފްގައި ސްކޫލްގެ ދިދަ އާއި ފެއައޕްލޭ ދިދައާއި ދެޓީމްގެ ދިދަ ހިފައިގެން އެސްކޫލްގެ ދަރިވަރުން ނެޓްބޯޅަ ކޯޓްގައި ކުރިއަށް ގެންދިޔަ އައިޓަމާއި އެކު ފައިނަލްމެޗް ރަސްމިއްޔާތު ފެށީ ޤައުމީ ސަލާމުންނެވެ.
އޭގެއިތުރުން މުބާރާތުގެ ޝަރަފްވެރި މެހްމާން ނ.މާޅެންދޫ ސްކޫލް މިވަގުތު ހިންގުމާއި ޙަވާލުވެ ހުންނެވި އެސްކޫލްގެ ލީޑިންޓީޗަރ އަލްފާޟިލާ ޚަދީޖާ ޙަސަން ދެޓީމްގެ ކުޅުންތެރިންނާ ސަލާމްކުރެއްވުން އޮތެވެ.
އަދި މިއަދުގެ މެޗް ފެށުމުގެ ކުރިން ލަންދޫސްކޫލްގެ ޕްރިންސިޕަލް އަލްފާޟިލް ޢަބުދުﷲ ޢާމިރުވެސް ވާހަކަ ދެއްކެވިއެވެ. ޢާމިރު ދެއްކެވި ވާހަކައިގައި މި މުބާރާތް އެހާ ފޯރިގަދަކޮށް އަދި އެހާފުރިހަމަކޮށް ކުޅެނިންމާލެވުނީތީ އެކަން އިންތިޒާމްކުރުމުގައި ޝާމިލްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރެއްވިއެވެ. ޚާއްޞަގޮތެއްގައި ސްކޫލްގެ ބޯޑާއި، ޕީޓިއޭ އާއި އަދި އެޑްމިން ސްޓާފުންގެ ވާހަކަ އޭނާ ފާހަގަކުރެއްވިއެވެ.
މިއަދުގެ ފައިނަލް މެޗް ގެ ކުޅުމަށްބަލާއިރު މެޗްފެށުނީއްސުރެ ނިމެންދެންވެސް މޮޅަށް ކުޅެފައިވަނީ ގްރީން ޓީމުންނެވެ. ގްރީން ޓީމްގެ ޕޮޓްތައް ހުއްޓުމެއް ނެތި ކުރަމުން ގެންދިޔުމުގެ ނަތީޖާއެއްގެ ގޮތުން ފުރަތަމަ ހާފް ނިމުނު އިރުވެސް ކުރީގައި އޮތީ އެޓީމެވެ. އަދި ދެވަނަ ހާފްގައިވެސް އެޓީމުން ކުޅުންވަރުގަދަ ކޮށް މެޗްގެ ނަތީޖާގެ ފަރަގު ބޮޑުކުރިއެވެ. ހަމަ އެހެންމެ ރެޑްޓީމުންވެސް ވަރަށް ހިތްވަރުކޮށް ނަތީޖާ ހަމަހަމަ ކުރެވޭތޯ ބެލިއެވެ. ނަމަވެސް ބައެއް ކުޅުންތެރިން އެންޖަރީވެ ގެންނަން ޖެހުނު ބަދަލުތަކާއެކު މެޗް ނިންމާލަން ޖެހުނީ ރެޑްޓީމް ރަނައަޕްގެ ގޮތުގައި އޮވެއެވެ.
ޗެމްޕިއަން ޓީމަށް 4000 ރުފިޔާ އާއި، ރަނައަޕް ޓީމަށް 2000 ރުފިޔާ ގެ ފައިސާގެ އިނާމް ހުށަހަޅާފައިވާ ، ޕީޓީއޭ ޕްރެޒިޑެންޓް ކަޕް މިއަދު ނިމުމާއެކު ފައިނަލްމެޗްގެ މޮޅުކުޅުންތެރިޔާ އަށާއި، މުބާރާތުގެ އެނެމެމޮޅު 5 ކުޅުންތެރިންނަށް ޓްރޮފީއާއި ހަނދާނީ ލިޔުންދިނުން އޮތެވެ. ވަނަތަކަށް ހޮވުނު ޓީމްތަކަށާއި، ކުޅުންތެރިންނަށް ސެޓްފިކެޓާއި، ތައްޓާއި، ފައިސާގެ އިނާމް ދެއްވީ މުބާރާތުގެ ޝަރަފްވެރިމެހްމާނުގެ އިތުރުން ލަންދޫސްކޫލްގެ ސްކޫލްބޯޑުގެ ރައީސާއި، ނ.މާޅެންދޫ ސްކޫލްގެ ޕީޓިއޭގެ ނައިބްރައީސާގެ އަތްޕުޅުންނެވެ.
ފައިނަލް މެޗްގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ގްރީންޓީމްގެ ޝާހިދާ އަބޫބަކުރެވެ. ޝާހިދާވަނީ މުބާރާތުގެ އެންމެ މޮޅު ފަސްކުޅުންތެރިންގެ ތެރޭގައިވެސް ހިމެނިފައެވެ. ޝާހިދާގެ އިތުރުން މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ ހަލީމަތު ސާމިރާ ( ރެޑްޓީމް ) އާއި، އާމިނަތު ފަތުހިއްޔާ ( ރެޑްޓީމް ) އާއި މައުސޫމާ މޫސާ ( ވައިޓްޓީމް ) އާއި، އަދި ސަމްސިއްޔާ ޢަބުދުލް ޣަނީ (ގްރީން ޓީމް) އެވެ.
މިއަދުގެ ފައިނަލް މެޗް ބެލުމަށް ލަންދޫސްކޫލްގެ ބެލެނިވެރިންނާއި، ސްޓާފުންނާއި، ގިނަޢަދަދެއްގެ ޢާއްމުންނާއި، ކުޑަކުދިންވަނީ އެސްކޫލަށް ޒިޔާރަތް ކޮށްފައެވެ.
Share with
/









ޚިޔާލު ފާޅުކުރައްވާ