Your cart is currently empty!
13 ނޫނު ސްކައުޓް ގުރޫޕްގެ 5 ވަނަ އަހަރީ ދުވަސް ފާހަގަކޮށްފި
ލަންދޫ ސްކޫލުގެ 13 ނޫނު ސްކައުޓް ގުރޫޕުން އެ ގުރޫޕްގެ 5 ވަނަ އަހަރީ ދުވަސް މިއަދު ފާހަގަކޮށްފިއެވެ. މި ގުރޫޕް އުފެދުނީ 2020 ވަނަ އަހަރުގެ ޖެނުއަރީ 22 ވަނަ ދުވަހު، 21 އަންހެން ސްކައުޓުންނާއި 16 ފިރިހެން ސްކައުޓުންނާ އެކުގައެވެ. ގުރޫޕް އުފެދުނު އިރު ލީޑަރަކަށް ހުރީ ޝާރިފް ސަރ އެވެ. އޭގެ ފަހުން ސްކޫލުގެ 6 ލީޑަރުން ތަމްރީން ފުރިހަމަކޮށްފައިވެއެވެ. އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވުނު ހަފްލާގެ ޝަރަފްވެރި މެހްމާނަކީ ލަންދޫ ސިއްޙީ…

ލަންދޫ ސްކޫލުގެ 13 ނޫނު ސްކައުޓް ގުރޫޕުން އެ ގުރޫޕްގެ 5 ވަނަ އަހަރީ ދުވަސް މިއަދު ފާހަގަކޮށްފިއެވެ. މި ގުރޫޕް އުފެދުނީ 2020 ވަނަ އަހަރުގެ ޖެނުއަރީ 22 ވަނަ ދުވަހު، 21 އަންހެން ސްކައުޓުންނާއި 16 ފިރިހެން ސްކައުޓުންނާ އެކުގައެވެ.
ގުރޫޕް އުފެދުނު އިރު ލީޑަރަކަށް ހުރީ ޝާރިފް ސަރ އެވެ. އޭގެ ފަހުން ސްކޫލުގެ 6 ލީޑަރުން ތަމްރީން ފުރިހަމަކޮށްފައިވެއެވެ.
އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވުނު ހަފްލާގެ ޝަރަފްވެރި މެހްމާނަކީ ލަންދޫ ސިއްޙީ މަރުކަޒުގެ ސީނިއަރ އެޑްމިނިސްޓްރޭޓަރ ހެލްތް ސާވިސް އަލްފާޟިލް މުޙައްމަދު ސަމޫހް ސަމީރެވެ.
މި ހަފްލާގައި ސޭޝް އަދި ބެޖް ހާސިލްކުރި ސްކައުޓުންނަށް އެ ތަކެތި ހަވާލުކުރެވުނެވެ. އަދި މިއަހަރު ސްކޫލް ނިންމާ ސްކޫލާ ވަކިވާ ދަރިވަރުންނަށާއި، ހެލްޕާސްގެ އަގު ވަޒަންކޮށް ހަދިޔާ ދެވުނެވެ. މީގެ އިތުރުން ސްކައުޓުންގެ އައިޓަމެއްވެސް ހުށަހެޅުނެވެ.
ހަފްލާގައި ގްރޫޕް ސްކައުޓް ލީޑަރ އަދި ސްކޫލް ޕްރިންސިޕަލް ޔޫސުފް ޢަބްދުއްރަޙީމް ވާހަކަފުޅު ދެއްކެވިއެވެ. ހަފްލާ ނިންމާލީ ޤައުމީ ސަލާމުންނެވެ. އޭގެ ފަހުގައި ބައިވެރިންނަށް ސައިފޮދެއް ދެވުނެވެ.
13 ނޫނު ސްކައުޓް ގުރޫޕްގެ 5 އަހަރުގެ ތެރޭގައި ހާސިލުކޮށްފައިވާ ކާމިޔާބީތަކާއި، ހަރަކާތްތަކާބެހޭ ރިޕޯޓެއްވެސް ހުށައެޅިއެވެ.
Share with
/
ޚިޔާލު ފާޅުކުރައްވާ