Your cart is currently empty!
ވަޒީފާގެ ފުރުޞަތު – އެޑްމިނިސްޓްރޭޓިވް އޮފިސަރ
ނަންބަރު: GS-119/2025/IUL-01 އިޢުލާނު މަޤާމް: އެޑްމިނިސްޓްރޭޓިވް އޮފިސަރ މަޤާމްގެ ނަމްބަރ: J-132791 ބޭނުންވާ އަދަދު: 1 މަޤާމްގެ ގިންތި: ދާއިމީ މަޤާމްގެ ރޭންކް: ޖީ.އެސް.3 މަޤާމްގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް: 1 ވަޒީފާ އަދާކުރަންޖެހޭ ތަން: ލަންދޫ ސްކޫލް / ނ.ލަންދޫ މުސާރަ: -/4,465 ރ. ސަރވިސް އެލަވަންސް: /1500ރ ސަޕޯޓިންގ ކޯ އެލަވަންސް: -/700 ރ މަޤާމުގެމައިގަނޑުމަސްއޫލިއްޔަތު ތަކާއި ވާޖިބުތައް: މުވައްޒަފުންގެ ޙާޟިރީ ދުވަހުން ދުވަހަށް ބެލެހެއްޓުމާއި މަހުންމަހަށް ޙާޟިރީ ރިޕޯރޓް ތައްޔާރު…

ނަންބަރު: GS-119/2025/IUL-01
އިޢުލާނު
މަޤާމް: | އެޑްމިނިސްޓްރޭޓިވް އޮފިސަރ |
މަޤާމްގެ ނަމްބަރ: | J-132791 |
ބޭނުންވާ އަދަދު: | 1 |
މަޤާމްގެ ގިންތި: | ދާއިމީ |
މަޤާމްގެ ރޭންކް: | ޖީ.އެސް.3 |
މަޤާމްގެ ކްލެސިފިކޭޝަން: | އޮފިސަރ ގްރޭޑް: 1 |
ވަޒީފާ އަދާކުރަންޖެހޭ ތަން: | ލަންދޫ ސްކޫލް / ނ.ލަންދޫ |
މުސާރަ: | -/4,465 ރ. |
ސަރވިސް އެލަވަންސް: | /1500ރ |
ސަޕޯޓިންގ ކޯ އެލަވަންސް: | -/700 ރ |
މަޤާމުގެމައިގަނޑުމަސްއޫލިއްޔަތު ތަކާއި ވާޖިބުތައް: | މުވައްޒަފުންގެ ޙާޟިރީ ދުވަހުން ދުވަހަށް ބެލެހެއްޓުމާއި މަހުންމަހަށް ޙާޟިރީ ރިޕޯރޓް ތައްޔާރު ކުރުމާއި އަދި ކޮންމެ މީލާދީ މަހެއްގެ 16 ގަ ގަޑީލާރި ރިޕޯރޓް ތައްޔާރު ކުރުމަށްފަހު ބަޖެޓްސެކްޝަނާއި ޙަވާލުކުރުމާއި މުވައްޒަފުންގެ ސަލާމާއި ޗުއްޓީގެ ކަންތައްތައް ބަލަހައްޓައި ޗުއްޓީ ހުއްދަ ތައްޔާރު ކުރުން. މުވައްޒަފުންގެ ވަޒީފާއާއި ގުޅިގެން ލިޔަންޖެހޭ ސިޓީ ، މެސެޖް ފަދަ ތަކެތި ލިޔެ ތައްޔާރުކޮށް ފޮނުވުން.އަދި ސްކޫލަށް ބޭނުންވާ މަޤާމްތައް އުފެއްދުމަށާ އިޢުލާން ކުރުމުގެ ހުއްދައަށް އެދެން ބޭނުންވާ މަޢުލޫމާތުތައް ފުރިހަމަކޮށް ފޮނުވަށާއި މަޤާމްތަކަށް އިޢުލާންކޮށް މުއްދަތު ހަމަވުމުން އިންޓަރވިއު ފޯމްތައް ތައްޔާރުކޮށް ، އިންޓަރވިއު ނިމުމުން ވަޒީފާ ހަމެއްސުމަށް ބޭނުންވާ ހުރިހާ ލިޔެކިޔުންތަކާއެކު ތަޢުލީމާބެހޭ ޔުނިޓަށް ފޮނުވުން.ސްކޫލްގެ އިންވެންޓްރީ ޤަވާޢިދުން ބެލެހެއްޓުން.ސްކޫލްގެ ހުރިހާ ޢިމާރާތެއްގެ ތަޅުދަނޑިއާއި މުވައްޒަފުންގެ ކަބަޑު ތަކުގެ ތަޅުދަނޑިތައް، މުވައްޒަފުންނަށް ދޫކުރުމާއި ބެލެހެއްޓުން.މުވައްޒަފުންގެ ރަޖިސްޓްރީ ބެލެހެއްޓުން. މިގޮތުގެ މަތިން ވަޒީފާއަށް އަލަށް ވަންނަ މުވައްޒަފުންނާއި ވަޒީފާއިން ވަކިވާ ނުވަތަ ބަދަލުވާ މުވައްޒަފުންގެ މަޢުލޫމާތުތައް، ޗިޓުގައިވާ ގޮތަށް ރަޖިސްޓްރީގައިލިޔެ ފުރިހަމަކުރުން. |
މަޤާމުގެ ޝަރުޠުތައް: | ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން ‘ޑީ’ ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ‘ސެކަންޑްރީ ސްކޫލް’ ނުވަތަ ‘ހަޔަރ ސެކަންޑްރީ ސްކޫލް’ ސެޓްފިކެޓް އިމްތިހާނުގައި ‘ދިވެހި’ މިމާއްދާއިން ދަށްވެގެން ‘ސީ’ ގްރޭޑް ލިބިފައިވުން. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސެޓްފިކެޓް 3 ޙާޞިލްކޮށްފައިވުން. |
ދާއިރާތައް: | އެޑްމިނިސްޓްރޭޝަން |
ހުށަހަޅަންޖެހޭ ލިޔުންތައް: | ފުރިހަމަ ކުރައްވާފައިވާ ސިވިލްސަރވީސްގެ ވަޒީފާއަށްއެދޭފޯމު (މިފޯމް ސިވިލްސަރވީސް ކޮމިޝަނުގެ ވެބުސައިޓު (www.csc.gov.mv) އިންނާއި މިސްކޫލުގެ ވެބުސައިޓު (www.landhooschool.com) އިން ޑައުންލޯޑްކޮށްގެނާއި މިސްކޫލުގެ އޮފީހުން ލިބެންހުންނާނެއެވެ. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛ )ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ސެޓުފިކެޓުތަކާއި، ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސްފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުންލިބޭސެޓުފިކެޓު ވަކިފެންވަރެއްގައި ޤަބޫލުކުރެއްވޭނެކަމަށް މޯލްޑިވްސްކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ) (ށ) މަތީތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުންދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސްފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ. ވަޒީފާގެ މަސައްކަތުދާއިރާއާއިގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފުރިހަމަކޮށް ސެޓުފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްކޮޕީ. މަސައްކަތުގެ ތަޖުރިބާ ގެ ލިޔުންތަކުގެ ކޮޕީ. (ހ) ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާއަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެމުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތުބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާތަނުގެ މުވައްޒަފުންގެ ޢަދަދުބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. ނުވަތަ ވަޒީފާއަދާކުރިގޮތް އަންގައިދޭ ރެފަރެންސްޗެކްފޯމް. |
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: | ކަނޑައަޅާފައިވާޤަވާޢިދުތަކާއި ޢުސޫލުތަކާއިއެއްގޮތަށް މީހަކުހޮވުމަށް ބަލާނެކަންތައްތައް ސިވިލްސާވިސްގެވެބުސައިޓުން ލިބެންހުނަނާނެއެވެ. |
މަޤާމަށްއެދެންވީގޮތާއި ސުންގަޑި: | މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 28 ޖަނަަވަރީ 2025 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން، ލަންދޫ ސްކޫލް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް: ([email protected]) މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑިހަމަވުމުގެކުރިން ސަރުކާރުން އިތުރު ބަންދުދުވަހެއް ކަނޑައަޅައިފިނަމަ، އެކަނޑައަޅާދުވަހުގެ ޢަދަދަށް ވަޒީފާއަށްއެދޭފޯމް ބަލައިގަނެވޭނެއެވެ. |
އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު: | މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، (29/01/2025 ) އާއި (02/02/2025) އާ ދެމެދު، ލަންދޫ ސްކޫލްގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ. |
ޝޯޓް ލިސްޓްކުރުން: | މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީފެންވަރާއި ތަޖުރިބާއަށްބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
“ވަޒީފާއަށްކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓްލިބުނުގޮތުގެ ޝީޓް (A2 ޝީޓް)” އާއްމުކުރުން | އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި “ވަޒީފާއަށްކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓްލިބުނުގޮތުގެ ޝީޓް (A2 ޝީޓް)” އާއްމުކޮށް ފެންނާނެހެން މި އިދާރާގެ ނޯޓިސްބޯޑްގައި އާއްމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓްދެވިފައިވާ ގޮތާއިމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމް އާއްމުކުރާ ދުވަހުންފެށިގެން ރަސްމީ ބަންދުނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މިއިދާރާއަށް ހުށަހަޅަންވާނެއެވެ. |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ (6560576) ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ. ސިވިލްސާވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި ޢުސޫލްތައް އައި އެ ޢުސޫލްތަކާ ގުޅުންހުރި އެންމެހާއި ލިޔުންތައްސިވިލްސާރވިސް ކޮމިޝުގެ ވެބްސައިޓުގެ ޑައުންލޯޑްސްގެ ” އައްޔަނުކުރުމުގެ އުޞޫލާގުޅޭ” (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެންހުންނާނެއެވެ. |
21 ރަޖަބު 1446
21 ޖަނަވަރީ 2025
ޔޫސުފް އަބުދުއްރަހީމް
ޕްރިންސިޕަލް
Share with
/
ޚިޔާލު ފާޅުކުރައްވާ