Your cart is currently empty!
ލަންދޫ ސްކޫލުގެ މަދަހަ މުބާރާތް 2019 ގެ ނަތީޖާފާޅުކޮށްފި
ލަންދޫ ސްކޫލުގެ މިއަހަރުގެ މަދަހަ މުބާރާތުގެ ނަތީޖާފާޅުކޮށްފިއެވެ. ނަތީޖާ ފާޅުކޮށްފައިވަނީ އެކަމަށްޓަކައި ބޭއްވި ޚާއްސަ ހަފްލާއެއްގައެވެ. މި ހަފްލާގެ ޝަރަފްވެރި މެޙްމާނަކީ ނ.އަތޮޅު ޕޮލިސްކޮމާންޑާރ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ސައީދު އަބުދުލްޙަކީމެވެ. މި ހަފްލާގައި ލަންދޫގެ މުއައްސަސާތަކުގެ ވެރިންވެސް ބައިވެރިވެލެއްވިއެވެ. ޔޫކޭޖީގެ ދަރިވަރު ރަތަލް ބިންތު މުޙައްމަދު ޙަސަންގެ ޤުރުއާން ކިޔެވުމުން ފެށި މި ހަފްލާ ހުށައަޅައިދެއްވީ ޤުރުއާން ކުލަބުގެ ފަރާތުން ފާތުމަތު އަޒްނީއެވެ. މިހަފްލާގައި މުބާރާތުގެ ބައެއް ބައިވެރިން މަދަހަ ހުށައަޅައިދިނެވެ. އެގޮތުން ލަންދޫ…

ލަންދޫ ސްކޫލުގެ މިއަހަރުގެ މަދަހަ މުބާރާތުގެ ނަތީޖާފާޅުކޮށްފިއެވެ. ނަތީޖާ ފާޅުކޮށްފައިވަނީ އެކަމަށްޓަކައި ބޭއްވި ޚާއްސަ ހަފްލާއެއްގައެވެ. މި ހަފްލާގެ ޝަރަފްވެރި މެޙްމާނަކީ ނ.އަތޮޅު ޕޮލިސްކޮމާންޑާރ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ސައީދު އަބުދުލްޙަކީމެވެ. މި ހަފްލާގައި ލަންދޫގެ މުއައްސަސާތަކުގެ ވެރިންވެސް ބައިވެރިވެލެއްވިއެވެ.

ޔޫކޭޖީގެ ދަރިވަރު ރަތަލް ބިންތު މުޙައްމަދު ޙަސަންގެ ޤުރުއާން ކިޔެވުމުން ފެށި މި ހަފްލާ ހުށައަޅައިދެއްވީ ޤުރުއާން ކުލަބުގެ ފަރާތުން ފާތުމަތު އަޒްނީއެވެ. މިހަފްލާގައި މުބާރާތުގެ ބައެއް ބައިވެރިން މަދަހަ ހުށައަޅައިދިނެވެ. އެގޮތުން ލަންދޫ ކައުންސިލުގެ ފަރާތުންނާ ބެލެނިވެރިންގެ ތެރެއިން ހައްވާ ޖަލީލު އަދި ދަރިވަރުންގެ ފަރާތުން މަރިޔަމް ނޫރައިން މަދަހަ ހުށައަޅައިދިނެވެ.

މުބާރާތުގެ ފަނޑިޔާރުންނަށާ އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވި ފަރާތްތަކަށް އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން ހަނދާނީލިޔުން ހަވާލުކޮށްދެއްވީ ހެޑް އޮފް ސްކޫލް ޔޫސުފް ޢަބްދުއްރަހީމެވެ. މި މުބާރާތުގައި ފަނޑިޔާރުކަން ކޮށްދެއްވާފައިވަނީ، ނ. ލަންދޫ ސަނަމް އިބްރާހީމް އިސްމާއިލް، ނ. ލަންދޫ ވިނަރެސް ނާޝިދު ޢަބްދުއްރަހީމް، ނ. ލަންދޫ އަސްރަފީގޭ ޢަލީ ޒިޔާދު އަދި ގއ. ދާންދޫ ހެޕީސައިޑް އަޙްމަދު ޢަބްދުލް މުޙްސިންއެވެ.

ޕްރީސްކޫލްބައިން ވަނަތަކަށް ހޮވުނު ބައިވެރިންނަށް ޓްރޮފީއާ ހަނދާނީލިޔުން ހަވާލުކޮށްދެއްވީ ލަންދޫ ފެނަކަ ބްރާންޗުގެ އެސިސްޓެންޓް މެނޭޖަރ މާޖިދު މުޙައްމަދެވެ. ޕްރީސްކޫލް ބައިން 1 ވަނައަށް ހޮވިފައިވަނީ ނ. ލަންދޫ ރީފް ރަތަލް ބިންތު މުޙައްމަދު ޙަސަނެވެ. 2 ވަނައަށް ހޮވިފައިވަނީ ނ. ލަންދޫ ފުސްފަރު ހުސައިން ހުމައިޝް އަދި ނ. ލަންދޫ ޝިފާ އަތީކް ބިން ޝުކޫރެވެ. 3 ވަނައަށް ހޮވިފައިވަނީ ނ. ލަންދޫ ބަހާރުގޭ އަރުޝި ބިންތު އަފްނާޒެވެ.

ކީސްޓޭޖް 1 ން ވަނަތަކަށް ހޮވުނު ބައިވެރިންނަށް ޓްރޮފީއާ ހަނދާނީލިޔުން ހަވާލުކޮށްދެއްވީ ލަންދޫ ސިއްޙީމަރުކަޒުގެ މެނޭޖަރ ޖައުފަރު ރަޝީދެވެ. ކީސްޓޭޖް 1 ން 1 ވަނައަށް ހޮވިފައިވަނީ ނ. ލަންދޫ އަލިމަސްގޭ މަރިޔަމް މަލަކާއެވެ. 2 ވަނައަށް ހޮވިފައިވަނީ ނ. ލަންދޫ ޝަރަފް އައިޝަތު ޝީތަލްއެވެ. 3 ވަނަ އަށް ހޮވިފައިވަނީ ނ. ލަންދޫ ފިނޮޅު މަރިޔަމް ޝައުޝަންއެވެ.

ކީސްޓޭޖް 2 ން ވަނަތަކަށް ހޮވުނު ބައިވެރިންނަށް ޓްރޮފީއާ ހަނދާނީލިޔުން ހަވާލުކޮށްދެއްވީ ލަންދޫ ޕޮލިސް ސްޓޭޝަން އިންޗާޖް މުޙައްމަދު ފަޔާޒުއެވެ. ކީސްޓޭޖް 2 ން 1 ވަނައަށް ހޮވިފައިވަނީ ނ. ލަންދޫ އައްސޭރި ޙަސަން ޒަޔާނެވެ. 2 ވަނައަށް ހޮވިފައިވަނީ ނ. ލަންދޫ ހީނާވިލާ ފާތުމަތު ޖަނާއެވެ. 3 ވަނަ އަށް ހޮވިފައިވަނީ ނ. ލަންދޫ ފެހިވިލް މަރިޔަމް ސަދާއެވެ.

ކީސްޓޭޖް 3 އަދި 4 ން ވަނަތަކަށް ހޮވުނު ބައިވެރިންނަށް ޓްރޮފީއާ ހަނދާނީލިޔުން ހަވާލުކޮށްދެއްވީ ލަންދޫ ކައުންސިލްގެ ރައީސް ޝިނާން ޢަބްދުލްޣަނީއެވެ. ކީސްޓޭޖް 3 އަދި 4 ން 1 ވަނައަށް ހޮވިފައިވަނީ ނ. ލަންދޫ ރީފް މަރިޔަމް ރައުހާއެވެ. 2 ވަނައަށް ހޮވިފައިވަނީ ނ. ލަންދޫ ނާޒް އައިޝަތު ޒުހުދާއެވެ. 3 ވަނަ އަށް ހޮވިފައިވަނީ ނ. ލަންދޫ ރޮއިޓަސް އައިޝަތު ރަނާއެވެ.

ބެލެނިވެރިންނާ މުއައްސަސާތަކުގެ ބައި އަދި ޚާއްޞަވަނަތަކަށް ޓްރޮފީއާ ހަނދާނީލިޔުން ހަވާލުކޮށްދެއްވީ ޝަރަފުވެރި މެހްމާން ނ.އަތޮޅު ޕޮލިސްކޮމާންޑާރ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ސައީދު އަބުދުލްޙަކީމެވެ. މުއައްސަސާތަކުގެ ބައިން 1 ވަނައަށް ހޮވުނީ ލަންދު ކައުންސިލްގެ އިދާރާއެވެ. 2 ވަނައަށް ހޮވުނީ ލަންދޫ ސްކޫލެވެ. 3 ވަނަ އަށް ހޮވުނީ ތަރުތީލުލް ޤުރުއާން އިންސްޓިޓިއުޓެވެ.

ބެލެނިވެރިންގެ ތެރެއިން 1 ވަނަ އަށް ހޮވުނީ ނ. ލަންދޫ ރީފް ޙައްވާ ޖަލީލެވެ. 2 ވަނައަށް ހޮވުނީ ނ. ލަންދޫ ޝިފާ ސަލްމާ ޙުސައިނެވެ. 3 ވަނައަށް ހޮވުނީ ނ. ލަންދޫ ފެހިވިލް ސާދުނާ ޢަބްދުއްރަހީމެވެ.
ދަރިވަރުންގެ ތެރެއިން މުޅި މުބާރާތުން 1 ވަނައަށް ހޮވުނީ ނ. ލަންދޫ އުފާ މަރިޔަމް ނޫރައިނެވެ. 2 ވަނައަށް ހޮވުނީ ނ. ލަންދޫ ރީފް މަރިޔަމް ރައުހާއެވެ. 3 ވަނައަށް ހޮވުނީ ނ. ލަންދޫ ނާޒް އައިޝަތު ޒުހުދާއެވެ.
Share with
/









ޚިޔާލު ފާޅުކުރައްވާ