Your cart is currently empty!
ނާސްތާ ދިނުމުގެ ޕްރޮގްރާމް ލަންދޫ ސްކޫލުގައިވެސް ފަށައިފި
ނާސްތާ ދިނުމުގެ ޕްރޮގްރާމް ލަންދޫ ސްކޫލުގައިވެސް ފަށައިފިއެވެ. މިއަހަރުގެ ޖެނުއަރީ މަހުގައި ފެށި މިޕްރޮގްރާމްގައި އަޖުމަބެލުމުގެ ގޮތުން ފުރަތަމަ ފެށީ 25 ސްކޫލެއްގައެވެ. ދެވަނަ ޓާމް ފެށުނުއިރު ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ވަނީ މިޕްރޮގްރާމް ފަށާފައެވެ. ދެވަނަ ޓާމްގެ ކިޔެވުން ފެށުނީ ޖޫން 9 ގައި ކަމަށްވެފައި އޭރު އަދި ހަރޯދަ ނުނިމޭތީ މިނިސްޓްރީން ނިންމީ މިއަދު ހުރިހާ ސްކޫލެއްގައި ނާސްތާ ޕްރޮގްރާމް ފަށާށެވެ. ނާސްތާ ޕްރޮގްރާމް ފެށުމުގެ ގޮތުން ވަނީ ޚާއްސަ އެސެމްބްލީއެއް ބާއްވާފައެވެ. މި…

ނާސްތާ ދިނުމުގެ ޕްރޮގްރާމް ލަންދޫ ސްކޫލުގައިވެސް ފަށައިފިއެވެ. މިއަހަރުގެ ޖެނުއަރީ މަހުގައި ފެށި މިޕްރޮގްރާމްގައި އަޖުމަބެލުމުގެ ގޮތުން ފުރަތަމަ ފެށީ 25 ސްކޫލެއްގައެވެ. ދެވަނަ ޓާމް ފެށުނުއިރު ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ވަނީ މިޕްރޮގްރާމް ފަށާފައެވެ. ދެވަނަ ޓާމްގެ ކިޔެވުން ފެށުނީ ޖޫން 9 ގައި ކަމަށްވެފައި އޭރު އަދި ހަރޯދަ ނުނިމޭތީ މިނިސްޓްރީން ނިންމީ މިއަދު ހުރިހާ ސްކޫލެއްގައި ނާސްތާ ޕްރޮގްރާމް ފަށާށެވެ.

ނާސްތާ ޕްރޮގްރާމް ފެށުމުގެ ގޮތުން ވަނީ ޚާއްސަ އެސެމްބްލީއެއް ބާއްވާފައެވެ. މި އެސެމްބްލީގައި ޝަރަފްވެރި މެޙްމާނަކީ ލަންދޫ ކައުންސިލްގެ ރައީސް އަލްފާޟިލް ޝިނާން ޢަބްދުލްޣަނީއެވެ. އަދި ލަންދޫގެ މުއައްސަސާތަކުގެ ވެރިން ވަނީ ބައިވެރިވެލައްވާފައެވެ. މިއެސެމްބްލީގައި ޝަރަފްވެރި މެހްމާން ވާހަކަފުޅު ދެއްކެވިއެވެ.

ސްކޫލުތަކުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދޭން ފެށީ މިއަހަރުގެ ޖެނުއަރީ މަހު އެވެ. އަޖުމަ ބެލުމުގެ ގޮތުން ފެށި އެ ޕްރޮގްރާމްގައި ނާސްތާ ފުރަތަމަ ދީފައިވަނީ 25 ސްކޫލެއްގަ އެވެ. ބާކީ ހުރި 188 ސްކޫލާއެކު މިހާރު ރާއްޖޭގެ ހުރިހާ ސްކޫލެއްގައި މިއަދުންފެށިގެން ދަރިވަރުންނަށް ނާސްތާދޭން މިވަނީ ފަށާފައެވެ.

ނާސްތާ ދޭ އިރު އެކި ދުވަހު ނާސްތާ ދެމުންގެންދަނީ އެކި މެނޫތަކަށް ބަހާލައިގެންނެވެ. ޖުމްލަ ދިހަ މެނޫއެއް ވަނީ ތައްޔާރު ކޮށްފައެވެ. އޭގެ ތެރޭގައި ރޮށި، ޕާން، ބިސްގަނޑު، ކިރު، ފަތު މަސްހުނި، ބޭކަޑްބީންސް، ސޭންޑްވިޗް، ބަރަބޯ މަސްހުނި، ޗީޒް ސޭންޑްވިޗް، ބަށި މަސްހުނި، ޕީނަޓް ބަޓާ އަދި ތަރުކާރީ މަސްހުނި ހިމެނެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެފައި ވަނީ ނާސްތާ ދިނުމުގެ ޕައިލެޓް ޕްރޮގްރާމް ފެށިފަހުން ދަރިވަރުން ގަޑިއަށް ހާޒިރުވެ، މީގެ ކުރިން ނާސްތާ ނުނަގާ ކުދިންވެސް ނާސްތާއަށް އަހުލުވެރިވެފައިވާކަން ފާހަގަވެފައިވާ ކަމަށެވެ.
Share with
/









ޚިޔާލު ފާޅުކުރައްވާ