ދިވެހިބަހުގެ ދުވަސް ފާހަގަކޮށްފި

މިއަހަރުގެ ދިވެހިބަހުގެ ދުވަސް ލަންދޫ ސްކޫލުގައި ފާހަގަކޮށްފިއެވެ. މިދުވަސް ފާހަގަކުރުމުގެ ގޮތުން ދުވަސް ފަށާފައިވަނީ ޚާއްސަ އެސަމްބްލީއަކުންނެވެ. މިއަދު ދަރިވަރުންނާ މުދައްރިސުންނާ އެހެން މުވައްޒަފުންވެސް ސުކޫލަށް ހާޒިރުވެފައިވަނީ ދިވެހިވަންތަ ހެދުމެއްގައެވެ. އެސެމްބްލީގައި ދުވަހާގުޅޭގޮތުން ދަރިވަރުންގެ ފަރާތުން ބަނދިކިޔުމާ ރައިވަރު ކިޔުމާ ދުވަހުގެ ޚާއްސަ މެސެޖު އިއްވުން ކުރިއަށް ދިޔައެވެ. މީގެ އިތުރުން ދިވެހިބަހަށް އަލަށް އިތުރުކުރެވުނު އައު ލަފްޒުތަކަށް ދަރިވަރުން އަހުލުވެރުކުރުމަށްޓަކައި މިބަސްތައް ދަސްކުރުމަަށްޓަކައި ޙަރަކާތްތަކެއް ކުރިއަށް ގެންދިއައެވެ. ދިވެހިބަހުގެ ދުވަހަކީ ކޮންމެ އަހަރެއްގެ އޭޕްރީލް މަހުގެ…


މިއަހަރުގެ ދިވެހިބަހުގެ ދުވަސް ލަންދޫ ސްކޫލުގައި ފާހަގަކޮށްފިއެވެ. މިދުވަސް ފާހަގަކުރުމުގެ ގޮތުން ދުވަސް ފަށާފައިވަނީ ޚާއްސަ އެސަމްބްލީއަކުންނެވެ.

މިއަދު ދަރިވަރުންނާ މުދައްރިސުންނާ އެހެން މުވައްޒަފުންވެސް ސުކޫލަށް ހާޒިރުވެފައިވަނީ ދިވެހިވަންތަ ހެދުމެއްގައެވެ. އެސެމްބްލީގައި ދުވަހާގުޅޭގޮތުން ދަރިވަރުންގެ ފަރާތުން ބަނދިކިޔުމާ ރައިވަރު ކިޔުމާ ދުވަހުގެ ޚާއްސަ މެސެޖު އިއްވުން ކުރިއަށް ދިޔައެވެ. މީގެ އިތުރުން ދިވެހިބަހަށް އަލަށް އިތުރުކުރެވުނު އައު ލަފްޒުތަކަށް ދަރިވަރުން އަހުލުވެރުކުރުމަށްޓަކައި މިބަސްތައް ދަސްކުރުމަަށްޓަކައި ޙަރަކާތްތަކެއް ކުރިއަށް ގެންދިއައެވެ.

ދިވެހިބަހުގެ ދުވަހަކީ ކޮންމެ އަހަރެއްގެ އޭޕްރީލް މަހުގެ 14ވަނަ ދުވަހެވެ. މިދުވަސް ދިވެހިބަހުގެދުވަހުގެ ގޮތުގައި ޤައުމީ ފެންވަރުގައި ފާހަގަކުރަން ސަރުކާރުން ނިންމެވީ 2015ވަނަ އަހަރުގެ ޖަނަވަރީމަހުގެ 20ވީ އަންގާރަދުވަހުއެވެ. 


ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

More posts. You may also be interested in.