ދުނިޔޭގެ ޑައުންސިންޑްރޯމް ދުވަސް ފާހަގަކޮށްފި

ދުނިޔޭގެ ޑައުންސިންޑްރޯމް ދުވަސް ފާހަގަކުރުމަށް ލަންދޫ ސްކޫލުގައި ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ. އެގޮތުން މިއަދުގެ ދަންފަޅި ފަށާފައިވަނީ ޚާއްޞަ އެސަމްބްލީއަކުންނެވެ. މި އެސެމްބްލީގައި ޚާއްސަ މެހްމާނެއްގެ ގޮތުގައި ނ. ލަންދޫ ހެލްތް ސެންޓަރުގައި މަސައްކަތްކުރައް ޑޮކްޓަރ ބައިވެރިވެލެއްވިއެވެ. އަދި ދުވަހާގުޅޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ. މީގެ އިތުރުން ބައެއް ޓީޗަރުންގެ ޝުޢޫރު ފާޅުކުރުން އޮތެވެ. ކޮންމެ ކީސްޓޭޖަކުން ޓީޗަރަކު ދުވަހާ ގުޅޭގޮތުން ޝުޢޫރު ފާޅުކުރެއްވިއެވެ. އޭގެފަހުގައި ކުލާސްތަކުގައި ދުވަހާގުޅޭގޮތުން ދަރިވަރުން ޕޯސްޓަރު ތައްޔާރުކުރުން އޮތެވެ. އަދި މި ޕޯސްޓަރުތަކާއެކު…


ދުނިޔޭގެ ޑައުންސިންޑްރޯމް ދުވަސް ފާހަގަކުރުމަށް ލަންދޫ ސްކޫލުގައި ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ. އެގޮތުން މިއަދުގެ ދަންފަޅި ފަށާފައިވަނީ ޚާއްޞަ އެސަމްބްލީއަކުންނެވެ. މި އެސެމްބްލީގައި ޚާއްސަ މެހްމާނެއްގެ ގޮތުގައި ނ. ލަންދޫ ހެލްތް ސެންޓަރުގައި މަސައްކަތްކުރައް ޑޮކްޓަރ ބައިވެރިވެލެއްވިއެވެ. އަދި ދުވަހާގުޅޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ. މީގެ އިތުރުން ބައެއް ޓީޗަރުންގެ ޝުޢޫރު ފާޅުކުރުން އޮތެވެ. ކޮންމެ ކީސްޓޭޖަކުން ޓީޗަރަކު ދުވަހާ ގުޅޭގޮތުން ޝުޢޫރު ފާޅުކުރެއްވިއެވެ.

އޭގެފަހުގައި ކުލާސްތަކުގައި ދުވަހާގުޅޭގޮތުން ދަރިވަރުން ޕޯސްޓަރު ތައްޔާރުކުރުން އޮތެވެ. އަދި މި ޕޯސްޓަރުތަކާއެކު ފޮޓޯނެގުން ކުރިއަށް ގެންދިއައެވެ. މިއަދު މެންދުރުފަހު ގުރޭޑް 4 ން މަތީގެ ދަރިވަރުންނަށް ދުވަހާގުޅޭ މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންދާގޮތަށް ވަނީ ހަމަޖެހިފައެވެ.

ކޮންމެއަހަރެއްގެ މާރިޗް މަހުގެ 21 ވަނަދުވަހަކީ ޑައުންސިންޑްރޯމް ދުވަހުގެ ގޮތުގައި މުޅިދުނިޔޭގައި ފާހަގަކުރާ ދުވަހެވެ. ދުނިޔޭގެ ފެންވަރުގައި މިދުވަސް 2006 ވަނައަހަރުން ފެށިގެން ފާހަގަކުރަމުން ދިޔަނަމަވެސް އދ އިން މިދުވަސް ފާހަގަކުރުމަށް ރަސްމީކޮށް ފަށާފައިވަނީ 2012 ވަނައަހަރުން ފެށިގެންނެވެ.

ޑައުންސިންޑްރޯމް ކުދިންނާއި، އާދައިގެ ކުދިންގެ ތަފާތަކީ އެހެން މީހުންނާ ޚިލާފަށް ހެދިބޮޑުވުމާއި ވިސްނުން ތަރައްޤީ ވުމުގައި ލަސްވުމެވެ. އެހެން މީހުންނަށް ވުރެ ކަންތައްތައް ދަސްކުރުމަށް ކޮށިވުމެވެ. ވާހަކަ ދައްކަން އުނދަގޫ ވުމެވެ. ނަމަވެސް އެ ކުދިންނަކީ އެކަންތައްތައް ނުކުރެވޭނެ ކުދިންނެއް ނޫނެވެ. ޑައުންސިންޑްރޯމް ނުވަތަ ޓްރައިސޮމީ 21 ހުންނަ އެ ކުދިންނަށް ބޭނުންވަނީ ވަގުތާއި ލޯތްބެވެ. މުޖުތަމައުގެ އެހީތެރިކަމާއި މަދަދެވެ.

މިލިޔުމާ ގުޅޭ ގެލެރީ


ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

More posts. You may also be interested in.