ލަންދޫ ސްކޫލުގެ އެކްޓިވިޓީ ބޯޑް 2019 ވަނަ އަހަރަށް އިފްތިތާހް ކޮށްފި

ލަންދޫ ސްކޫލުގެ އެކްޓިވިޓީ ބޯޑް 2019 ވަނަ އަހަރަށް އިފްތިތާހް ކޮށްފިއެވެ. ބުރާސްފަތި ދުވަހުގެ ރޭ ލަންދޫ ސްކޫލު ޕްލޭ ގުރައުންޑުގައި ބޭއްވި މި ޙަފްލާގައި ސްކޫލުގެ ހައުސްތަކާއި ކުލަބް އެސޯސިއޭޝަންތަކުގެ ދަރިވަރުންނާއި ބެލެނިވެރިންނާއި ސްކޫލް ޕީޓީއޭ އަދި ސްކޫލް ބޯޑުގެ މެންބަރުންނާއި ސްކޫލްގެ ޓީޗަރުން ބައިވެރިވެލެއްވިއެވެ. މިހަފްލާގެ ޝަރަފްވެރި މެހްމާނަކީ ނ. ކެނދިކުޅުދޫ ސްކޫލްގެ ޕްރިންސިޕަލް އިބްރާހީމް ޝަރީފެވެ. މި ހަފްލާގައި ކެނދިކުޅުދޫ ސްކޫލުގެ އިސް މަޤާމުތަކުގެ ބައެއް ބޭފުޅުންވެސް ބައިވެރިވެލެއްވިއެވެ. ޕްރިފެކްޓް ބޯޑާއި ކުލަބް…


ލަންދޫ ސްކޫލުގެ އެކްޓިވިޓީ ބޯޑް 2019 ވަނަ އަހަރަށް އިފްތިތާހް ކޮށްފިއެވެ. ބުރާސްފަތި ދުވަހުގެ ރޭ ލަންދޫ ސްކޫލު ޕްލޭ ގުރައުންޑުގައި ބޭއްވި މި ޙަފްލާގައި ސްކޫލުގެ ހައުސްތަކާއި ކުލަބް އެސޯސިއޭޝަންތަކުގެ ދަރިވަރުންނާއި ބެލެނިވެރިންނާއި ސްކޫލް ޕީޓީއޭ އަދި ސްކޫލް ބޯޑުގެ މެންބަރުންނާއި ސްކޫލްގެ ޓީޗަރުން ބައިވެރިވެލެއްވިއެވެ.

މިހަފްލާގެ ޝަރަފްވެރި މެހްމާނަކީ ނ. ކެނދިކުޅުދޫ ސްކޫލްގެ ޕްރިންސިޕަލް އިބްރާހީމް ޝަރީފެވެ. މި ހަފްލާގައި ކެނދިކުޅުދޫ ސްކޫލުގެ އިސް މަޤާމުތަކުގެ ބައެއް ބޭފުޅުންވެސް ބައިވެރިވެލެއްވިއެވެ.

ޕްރިފެކްޓް ބޯޑާއި ކުލަބް އެސޯސިއެޝަންތަކާއި ހައުސްތަކުގެ އިސްމަޤާމުތަކަށް ހޮވުނު ދަރިވަރުންނަށް މަޤާމް ހަވާލުކުރުމާ ހުވާ ކުރުން މި ހަފްލާގައި އޮތެވެ. ހުވާލައިދެއްވީ ލަންދޫސްކޫލްގެ އިސްލާމް މުދައްރިސް އަލްފާޟިލް އަޙްމަދު ނަދީމެވެ. މަޤާމްގެ ލިޔުން ހަވާލުކޮށްދެއްވީ ޖަލްސާގެ ޝަރަފްވެރިންނެވެ.

ރޭ 8:30 ގައި ފެށުނު މިޖަލްސާގައި ލަންދޫސްކޫލްގެ ހައުސްތަކާއި، އެސޯސިއޭޝަންތަކާއި އަދި ކްލަބްތަކުން 2019 ވަނައަހަރު ކުރިއަށް ގެންދިއުމަށް ކަނޑައަޅާފައިވާ އެކްޓިވިޓީތަކާއި، ތަސައްވުރާއި، މަޤްޞަދުތައް ހިމެނޭގޮތުން ކޮންމެ ބަޔަކުންވެސް ޕްރެޒެންޓޭޝަނެއް ހުށަހެޅުންވެސް އޮތެވެ.


ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

More posts. You may also be interested in.