ލަންދޫ ސްކޫލްގެ ތަޢާރަފް

މިސްކޫލަކީ 28 ފެބުރުއަރީ 1967 ގައި އޭރުގެ ލަންދޫކަތީބު އަލްމަރުޙޫމް މޫސާ ޔޫސުފުގެ މަސްއޫލްވެރިކަމުގެ ދަށުގައި މަކްތަބުއް ނަޖާޙްގެ ނަމުގައި، އޭރުގެ ވުޒާރަތުލް މަޢާރިފުގައި ރަޖިސްޓްރީ ކޮށްގެން ހިންގަމުންއައި ސްކޫލެކެވެ. ސްކޫލްގެ ބާނީ އަކީ އަލްމަރުޙޫމް މޫސާ ޔޫސުފެވެ. އޭރު މިސްކޫލު ހިންގަމުން ދިޔައީ މިރަށުރޯޝަނީގޭ ފެންޑާގައެވެ. މިސްކޫލުގެ ފުރަތަމަޓީޗަރަކީ އަދިމުދީރު ނުވަތަ ޕްރިންސިޕަލަކީ މިރަށު ރޯޝަނީގެ މުހަންމަދު ހުސޭނު (ދޮންތުއްތު) އެވެ. ސްކޫލްގެ ނަމަށް ހަތަރުފަހަރެއްގެ މަތިންބަދަލު ގެނެސްފައިވެއެވެ. މިސްކޫލުހުޅުވުނީ 1967 ގައި މަކްތަބުއްސަޤާފާގެނަމުގައެވެ. އޭގެ…


މިސްކޫލަކީ 28 ފެބުރުއަރީ 1967 ގައި އޭރުގެ ލަންދޫކަތީބު އަލްމަރުޙޫމް މޫސާ ޔޫސުފުގެ މަސްއޫލްވެރިކަމުގެ ދަށުގައި މަކްތަބުއް ނަޖާޙްގެ ނަމުގައި، އޭރުގެ ވުޒާރަތުލް މަޢާރިފުގައި ރަޖިސްޓްރީ ކޮށްގެން ހިންގަމުންއައި ސްކޫލެކެވެ.

ސްކޫލްގެ ބާނީ އަކީ އަލްމަރުޙޫމް މޫސާ ޔޫސުފެވެ. އޭރު މިސްކޫލު ހިންގަމުން ދިޔައީ މިރަށުރޯޝަނީގޭ ފެންޑާގައެވެ. މިސްކޫލުގެ ފުރަތަމަޓީޗަރަކީ އަދިމުދީރު ނުވަތަ ޕްރިންސިޕަލަކީ މިރަށު ރޯޝަނީގެ މުހަންމަދު ހުސޭނު (ދޮންތުއްތު) އެވެ.

ސްކޫލްގެ ނަމަށް ހަތަރުފަހަރެއްގެ މަތިންބަދަލު ގެނެސްފައިވެއެވެ. މިސްކޫލުހުޅުވުނީ 1967 ގައި މަކްތަބުއްސަޤާފާގެނަމުގައެވެ. އޭގެ 3 އަހަރުފަހުން 1970 ގައި މަކްތަބުއްނަޖާޙްގެނަމަށް ބަދަލުވިއެވެ. އަދި އޭގެ 8 އަހަރު ފަހުން 1978 ގައި ލަންދޫމަކްތަބުގެ ނަމަށްބަދަލުވިއެވެ.

އޭރު ކިޔަވައިދެމުން އައީ އެދުރުގެ ސްޓައިލަށް ޤުރުއާން، ތަޖުވީދު، އަޚުލާޤު، އަދި ދިވެހި ލިޔުމާއި ހިސާބެވެ.

އޭގެ 11 އަހަރު ފަހުން ޒަމާނީ ތަޢުލީމާއި އެކު 1989 ގައި “ނ. ލަންދޫ ސްކޫލު” ގެ ނަމަށް ބަދަލުވެފައިވެއެވެ.  އަދި 7 ޖެނުއަރީ 2016 ގައި މިހާރުގެ ނަންކަމުގައިވާ  “ލަންދޫސްކޫލު” ގެ ނަމަށް ބަދަލުވެފައިވެއެވެ.

 

މިސްކޫލުގެ މާޒީގައި ރަށުންބޭރުގެ ބައެއްމުދައްރިސުން ކިޔަވައިދިނުމުގެ މަސައްކަތްކޮށްފައިވާކަން ފާހަގަކުރެވެއެވެ.

1989 ވަނައަހަރަކީ ލަންދޫގެ ފުރަތަމަ ޕްރައިމަރީޓީޗަރ ގެ އަގުބޮޑުޚިދުމަތާއިއެކު  ޒަމާނީތަޢުލީމު ގަވައިއިދުން ދޭންފެށި ސްކޫލްގެޔުނީފޯމްއާއި ދިދަ ރަޖިސްޓްރީ ކޮށް ފުރަތަމަފަހަރަށް ބޭނުންކުރަން ފެށުނުއަހަރުވެސްމެވެ. އަދި 1989 ވަނައަހަރަކީ ސަރުކާރުގެ އެހީގައި ރައްޔިތުންގެ މަސައްކަތުން ހަތަރުކްލާސްރޫމުގެ  ޢިމާރާތް ބިނާކުރެވި މިއިމާރާތުގައި ކިޔަވައިދޭނެ ފެށުނެވެ.

2005 ވަނަ އަހަރު މިސްކޫލުގައި ސެކެންޑަރީ ފެންވަރަށް ކިޔަވައިދޭންފެށުނެވެ. އަދި 2007 ވަނަ އަހަރު މިސްކޫލުގައި ފުތަމަފަހަރަށް އޯލެވެލް އިމްތިހާން ހަދަންފެށުނެވެ.


ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

More posts. You may also be interested in.