Your cart is currently empty!
ލަންދޫ ސުކޫލް ޤުރްއާން މުބާރާތް ފަށައިފި
ލަންދޫ ސްކޫލުގެ މިއަހަރުގެ ޤުރުއާން މުބާރާތް މިއަދު ފަށައިގެން ކުރިއަށްއެބަދެއެވެ. މިއަދު މެންދުރުފަހު 1:45 ގައި ފެށި މި މުބާރާތުގައި 174 ދަރިވަރުން ބައިވެރިވެފައިވެއެވެ. 6 ޢުމުރުފުރައަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގައި ފަނޑިޔާރުކަން ކޮށްދެއްވަނީ ޓީކިއު އައި ގެ ހެޑް އަލްފާޟިލް ޢަލީ ޒިޔާދު، ލަންދޫ ސްކޫލުގެ ޤުރުއާން ޓީޗަރ އަލްފާޟިލާ އައިޝަތު ރުކްސާނާ އަދި ޓީކިޔުއައިގެ ޤުރުއާން ޓީޗަރ އަލްފާޟިލާ ފާތުމަތު މުސްތަޤީމާއެވެ. ކޮންމެ ޢުމުރުފުރައަކުންވެސް 1 ވަނަ، 2 ވަނަ އަދި…

ލަންދޫ ސްކޫލުގެ މިއަހަރުގެ ޤުރުއާން މުބާރާތް މިއަދު ފަށައިގެން ކުރިއަށްއެބަދެއެވެ. މިއަދު މެންދުރުފަހު 1:45 ގައި ފެށި މި މުބާރާތުގައި 174 ދަރިވަރުން ބައިވެރިވެފައިވެއެވެ. 6 ޢުމުރުފުރައަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގައި ފަނޑިޔާރުކަން ކޮށްދެއްވަނީ ޓީކިއު އައި ގެ ހެޑް އަލްފާޟިލް ޢަލީ ޒިޔާދު، ލަންދޫ ސްކޫލުގެ ޤުރުއާން ޓީޗަރ އަލްފާޟިލާ އައިޝަތު ރުކްސާނާ އަދި ޓީކިޔުއައިގެ ޤުރުއާން ޓީޗަރ އަލްފާޟިލާ ފާތުމަތު މުސްތަޤީމާއެވެ.
ކޮންމެ ޢުމުރުފުރައަކުންވެސް 1 ވަނަ، 2 ވަނަ އަދި 3 ވަނަ އަދި ބަލައިގެން ކިޔުމުގެ ގޮފިންނާ ނުބަލާ ކިޔުމުގެ ގޮފިން 1 ވަނަ، 2 ވަނަ އަދި 3 ވަނަ އަދި މުޅި މުބާރާތުން 1 ވަނަ، 2 ވަނަ އަދި 3 ވަނަ ހޮވުމަށް ވަނީ ހަމަޖެހިފައެވެ.
- މުބާރާތުގައި ސުވާލުކުރެވޭގޮތް:
- ކޮންމެ އުމުރުފުރައެއްގެ، ކޮންމެ ކުއްޖަކަށްވެސް ކުރެވޭނީ އެކުއްޖަކަށް ޤުރުއަތުން ދިމާވާ 2 ސުވާލެވެ. ކޮންމެ ކުއްޖަކުވެސް ސުވާލު ނަގާނީ ސްކްރީނުން ފެންނަން ހުރި ނަންބަރުތަކުގެ ތެރެއިން ނަންބަރެކެވެ. މިގޮތުން ދިމާވާ ކޮންމެ ސުވާލެއް ކިޔުއްވާނީ 5 ފޮޅުވަތުގެ މިންވަރަކަށެވެ.
- މުބާރާތުގައި މާކްސް ދެވޭ ގޮތް:
- ނުބަލާ ކިޔެވުމުގެބައި:
- މިބައިގައި މާކްސްދެވޭ ގޮތަކީ، ކިޔެވުމަށް 50 މާކްސް، ތަޖުވީދަށް 44 މާކްސް އަދި އަޑަށާއި ރާގަށް 6 މާކްސް އެވެ.
- ކިޔެވުމުގެ ބައި:
- މިބައިގައި މާކްސް ކަނޑާނީ އަކުރު ނުބައިކޮށް ކިއުމަށް 2 މާކްސް، ފިލި ނުބައިކޮށް ކިއުމަށް 2 މާކްސް، އަޅައިގަތުން ނުވަތަ ނުފަރިތަކަމަށް 1 މާކްސް އެވެ. އަޅައިގަތުން ނުވަތަ ނުފަރިތަކަމުގައި ބަލާނީ:
- ކުށެއްޖެހުމުން އަމިއްލައަށް އެކުށް އިސްލާހުކޮށްގެން ކިއުމުން ކެނޑޭނީ 1 މާރކުހެވެ.
- ކުށެއްޖެހުމުން ޖަޖުންގެ ފަރާތުން އެކުށް އިސްލާހުކުރުމަށް އެންގުމަށްފަހު ކިޔަންފެށުމުން ކެނޑޭނީ 2 މާރކުހެވެ. އަދި އެކުށް އިސްލާހުކުރުމަށް ލިބޭނީ 20 ސިކުންތުގެ ވަގުތުކޮޅެކެވެ.
- 3 ވަނަ ފަހަރަށް ޖަޖުންނަށް އެކުށް އިސްލާހު ކުރުމަށް ޖެހިއްޖެނަމަ އެދަރިވަރަކަށް އިތުރަކަށް ކުރިޔަކަށް ނުގެންދެވޭނެއެވެ.
- ތަޖުވީދުގެ ބައި:
- މިބައިގައި މާކްސް ކަނޑާނީ ލަޙުނުޙަފީގެ އެންމެހާ ކުށްތަކަށެވެ. އެގޮތުން ލަޙުނު ޚަފީ ކުށަކަށް 1 މާރކުސް ކެނޑޭނެއެވެ.
- އަޑާއި ރާގު:
- މިބައިގައި މާކްސް ދިނުމުގައި ބަލާނީ ރީތިއަޑުން ކިޔެވުމާއި ޤުރުއާން ކިޔަވާގޮތަށް ކިޔަވާ ކިޔެވުމަށެވެ. އަޑާއި ރާގުގެ ބަޔަށް މާކްސް ދޭނެގޮތަކީ، ބައެއްފަހަރު ކުދިން ތަރުތީލަކޮށް ކިޔަވަމުންގޮސް ނިންމަންވުމުން، އަޑު ގެންގުޅޭގޮތް ބެލުމާއި ތަރުތީލަކޮށް ކިޔަވަން ފަށާފައި ޙަދަރުކުރުންފަދަ ކަންތައްތަކަށެވެ.
- ބަލައިގެން ކިޔެވުމުގެބައި:
- މިބައިގައި މާކްސްދެވޭ ގޮތަކީ، ކިޔެވުމަށް 50 މާކްސް، ތަޖުވީދަށް 44 މާކްސް އަދި އަޑަށާއި ރާގަށް 6 މާކްސް އެވެ.
- ކިޔެވުމުގެ ބައި:
- މިބައިގައި މާކްސް ކަނޑާނީ އަކުރު ނުބައިކޮށް ކިއުމަށް 2 މާކްސް، ފިލި ނުބައިކޮށް ކިއުމަށް 2 މާކްސް، އަޅައިގަތުން ނުވަތަ ނުފަރިތަކަމަށް 1 މާކްސް އެވެ. އަޅައިގަތުން ނުވަތަ ނުފަރިތަކަމުގައި ބަލާނީ:
- ކުށެއްޖެހުމުން އަމިއްލައަށް އެކުށް އިސްލާހުކޮށްގެން ކިއުމުން ކެނޑޭނީ 1 މާރކުހެވެ.
- ކުށެއްޖެހުމުން ޖަޖުންގެ ފަރާތުން އެކުށް އިސްލާހުކުރުމަށް އެންގުމަށްފަހު ކިޔަންފެށުމުން ކެނޑޭނީ 2 މާރކުހެވެ. އަދި އެކުށް އިސްލާހުކުރުމަށް ލިބޭނީ 20 ސިކުންތުގެ ވަގުތުކޮޅެކެވެ.
- 3 ވަނަ ފަހަރަށް ޖަޖުންނަށް އެކުށް އިސްލާހު ކުރުމަށް ޖެހިއްޖެނަމަ އެދަރިވަރަކަށް އިތުރަކަށް ކުރިޔަކަށް ނުގެންދެވެނެއެވެ.
- ތަޖުވީދުގެ ބައި:
- މިބައިގައި މާކްސް ކަނޑާނީ ލަޙުނުޙަފީގެ އެންމެހާ ކުށްތަކަށެވެ. އެގޮތުން ލަޙުނުޙަފީގެ ކުށަކަށް 1 މާރކުސް ކެނޑޭނެއެވެ.
- އަޑާއި ރާގު:
- މިބައިގައި މާކްސް ދިނުމުގައި ބަލާނީ ރީތިއަޑުން ކިޔެވުމާއި ޤުރުއާން ކިޔަވާގޮތަށް ކިޔަވާ ކިޔެވުމަށެވެ. އަޑާއި ރާގުގެ ބަޔަށް މާކްސް ދޭނެ ގޮތަކީ، ބައެއްފަހަރު ކުދިން ތަރުތީލަކޮށް ކިޔަވަމުންގޮސް ނިންމަންވުމުން، އަޑު ގެންގުޅޭގޮތް ބެލުމާއި ތަރުތީލަކޮށް ކިޔަވަން ފަށާފައި ޙަދަރުކުރުންފަދަ ކަންތައްތަކަށެވެ.
- މުބާރާތުގައި ހޮވޭނެ ވަނަތައް:
- 2 ގޮފި ވަކިން، ކޮންމެ ޢުމުރުފުރާއަކުން 1ވަނަ، 2ވަނަ އަދި 3ވަނަ.
- 2 ގޮފި ވަކިން، މުޅި މުބާރާތުގެ 1ވަނަ، 2ވަނަ އަދި 3ވަނަ.
- 2 ގޮފި އެއްކޮށް، މުޅި މުބާރާތުގެ 1ވަނަ، 2ވަނަ އަދި 3ވަނަ.
- ނޯޓު: 1ވަނަ ލިބޭނީ އެވްރެޖް %75 އިންސައްތައަށް ވުރެމަތިން މާރކްސް ހޯދާ ދަރިވަރުންގެ ތެރެއިން އެންމެ މަތީމާކްސް ހޯދާ ދަރިވަރެވެ. 2ވަނަ ލިބޭނީ އެވްރެޖް %65 އިންސައްތައަށް ވުރެމަތިން މާރކްސް ހޯދާ ދަރިވަރުންގެ ތެރެއިން އެންމެ މަތީމާކްސް ހޯދާ ދަރިވަރެވެ. އަދި 3ވަނަ ހޮވުމުގައި ބަލާނީ ކޮންމެ ޢުމުރުފުރާއަކުންވެސް %50 އިންސައްތައަށް ވުރެމަތިން މާރކްސް ހޯދާ ދަރިވަރުންގެ ތެރެއިން އެންމެ މަތީމާކްސް ހޯދާ ދަރިވަރެވެ.
Share with
/









ޚިޔާލު ފާޅުކުރައްވާ