ފުނަދޫ ސްކޫލްގެ ގްރޭޑް 12 ގެ ދަރިވަރުން ލަންދޫސްކޫލަށް ޒިޔާރަތެއް ކޮށްފި

ށ.ފުނަދޫ ސްކޫލްގެ ގްރޭޑް 12 ގެ ދަރިވަރުންނާއި އެސްކޫލްގެ ބައެއް ޓީޗަރުން ލަންދޫ ސްކޫލަށް މަޢުލޫމާތު ހޯދުމުގެ ދަތުރެއް ކޮށްފިއެވެ. ފުނަދޫ ސްކޫލުން ލަންދުއަށްޒިޔާރަތްކުރި ޓީމްގައި ގްރޭޑް 12 ގައި ކިޔަވާ 11 ދަރިވަރުންނާއި، 5 ޓީޗަރުންނާއި، އަދި 3 ބެލެނިވެރިޔަކު ބައިވެރިވިއެވެ. ފުނަދޫސްކޫލްގެ ދަރިވަރުން މިއަދު ލަންދުއަށް ކުރި ދަތުރަކީ ލަންދޫގައި ހުންނަ އާސާރީ ބިނާއެއްކަމުގައިވާ ” ލަންދޫ މާބުދުގެ ” އާއި ބެހޭ މައުލޫމާތު އެއްކުރުމާއި، ލަންދޫސްކޫލްގެ ދަރިވަރުންނާ އަދި ޓީޗަރުންނާ ބައްދަލުކޮށް މައުލޫމާތު…


ށ.ފުނަދޫ ސްކޫލްގެ ގްރޭޑް 12 ގެ ދަރިވަރުންނާއި އެސްކޫލްގެ ބައެއް ޓީޗަރުން ލަންދޫ ސްކޫލަށް މަޢުލޫމާތު ހޯދުމުގެ ދަތުރެއް ކޮށްފިއެވެ.

ފުނަދޫ ސްކޫލުން ލަންދުއަށްޒިޔާރަތްކުރި ޓީމްގައި ގްރޭޑް 12 ގައި ކިޔަވާ 11 ދަރިވަރުންނާއި، 5 ޓީޗަރުންނާއި، އަދި 3 ބެލެނިވެރިޔަކު ބައިވެރިވިއެވެ.

ފުނަދޫސްކޫލްގެ ދަރިވަރުން މިއަދު ލަންދުއަށް ކުރި ދަތުރަކީ ލަންދޫގައި ހުންނަ އާސާރީ ބިނާއެއްކަމުގައިވާ ” ލަންދޫ މާބުދުގެ ” އާއި ބެހޭ މައުލޫމާތު އެއްކުރުމާއި، ލަންދޫސްކޫލްގެ ދަރިވަރުންނާ އަދި ޓީޗަރުންނާ ބައްދަލުކޮށް މައުލޫމާތު ހިއްސާ ކުރުމަށް ކުރި ދަތުރެކެވެ.

ފުނަދޫސްކޫލްގެ ދަރިވަރުން ލަންދުއަށް ކުރި ދަތުރު ނިންމާލުމަށްފަހު ލަންދޫން ފުރީ އިއްޔެ މެންދުރުފަހު 3:15 ހާއިރުއެވެ.

މިދަތުރުގައި ލަންދޫސްކޫލްގެ ފަރާތުން ލިބުނު މެހްމާންދާރީއާއި ބެހެއްޓި ގާތްކަން ފާހަގަކޮށް ފުނަދޫސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް މުހައްމަދު ޝުޖާއު ވަނީ ޝުކުރު އަދާކުރެއްވިއެވެ..


ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

More posts. You may also be interested in.