Your cart is currently empty!
ލަންދޫސްކޫލްގެ މިއަހަރުގެ އިންޓަރ ހައުސް ފުޓްބޯޅަ މުބާރާތް ފަށައިފި
ލަންދޫ ސްކޫލްގެ މިއަހަރުގެ އިންޓަރހައުސް ފުޓްބޯޅަ މުބާރާތް ފަށައިފިއެވެ. މުބާރާތުގެ ފުރަތަމަ މެޗް އިއްޔެ ހަވީރު ކުޅެފައިވާއިރު ފުރަތަމަ މެޗްގައި ބައްދަލުކުރީ ސިއްތިމާވާ ހައުސް އާއި، ދޮށިމޭނާ ހައުސްއެވެ. މިމެޗް 6 ލަނޑު 5 ލަނޑުން ކާމިޔުބުކުރީ ސިއްތިމާވާ ހައުސްއެވެ. އިއްޔެގެ މެޗްގެ ޝަރަފްވެރިމެހްމާނަކީ ނ.ލަންދޫ ޕޮލިސް ސްޓޭޝަން މިވަގުތު ހިންގުމާއި ޙަވާލުވެ ހުންނެވި ސަބްއިނިސްޕެކްޓަރ އަލްފާޟިލް އަޙްމަދު ޝަފީޢު އެވެ. މުބާރާތް ފެށިގެންދިޔައީ އިއްޔެ ކުޅުނު ދެޓީމްގެ ކުޅުންތެރިންނާ ޝަރަފްވެރި މެހްމާން ސަލާމް ކުރެއްވުމަށް ފަހުއެވެ.…

ލަންދޫ ސްކޫލްގެ މިއަހަރުގެ އިންޓަރހައުސް ފުޓްބޯޅަ މުބާރާތް ފަށައިފިއެވެ.
މުބާރާތުގެ ފުރަތަމަ މެޗް އިއްޔެ ހަވީރު ކުޅެފައިވާއިރު ފުރަތަމަ މެޗްގައި ބައްދަލުކުރީ ސިއްތިމާވާ ހައުސް އާއި، ދޮށިމޭނާ ހައުސްއެވެ. މިމެޗް 6 ލަނޑު 5 ލަނޑުން ކާމިޔުބުކުރީ ސިއްތިމާވާ ހައުސްއެވެ.
އިއްޔެގެ މެޗްގެ ޝަރަފްވެރިމެހްމާނަކީ ނ.ލަންދޫ ޕޮލިސް ސްޓޭޝަން މިވަގުތު ހިންގުމާއި ޙަވާލުވެ ހުންނެވި ސަބްއިނިސްޕެކްޓަރ އަލްފާޟިލް އަޙްމަދު ޝަފީޢު އެވެ. މުބާރާތް ފެށިގެންދިޔައީ އިއްޔެ ކުޅުނު ދެޓީމްގެ ކުޅުންތެރިންނާ ޝަރަފްވެރި މެހްމާން ސަލާމް ކުރެއްވުމަށް ފަހުއެވެ.
ދެޓީމްގެ ކުޅުންވެސް ވަރަށް ފޯރިގަދަކޮށް ދާދި ހަމަހަމަ ގޮތެއްގައި ކުރިއަށް ދިޔަ އިއްޔެގެ މެޗްގެ މޭން އޮފް ދަ މެޗަކަށް ހޮވިފައިވަނީ ސިއްތިމާވާ ހައުސްގެ ޖަރޒީ ނަމްބަރ 4 މުޙައްމަދު އުލުވާނެވެ. މޭން އޮފް ދަ މެޗަށް ހަނދާނީ ލިޔުން ޙަވާލުކޮށްދެއްވީ މެޗްގެ ޝަރަފްވެރި މެހްމާނެވެ.
އިއްޔެގެ މެޗްގެ ކުޅި ބެލުމަށް ގިނަޢަދަދެއްގެ ބެލެނިވެރިންނާއި، ސްޓާފުންނާއި، އަދި ދަރިވަރުންވަނީ ލަންދޫސްކޫލްގެ ފުޓްބޯޅަ ދަނޑަށް ހާޒިރުވެފައެވެ.
މުބާރާތުގެ މެޗެއް މިއަދުވެސް އޮންނާނެއެވެ. މިއަދުގެ މެޗްގައި ބައްދަލުކުރާނީ ދޮށިމޭނާ ހައުސްއާއި، ރެހެންދި ހައުސްއެވެ. މެޗް ފެށޭގަޑިއަކީ ހަވީރު 4:30 އެވެ.
Share with
/









ޚިޔާލު ފާޅުކުރައްވާ