ލަންދޫސްކޫލްގެ 51 ވަނަ އަހަރީދުވަސް ފާހަގަކޮށްފި

ލަންދޫސްކޫލްގެ 51 ވަނައަހަރީދުވަސް  ފާހަގަކޮށްފިއެވެ. އަހަރީދުވަސް ފާހަގަކުރުމުގެ ގޮތުން  ވަނީ ޚާއްޞަ އެސެމްބްލީއެއް ބާއްވާފައެވެ. އަދި ސްކޫލްގެ އަންހެން ސްޓާފުންނައި، ދަރިވަރުންނާ ދެމެދު އެކުވެރިކަމުގެ ނެޓްބޯޅަމެއްޗެއްވެސް އިއްޔެވަނީ ކުޅެފައެވެ. އަދި މިއަދުހަވީރު ފިރިހެން ސްޓާފުންނާއި، ފިރިހެންދަރިވަރުންގެ ފުޓްބޯޅަ މެޗެއްވެސް ވަނީ އަހަރީދުވަހުގެ މުނާސަބަތުގައި ކުޅެންހަމަޖެހިފައެވެ. އިއްޔެގެ އެސެމްބްލީގެ ސްކޫލްގެ ސްކޫލްބޯޑުގެ ޗެއަރޕާރސަން އަލްފާޟިލް މުޙައްމަދު ޙަސަން ވަނީ ވާހަކަ ދައްކަވާފައެވެ. އަދި އިސްދަރިވަރެއްގެ ހައިސިއްޔަތުން ނ.ލަންދޫ ރެޑްރޯސް އަލްފާޟިލާ އަލްޠާފާ ޢަބުދުލް ކަރީމްވެސް ވާހަކަ ދައްކާފައެވެ. ދުވަހުގެ…


ލަންދޫސްކޫލްގެ 51 ވަނައަހަރީދުވަސް  ފާހަގަކޮށްފިއެވެ.

އަހަރީދުވަސް ފާހަގަކުރުމުގެ ގޮތުން  ވަނީ ޚާއްޞަ އެސެމްބްލީއެއް ބާއްވާފައެވެ. އަދި ސްކޫލްގެ އަންހެން ސްޓާފުންނައި، ދަރިވަރުންނާ ދެމެދު އެކުވެރިކަމުގެ ނެޓްބޯޅަމެއްޗެއްވެސް އިއްޔެވަނީ ކުޅެފައެވެ. އަދި މިއަދުހަވީރު ފިރިހެން ސްޓާފުންނާއި، ފިރިހެންދަރިވަރުންގެ ފުޓްބޯޅަ މެޗެއްވެސް ވަނީ އަހަރީދުވަހުގެ މުނާސަބަތުގައި ކުޅެންހަމަޖެހިފައެވެ.

އިއްޔެގެ އެސެމްބްލީގެ ސްކޫލްގެ ސްކޫލްބޯޑުގެ ޗެއަރޕާރސަން އަލްފާޟިލް މުޙައްމަދު ޙަސަން ވަނީ ވާހަކަ ދައްކަވާފައެވެ. އަދި އިސްދަރިވަރެއްގެ ހައިސިއްޔަތުން ނ.ލަންދޫ ރެޑްރޯސް އަލްފާޟިލާ އަލްޠާފާ ޢަބުދުލް ކަރީމްވެސް ވާހަކަ ދައްކާފައެވެ.

ދުވަހުގެ މުނާސަބަތުގައި ޕީޓީއެއް އިން ތައްޔާރުކުރި ދުވަހުގެ ޚާއްޞަ ކޭކް ފެޅުންވެސް އިއްޔެގެ އެސެމްބްލީގައި އޮތެވެ.

ލަންދޫސްކޫލްގެ އަހަރީ ދުވަހުގެ ޙަރަކާތްތަކުގެ ތެރެއިން ސްކޫލްތެރެ ސާފުކުރުމުގެ ޕްރޮގްރާމެއްވެސް އިއްޔެ ވަނީ އެސްކޫލްގެ ދަރިވަރުންނާއި، ސްޓާފުން ބައިވެރިވެގެން ކުރިއަށް ގެންގޮސްފައެވެ.

ލަންދޫސްކޫލްގެ އަހަރީ ދުވަހަކީ ކޮންމެ އަހަރެއްގެ ފެބްރުއަރީ 28 އެވެ.


ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

More posts. You may also be interested in.