ބައިނަލްއަޤްވާމީ މާދަރީ ބަހުގެ ދުވަސް ލަންދޫސްކޫލްގައި ކުލަގަދަކޮށް ފާހަގަކޮށްފި

ބައިނަލްއަޤްވާމީ މާދަރީ ބަހުގެ ދުވަސް ލަންދޫސްކޫލްގައި މިއަދު ކުލަގަދަކޮށް ފާހަގަކޮށްފިއވެ. މިދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ހެނދުނު ވަނީ އެ ސްކޫލްގައި ޚާއްސަ އެސެމްބްލީއެއް ބާއްވާފައެވެ. އެ އެސެމްބްލީގައި ވަނީ މާދަރީ ބަހުގެ ދުވަހާބެހޭގޮތުން ދަރިވަރުންގެ ޝުޢޫރުތައް ފާޅުކޮށް ދުވަހާ ބެހޭގޮތުން މައުލޫމާތު ދީފައެވެ. މެދުންދުރުފަހު ލަންދޫސްކޫލްގައި މިއަދު އޮތީ މާދަރީ ބަހުގެ ދުވަހާގުޅޭގޮތުން ދަރިވަރުން ހުށަހެޅި ސްޓޭޖް ހަރަކާތްތައްކެއް ހުށައެޅުމެވެ. މާދަރީބަހުގެ ދުވަސް ފާހަގަކުރުމަށް ދަރިވަރުން މިހަރަކާތްތަކުގައި ބައިވެރިވެފައިވަނީ ދިވެހިވަންތަ ހެދުމުގައެވެ. މީގެ ތެރޭގައި ރައިވަރުކިޔުމާއި، ޅެމާ،…


ބައިނަލްއަޤްވާމީ މާދަރީ ބަހުގެ ދުވަސް ލަންދޫސްކޫލްގައި މިއަދު ކުލަގަދަކޮށް ފާހަގަކޮށްފިއވެ.

މިދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ހެނދުނު ވަނީ އެ ސްކޫލްގައި ޚާއްސަ އެސެމްބްލީއެއް ބާއްވާފައެވެ. އެ އެސެމްބްލީގައި ވަނީ މާދަރީ ބަހުގެ ދުވަހާބެހޭގޮތުން ދަރިވަރުންގެ ޝުޢޫރުތައް ފާޅުކޮށް ދުވަހާ ބެހޭގޮތުން މައުލޫމާތު ދީފައެވެ.

މެދުންދުރުފަހު ލަންދޫސްކޫލްގައި މިއަދު އޮތީ މާދަރީ ބަހުގެ ދުވަހާގުޅޭގޮތުން ދަރިވަރުން ހުށަހެޅި ސްޓޭޖް ހަރަކާތްތައްކެއް ހުށައެޅުމެވެ. މާދަރީބަހުގެ ދުވަސް ފާހަގަކުރުމަށް ދަރިވަރުން މިހަރަކާތްތަކުގައި ބައިވެރިވެފައިވަނީ ދިވެހިވަންތަ ހެދުމުގައެވެ. މީގެ ތެރޭގައި ރައިވަރުކިޔުމާއި، ޅެމާ، ބަނދި ކިޔުން ޢިބްރަތްތެރި ޑްރާމާ ކުޅުން ފަދަ ހަރަކާތްތައް ހިމެނެއެވެ.

ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަސް ބައިނަލްއަޤްވާމީ މާދަރީ ބަހުގެ ދުވަހުގެ ގޮތުގައި ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް ފާހަގަކުރަން ޔުނެސްކޯއިން ނިންމީ 1999 ވަނަ އަހަރުގައެވެ.

މިއަހަރުގެ މާދަރީ ބަހުގެ ދުވަހުގެ ޝިއާރަކީ “ދެމެހެއްޓެނިވި ތަރައްޤީއަށް – ބަހަވީ ސިންދަފާތާއި ގިނަބައްސަކަން” އެވެ. ޝިއާރު އަމާޒުކުރައްވާފައި ވަނީ ދުނިޔެ ތަރައްގީވެ، ޓެކްނޮލޮޖީ ފަދަ ވަސީލަތްތައް ކުރި އަރަމުން އަންނަ އިރު ވަޒީފާ އާއި ތައުލީމީ މައިދާނުގައި އަމިއްލަ މާދަރީ ބަސް ބޭނުންކުރުން އިތުރު ކުރުމަށެވެ.

މިދުވަސް ފާހަގަކުރުމުގެ ބޭނުމަކީ އިންސާނުން ވާހަކަދައްކާ ބަސްބަހުގައި ހުރި ޚާއްޞަ ސިފަތައް ފާހަގަކޮށް ބަސްތައް ރައްކާތެރިކަމާއި މާދަރީ ބަހުން ތަޢުލީމް ދިނުމާ މެދު މީހުންގެ ހޭލުންތެރިކަން އިތުރު ކުރުމެވެ.

މިލިޔުމާ ގުޅޭ ފޮޓޯ ގެލެރީ


ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

More posts. You may also be interested in.