Your cart is currently empty!
މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ.އައިޝަތު ޝިހާމް ލަންދުއަށް ވަޑައިގެންފި.
މި ސްކޫލަށް 50 އަހަރު ފުރުމުގެ ރަންޔޫބީލް ފާހަގަކުރުމަށް ލަންދޫގައި ބޭއްވި ޚާއްޞަ ޙަފްލާގައި ބައިވެރިވެ ވަޑައިގަތުމަށް މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ.އައިޝަތު ޝިހާމް އިއްޔެ ލަންދުއަށް ވަޑައިގެންފިއެވެ. އެކަމަނާ ލަންދުއަށް ވަޑައިގެންފައިވަނީ ރޭ އިރުއޮއްސި 6:45 ހާއިރުއެވެ. އެޑިޔުކޭޝަން މިނިސްޓަރ ލަންދުއަށް ވަޑައިގަތުމުން ލަންދޫ ސްކޫލްގެ ދަރިވަރުންނާއި ބެލެނިވެރިންނާއި ސްޓާފުންނާއި، އަދި ލަންދޫގެ އެންމެހައި ރައްޔިތުންވަނީ އެކަމަނާއަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. އެޑިޔުކޭޝަން މިނިސްޓަރގެ އަރިހުގައި އެމިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކްޓިވް އަލްފާޟިލް އިބްރާހިމް…

މި ސްކޫލަށް 50 އަހަރު ފުރުމުގެ ރަންޔޫބީލް ފާހަގަކުރުމަށް ލަންދޫގައި ބޭއްވި ޚާއްޞަ ޙަފްލާގައި ބައިވެރިވެ ވަޑައިގަތުމަށް މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ.އައިޝަތު ޝިހާމް އިއްޔެ ލަންދުއަށް ވަޑައިގެންފިއެވެ.
އެކަމަނާ ލަންދުއަށް ވަޑައިގެންފައިވަނީ ރޭ އިރުއޮއްސި 6:45 ހާއިރުއެވެ.
އެޑިޔުކޭޝަން މިނިސްޓަރ ލަންދުއަށް ވަޑައިގަތުމުން ލަންދޫ ސްކޫލްގެ ދަރިވަރުންނާއި ބެލެނިވެރިންނާއި ސްޓާފުންނާއި، އަދި ލަންދޫގެ އެންމެހައި ރައްޔިތުންވަނީ އެކަމަނާއަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.
އެޑިޔުކޭޝަން މިނިސްޓަރގެ އަރިހުގައި އެމިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކްޓިވް އަލްފާޟިލް އިބްރާހިމް އިސްމާޢީލް އާއި، މިނިސްޓްރީގެ އެކިއެކިދާއިރާތަކުގެ ތަފާތު ފެންވަރުގެ ވެރިންނާއި މުވައްޒަފުން ލަންދުއަށް ވަޑައިގަތެވެ.
މި ސްކޫލަށް 50 އަހަރު ފުރުމުގެ ހަނދާނުގައި ބިނާކުރެވުނު ގޯލްޑެންޖުބުލީ ގޭޓް ރަސްމީކޮށްވަނީ ރޭ ހުޅުވާފައެވެ. ގޭޓް ހުޅުވައިދެއްވީ އެޑިޔުކޭޝަން މިނިސްޓަރ ޑރ.އައިޝަތު ޝިހާމް އާއި އެޑިޔުކޭޝަން މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކްޓިވް އަލްފާޟިލް އިބްރާހިމް އިސްމާޢިލްއާއި ދެބޭފުޅުންނެވެ.
ރޭ މިސްކޫލްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި އެޑިޔުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޝިހާމް ބައިވެރިވެ ވަޑައިގެން ޖަލްސާގައި ވާހަކަފުޅު ދެއްކެވިއެވެ. އެކަމަނާގެ ވާހަކަފުޅުގައި ލަންދޫ ރައްޔިތުންނަށާއި ޚާއްޞަކޮށް ސްކޫލްގެ ވެރިންނާއި، މުވައްޒަފުންނަށް ޝުކުރު އަދާކުރައްވަމުން ވިދާޅުވީ ލަންދޫ ރައްޔިތުން ތައުލީމަށްޓަކައި ވަމުންދާ ޤުރުބާނީ އާއި ކުރައްވާ ބުރަމަސައްކަތް އިޙްސާސް ކުރެއްވޭކަމަށާއި، ބެލެނިވެރިންނާއި ޓީޗަރުން ގުޅިގެން ކުރައްވާ މަސައްކަތުގެ ސަބަބުން މޮޅު ދަރިވަރުން ތަކެއް އުފެއްދޭނެކަމަށް ޔަޤީންކުރައްވާކަމަށެވެ.
އަދި ފާއިތުވެ ދިޔަ 4 އަހަރުދުވަހު ތައުލީމީ ފަލްސާއަށް ބޮޑެތި އިންގިލާބީ ބަދަލުތަކެއް ގެނެވިފައިވާ ކަމަށާއި، އެކަމުގެ ސަބަބުން މުޅި ތައުލީމީ ނިޒާމަށް ވަރަށް ރަގަޅު އަސަރު ކުރަމުންގޮސް ވަރަށްބޮޑެތި ކާމިޔާބީތައް ލިބިފައިވާކަން އެޑިޔުކޭޝަން މިނިސްޓަރގެ ވާހަކަފުޅުގައި ރޭ ފާހަގަކުރެއްވިއެވެ.
ލަންދޫސްކޫލަށް 50 އަހަރުފުރުން ފާހަގަކުރުމަށް ރޭ މިސްކޫލްގައި ބޭއްވި ޚާއްޞަ ޙަފްލާގައި މިސްކޫލަށް 10 އަހަރާއި ، 15 އަހަރާއި އަދި 20 އަހަރު ދުވަހު ޚިދުމަތްކުރައްވާފައިވާ ބޭބޭފުޅުނަށް އެކަމުގެ އަގުވަޒަންކޮށް ޝީލްޑް އެރުވުނެވެ. އަދި ދިގުމުއްދަތެއް ވަންދެން ސްކޫލް ހިންގެވުމުގެ މަސްޢޫލިއްޔަތު އުފުލެއްވި ވެރިންނަށްވެސް ޝީލްޑް ދެވުނެވެ.
ރޭގެ ޙަފްލާ ނިންމާލީ ސްކޫލްގެ ބެލެނިވެރިން ތައްޔާތުކުރި ޚާއްޞަ ޖާފަތަކުންނެވެ. އެޖާފަތުގައި ކުރީގެ ދިވެހި ކެއުންތަކާއި މިހާރުގެ ކެއުންތައް އެކުލެވިގެންދިޔައެވެ.
Share with
/









ޚިޔާލު ފާޅުކުރައްވާ