Your cart is currently empty!
ލަންދޫސްކޫލްގެ ބެލެނިވެރިންނަށް ޚާއްޞަކޮށްގެން ބާއްވާ ނެޓްބޯޅަ މުބާރާތެއް ފަށައިފި.
ނ.ލަންދޫސްކޫލްގެ ޕީޓީއޭ އިން އިސްނަގައިގެން އެސްކޫލްގެ ހުރިހާ އަންހެން ބެލެނިވެރިންނަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދާ ޚާއްޞަނެޓްބޯޅަ މުބާރާތެއް އިއްޔެ އެސްކޫލްގައި ފަށައިފިއެވެ. ލަންދޫސްކޫލުން މައުލޫމާތު ދެއްވާގޮތުގައި މި މުބާރާތަކީ މިއަހަރު އެސްކޫލަށް 50 އަހަރުފުރޭތީ އެކަން ފާހަގަކުރުމުގެ ގޮތުން މުޅިއަހަރުދުވަހުގެ އެކިއެކި ދުވަސްތަކަށް ބަހާލައިގެން ކުރިއަށް ގެންދެވޭ ރަންޔޫބީލް ޕްރޮގްރާމްގެ ތެރެއިން އިވެންޓެކެވެ. އިއްޔެ ފެށުނު މި މުބާރާތުގައި ޖުމުލަ 6 ޓީމަކުން ވާދަކުރެއެވެ. އެއީ އެސްކޫލްގެ ބެލެނިވެރިންގެ ތެރެއިން ހޮވާލެވުނު ޓީމްތަކެކެވެ. މުބާރާތުގެ ޤަވާޢިދު ބުނާގޮތުން…

ނ.ލަންދޫސްކޫލްގެ ޕީޓީއޭ އިން އިސްނަގައިގެން އެސްކޫލްގެ ހުރިހާ އަންހެން ބެލެނިވެރިންނަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދާ ޚާއްޞަނެޓްބޯޅަ މުބާރާތެއް އިއްޔެ އެސްކޫލްގައި ފަށައިފިއެވެ.
ލަންދޫސްކޫލުން މައުލޫމާތު ދެއްވާގޮތުގައި މި މުބާރާތަކީ މިއަހަރު އެސްކޫލަށް 50 އަހަރުފުރޭތީ އެކަން ފާހަގަކުރުމުގެ ގޮތުން މުޅިއަހަރުދުވަހުގެ އެކިއެކި ދުވަސްތަކަށް ބަހާލައިގެން ކުރިއަށް ގެންދެވޭ ރަންޔޫބީލް ޕްރޮގްރާމްގެ ތެރެއިން އިވެންޓެކެވެ.
އިއްޔެ ފެށުނު މި މުބާރާތުގައި ޖުމުލަ 6 ޓީމަކުން ވާދަކުރެއެވެ. އެއީ އެސްކޫލްގެ ބެލެނިވެރިންގެ ތެރެއިން ހޮވާލެވުނު ޓީމްތަކެކެވެ. މުބާރާތުގެ ޤަވާޢިދު ބުނާގޮތުން އެސްކޫލްގެ އަންހެން ބެލެނިވެރިއަކަށްނޫނީ ނުކުޅެވޭނެއެވެ.
އިއްޔެ ހަވީރު ލަންދޫސްކޫލްގެ ގޯތިތެރޭގައި ފެށި މި މުބާރާތުގެ ޝަރަފްވެރި މެހްމާނާއަކީ ނ.މާޅެންދޫސްކޫލްގެ ލީޑިންޓީޗަރ އަލްފާޟިލާ ޚަދީޖާ ޙަސަން އެވެ. ހައްޖަގެ އިތުރުން އެސްކޫލްގެ ޕީޓީއޭގެ އެންމެ އިސް 3 ބޭފުޅުން ވެސް ލަންދުއަށް އިއްޔެ ވަޑައިގެން ނެޓްބޯޅަ މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައިވަނީ ބައިވެރިވެފައެވެ.
އިއްޔެގެ ރަސްމިއްޔާތު ފެށިގެން ދިޔައީ ލަންދޫސްކޫލްގެ ފައުންޑޭޝަން ސްޓޭޖްގެ ދަރިވަރުން ހުށައަޅައިދިން ނެށުމުގެ އައިޓަމަކުންނެވެ.
މުބާރާތުގެ އޯޕަނިންގެ މެޗްގައި އިއްޔެ ބައްދަލުކުރީ އޮރެންޖް ޓީމާއި ، ރަތްޓީމެވެ. މެޗް 10 ޕޮޓް 4 ޕޮޓުން ކާމިޔާބުކުރީ އޮރެންޖް ޓީމެވެ.
އިއްޔެގެ މެޗްގެ ކްއީން އޮފްދަ މެޗަކަށް ހޮވުނީ އޮރެންޖް ޓީމްގެ ޙައްވާ ޢަބުދުލް ޖަލީލް އެވެ. އޭނާއަކީ މިއަހަރުގެ ލަންދޫސްކޫލްގެ ޕީޓީއޭގެ ނައިބް ރައީސާ އެވެ.
ލަންދޫ ސްކޫލްގެ ރަންޔޫބީލް އަހަރު ފާހަގަ ކުރުމުގެ ޕްރޮގްރާމްގެ ތެރެއިން މި ކުޅެވޭ ނެޓްބޯޅަ މުބާރާތަކީ “ޕީޓީއޭގެ ޕްރެޒިޑެންޓް ކަޕް” ގެ ނަމުގައި ކުޅެވޭ މުބާރާތެއް ކަމަށާއި، ޗެމްޕިއަން ޓީމަށް -/6000ރ. ( ހަހާސްރުފިޔާ ) ހުށަހަޅާ ފައިވާ ކަމަށް އެ ސްކޫލުން ބުނެއެވެ.









ޚިޔާލު ފާޅުކުރައްވާ