Your cart is currently empty!
ކޮންޓްރެކްޓް އެޑްމިނިސްޓްރޭޓިވް އޮފިސަރެއް ހޯދުމަށް
ނަންބަރު: GS-119/2017/09 އިޢުލާން ވަޒީފާގެ ފުރުޞަތު: މިސްކޫލްގެ ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެ މަޤާމް ކޮންޓްރެކްޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ ބޭނުންވާ އަދަދު: 1 ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް: 1 ރޭންކް: ޖީ.އެސް.3 ސެކްޝަން: އެޑްމިން ސެކްސަން މަޤާމު ގިންތި: ވަގުތީ ސާރވިސް އެލަވަންސް: -/1500ރ މުއްދަތު: 3 މަސް ދުވަސް މުސާރަ: -/4,465 ރ. އިތުރުގަޑީގެ ފައިސާ އިތުރުގަޑީގައި މަސައްކަތްކުރައްވާނަމަ ހަމަޖެހިފައިވާ އުސޫލެއްގެ މަތިން އިތުރުގަޑީގެ ފައިސާލިބޭނެއެވެ. މަސައްކަތް ކުރަންޖެހޭ އޮފީސް…

ނަންބަރު: GS-119/2017/09
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މިސްކޫލްގެ ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެ
| މަޤާމް | ކޮންޓްރެކްޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ | ||||||
| ބޭނުންވާ އަދަދު: | 1 | ކްލެސިފިކޭޝަން: | އޮފިސަރ ގްރޭޑް: 1 | ||||
| ރޭންކް: | ޖީ.އެސް.3 | ސެކްޝަން: | އެޑްމިން ސެކްސަން | ||||
| މަޤާމު ގިންތި: | ވަގުތީ | ސާރވިސް އެލަވަންސް: | -/1500ރ | ||||
| މުއްދަތު: | 3 މަސް ދުވަސް | މުސާރަ: | -/4,465 ރ. | ||||
| އިތުރުގަޑީގެ ފައިސާ | އިތުރުގަޑީގައި މަސައްކަތްކުރައްވާނަމަ ހަމަޖެހިފައިވާ އުސޫލެއްގެ މަތިން އިތުރުގަޑީގެ ފައިސާލިބޭނެއެވެ. | ||||||
| މަސައްކަތް ކުރަންޖެހޭ އޮފީސް | ނ.ލަންދޫ ސްކޫލް | ||||||
| މަޤާމުގެ ޝަރުޠުތައް:
|
އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ:
ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން ‘ޑީ’ ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި ‘ދިވެހި’ މި މާއްދާއިން ދަށްވެގެން ‘ސީ’ ގްރޭޑް ލިބިފައިވުން.
|
||||||
| މަޤާމުގެ މަސްއޫލިއްޔަތު | – ރިސެޕްޝަން ބެލެހެއްޓުން
– ސްކޫލަށް ބޭނުންވާ އެންމެހާ ތަކެތި ހޯދުމާއި ތަކެތީގެ ސްޓޮކް ބެލެހެއްޓުން – ސްކޫލަށް ލިބޭ ސިޓީ އާއި އެހެނިހެން ތަކެތި ބަލައިގަތުން – ސްކޫލްގެ ރަސްމީ މަސައްކަތާގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން – މަތީގައިދެންނެވިފައިވާ ކަންތަކާއިގުޅޭ ރިކޯޑްބެލެހެއްޓުމަށް (ސޮފްޓް އަދި ހާޑް ކޮޕީ އެކުލެވޭ) ފައިލިންސިސްޓަމެއް އެކުލަވާލުމާއިއެކު ޒިންމާދާރުކަންމަތީ ރިކޯޑް ބެލެހެއްޓުން. |
||||||
| ވަޒީފާއަށް އެންމެ ޤާބިލު މީހަކު ހޮވުމަށް ބެލެވޭ ކަންތައްތައް | – ތަޢުލީމާއި ތަމްރީނު
– މަސައްކަތުގެ ތަޖުރިބާ – މަސައްކަތުގެ ހުނަރާއި ފެންވަރާއި ގާބިލުކަމާއި ސިފަތައް |
||||||
| އިންޓަވިއު ކުރުން
|
– މި މަޤާމަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނެ ތަނާއި ތާރީޚާއި ގަޑި އިޢުލާނަށް މުއްދަތު ހަމަވާތާ މަސައްކަތު 7 ދުވަހުގެ ތެރޭގައި ކުރިމަތިލާ ފަރާތްތަކަށް އެންގޭނެއެވެ.
– އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ. |
||||||
| މަޤާމަށް އެދެންވީ ގޮތާއި ސުން ގަޑި | · – ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މި ސްކޫލުގެ އިދާރާއަށެވެ.
· – ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 10 ޖުލައި 2017 ވާ ހޯމަ ދުވަހުގެ 14:00 އެވެ. |
||||||
| ސެޓުފިކެޓުތަކާއި ލިޔެކިޔުންތައް އެޓެސްޓު ކުރުން: | ވަޒީފާއަށް އެދި ހުށަހަޅާ ހުރިހާ ލިޔެކިޔުންތަށް އެޓެސްޓުކުރުން އޮންނާނީ އިންޓަވިއު ކުރާ ފަރާތްތަކަށް އެކަންޏެވެ. ވީމާ، އިންޓަވިއުއަށް ހޮވޭ ފަރާތްތަކުން ހުރިހާ ލިޔެކިޔުންތަކުގެ އަސްލު ގެންނަވަން ވާނެއެވެ. | ||||||
| އުޖޫރައާއި އިނާޔަތްތައް: | ހަމަޖެހިފައިވާ އުސޫލުތަކާ އެއްގޮތަށް ސިވިލް ސާރވިސް މުވައްޒަފުންނަން ދެވޭ ޢިނާޔަތްތަކާ އަދި އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. | ||||||
|
ހުށަހަޅަންޖެހޭ ލިޔުންތައް: |
· ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (މިފޯމް މިސްކޫލުގެ އިދާރާއިން ލިބިވަޑައިގަންނަވާނެއެވެ.)
· ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. · ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް · ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ދެފުށް ފެންނާނޭގޮތަށް، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް · ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު) |
||||||
ނޯޓް:
މި ޢިއުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ގާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައި ދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ރަސްމީ ވަގުތުތަކުގައި މިސްކޫލު ގެ ނަމްބަރ: 6560576 ފޯނަށް ގުޅުއްވުން އެދެމެވެ.
ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
02 ޖުލައި 2017
Share with
/









ޚިޔާލު ފާޅުކުރައްވާ