ލަންދޫސްކޫލްގެ އިންޓަރހައުސް ފުޓްބޯޅަ މުބާރާތުގެ ދެވަނަ މެޗް “ސިއްތިމާވާ” ކާމިޔާބުކޮށްފި

ނ.ލަންދޫސްކޫލްގެ މިއަހަރުގެ އިންޓަރހައުސް ފުޓްބޯޅަ މުބާރާތުގެ ދެވަނަ މެޗް އެސްކޫލްގެ ސިއްތިމާވާ ހައުސް ކާމިޔާބުކޮށްފިއެވެ. ސިއްތިމާވާ މިމެޗް ކާމިޔާބު ކޮށްފައިވަނީ ދޮށިމޭނާ ހައުސްއާއި ބައްދަލުކޮށް 3 – 1 ންނެވެ. މިއީ މި މުބާރާތުގެ 2 ވަނަމެޗެވެ. މިމެޗުން ސިއްތިމާވާ މޮޅުވުމުން އެޓީމަށް 2 މެޗް ކުޅެގެން 4 ޕޮއިންޓް ލިބުމާއެކު އެޓީމުމިހާރުވަނީ މިމުބާރާތުގެ އެއްކޮޅުން ފައިނަލް ކަށަވަރުކޮށްފައެވެ. އަނެއްކޮޅުން ފައިނަލްގައި ވާދަކުރާނެ ޓީމެއް އެނގޭނީ މާދަމާގެ މެޗްގައި ދޮށިމޭނާއާއި، ރެހެންދި ބައްދަލުކުރާ މެޗަށް ފަހުގައެވެ. މާދަމާގެ…


ނ.ލަންދޫސްކޫލްގެ މިއަހަރުގެ އިންޓަރހައުސް ފުޓްބޯޅަ މުބާރާތުގެ ދެވަނަ މެޗް އެސްކޫލްގެ ސިއްތިމާވާ ހައުސް ކާމިޔާބުކޮށްފިއެވެ. ސިއްތިމާވާ މިމެޗް ކާމިޔާބު ކޮށްފައިވަނީ ދޮށިމޭނާ ހައުސްއާއި ބައްދަލުކޮށް 3 – 1 ންނެވެ.

މިއީ މި މުބާރާތުގެ 2 ވަނަމެޗެވެ. މިމެޗުން ސިއްތިމާވާ މޮޅުވުމުން އެޓީމަށް 2 މެޗް ކުޅެގެން 4 ޕޮއިންޓް ލިބުމާއެކު އެޓީމުމިހާރުވަނީ މިމުބާރާތުގެ އެއްކޮޅުން ފައިނަލް ކަށަވަރުކޮށްފައެވެ. އަނެއްކޮޅުން ފައިނަލްގައި ވާދަކުރާނެ ޓީމެއް އެނގޭނީ މާދަމާގެ މެޗްގައި ދޮށިމޭނާއާއި، ރެހެންދި ބައްދަލުކުރާ މެޗަށް ފަހުގައެވެ. މާދަމާގެ މެޗްވެސް އޮންނާނީ ހަވީރު 4:00 ގައި ލަންދޫސްކޫލްގެ ފުޓްބޯޅަ ދަނޑުގައެވެ.

މިއަދުގެ މެޗްގެ ޝަރަފްވެރި މެހްމާނަކީ ނ.ލަންދޫކައުންސިލްގެ ރައީސް އަލްފާޟިލް ޢަބުދުﷲ ޢާރިފުއެވެ.

މިއަދުގެ މެޗް ބެލުމަށްވެސް ގިނަޢަދަދެއްގެ ބެލެނިވެރިންނާއި، ދަރިވަރުންނާއި، ޢާއްމުންވަނީ ހާޒިރުވެފައެވެ.


ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

More posts. You may also be interested in.