Your cart is currently empty!
ލަންދޫ ސްކޫލާއި ލަންދޫގެ މުއައްސަސާތަކުގެ މެދުގައި ބަހުސްއެއް ބާއްވަނީ
ލަންދޫސްކޫލުގެ ރަންޔޫބިލް ފާހަގަކުރުމުގެ ގޮތުން ލަންދޫ ސްކޫލާއި ލަންދޫގައި ޤާއިމުވެފައިވާ ސަރުކާރުގެ ހުރިހާ މުއައްސަސާތަކެއްގެ މެދުގައި ބަހުސްއެއް ބާއްވާގޮތައް އެފަރާތްތަކުން ނިންމައިފިއެވެ. މި ބަހުސް އޮންނާނީ މިމަހުގެ 21 ވާ ހުކުރުދުވަހުގެ ރޭ ކަމުގައި މިކަން އިންތިޒާމް ކުރައްވާ ފަރާތުން ލަޢުލޫމާތު ދެއްވައެވެ. އެ ފަރާތުން މަޢުލޫމާތު ދެއްވާ ގޮތުގައި މި ބަހުސްގައި ބައިވެރިވާނީ ލަންދޫ ސްކޫލުން ނެގޭ ޓީމަކާއި ލަންދޫގައި ޤާއިމު ވެފައިވާ ސަރުކާރުގެ ހުރިހާ މުއައްސަސާއެއް ހިމެނޭގޮތައް ނެގޭ ޓީމެކެވެ. މި އަހަރަކީ ލަންދޫ…

ލަންދޫސްކޫލުގެ ރަންޔޫބިލް ފާހަގަކުރުމުގެ ގޮތުން ލަންދޫ ސްކޫލާއި ލަންދޫގައި ޤާއިމުވެފައިވާ ސަރުކާރުގެ ހުރިހާ މުއައްސަސާތަކެއްގެ މެދުގައި ބަހުސްއެއް ބާއްވާގޮތައް އެފަރާތްތަކުން ނިންމައިފިއެވެ. މި ބަހުސް އޮންނާނީ މިމަހުގެ 21 ވާ ހުކުރުދުވަހުގެ ރޭ ކަމުގައި މިކަން އިންތިޒާމް ކުރައްވާ ފަރާތުން ލަޢުލޫމާތު ދެއްވައެވެ. އެ ފަރާތުން މަޢުލޫމާތު ދެއްވާ ގޮތުގައި މި ބަހުސްގައި ބައިވެރިވާނީ ލަންދޫ ސްކޫލުން ނެގޭ ޓީމަކާއި ލަންދޫގައި ޤާއިމު ވެފައިވާ ސަރުކާރުގެ ހުރިހާ މުއައްސަސާއެއް ހިމެނޭގޮތައް ނެގޭ ޓީމެކެވެ.
މި އަހަރަކީ ލަންދޫ ސްކޫލަށް 50 އަހަރުފުރޭ އަހަރުކަމުން ކުލަގަދަ ގޮތެއްގައި މިއަހަރު ފާހަގަކުރުމަށް އެ ސްކޫލުން އަންނަނީ ތަފާތު ހަރަކާތްތަކެއް ހިންގަމުންނެވެ. އެގޮތުން ޤުރުއާން ހަތިމު ކުރުމުގެ ޕްރޮގްރާމާއި ، ޤުރުއާން ހިތުދަސްކުރުމުގެ ޕްރޮގްރާމުގެ އިތުން މިއަހަރު ގްރޭޑް 10 ގައި ކިޔަވަމުން ގެންދާ ހުރިހާ ދަރިވަރުން ޖީސީއީ އޯލެވެލް އިންތިހާނުން ފާސްކޮށް 100 އިންސައްތަ ހާސިލް ކުރުމަށް ކުރަމުން ގެންދާ މަސައްކަތް ފާހަގަ ކޮށްލެވެއެވެ.
ލަންދޫ ސްކޫލުގެ އަހަރީ ދުވަސްކަމަށްވާ ފެބުރުއަރީ 28 ވަނަ ދުވަސް ފާހަގަކުރުމަށްވެސް އެ ސްކޫލުގައިވަނީ ރަންޔޫބިލް އާޢި ގުޅުވާލައިގެން ވަރަށް ގިނަގުނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ.
Share with
/









ޚިޔާލު ފާޅުކުރައްވާ