Your cart is currently empty!
ލަންދޫސްކޫލްގެ މިއަހަރުގެ ބަޙްސް މުބާރާތް ރޭ ނިމިއްޖެ.
ނ.ލަންދޫ ސްކޫލްގެ މިއަހަރުގެ ބަހުސްމުބާރާތް ރޭ ނިމިއްޖެއެވެ. އެސްކޫލްގެ 3 ހައުސްގެ މެދުގައި 2 ޢުމުރު ފުރާއަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި ބަޙުސް މުބާރާތުގައި ޖުމުލަ 30 ބައިވެރިން ބަޙްސް ކޮށްފައިވެއެވެ. އެއީ ކީސްޓޭޖް 2 ން 15 ދަރިވަރުންނާއި، ކީސްޓޭޖް 3 ން 15 ދަރިވަރުންނެވެ. މިދިޔަ ބުރާސްފަތި، ހުކުރު އަދި ހޮނިރުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ބަޙްސް މުބާރާތްބާއްވާފައިވަނީ އެސްކޫލްގެ ހޯލްގައެވެ. ބަޙްސް އަޑުއެހުމަށް ކޮންމެ ދަންފަޅިއެއްގައިވެސް ގިނަ ބެލެނިވެރިންނާއި، ދަރިވަރުންނާއި، ސްކޫލްގެ…

ނ.ލަންދޫ ސްކޫލްގެ މިއަހަރުގެ ބަހުސްމުބާރާތް ރޭ ނިމިއްޖެއެވެ.
އެސްކޫލްގެ 3 ހައުސްގެ މެދުގައި 2 ޢުމުރު ފުރާއަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި ބަޙުސް މުބާރާތުގައި ޖުމުލަ 30 ބައިވެރިން ބަޙްސް ކޮށްފައިވެއެވެ. އެއީ ކީސްޓޭޖް 2 ން 15 ދަރިވަރުންނާއި، ކީސްޓޭޖް 3 ން 15 ދަރިވަރުންނެވެ.
މިދިޔަ ބުރާސްފަތި، ހުކުރު އަދި ހޮނިރުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ބަޙްސް މުބާރާތްބާއްވާފައިވަނީ އެސްކޫލްގެ ހޯލްގައެވެ. ބަޙްސް އަޑުއެހުމަށް ކޮންމެ ދަންފަޅިއެއްގައިވެސް ގިނަ ބެލެނިވެރިންނާއި، ދަރިވަރުންނާއި، ސްކޫލްގެ މުވައްޒަފުން ހާޒިރުވެފައިވެއެވެ.
ލަންދޫސްކޫލްގެ ބަޙްސް މުބާރާތް 2017 ގެ ފަނޑިޔާރުންގެ ގޮތުގައި ތިއްބެވީ އެސްކޫލްގައި ދިވެހި ކިޔަވައިދެއްވާ ޓީޗަރުންނާއި، އިސްލާމް ކިޔަވައިދެއްވާ ޓީޗަރުންނެވެ.
ލަންދޫސްކޫލުންބުނީ ބަޙްސް މުބާރާތް ރޭ ނިމިފައިވީނަމަވެސް މުބާރާތުގެ ނަތީޖާ ފާޅުކުރުމާއި، ވަނަވަނައަށް އައި ދަރިވަރުންނަށް ސެޓްފިކެޓާއި، ޓްރޮފީދިނުން އޮންނާނީ އެކަމަށްޓަކައި ބޭއްވޭ ޚާއްޞަ ރަސްމިއްޔާތެއްގައި ކަމަށެވެ.
މިއީ ލަންދޫސްކޫލްގެ ރަންޔޫބީލް ފާހަގަކުރާ އަހަރުކަމުން އެސްކޫލްގެ ކޯކަރިއުލަރ އެކްޓިވިޓީސްތައް ކުރިއަށްދަނީ އެހެންއަހަރުތަކާއި ޚިލާފަށް ވަރަށްބޮޑަށް ފެންވަރު ރަގަޅުކޮށް ފޯރިގަދަ މުބާރާތްތަކެއްގެ ގޮތުގައެވެ.
Share with
/









ޚިޔާލު ފާޅުކުރައްވާ