Your cart is currently empty!
އޯޓިޒަމް ދުވަސް ފާހަގަކުރުމުގެ ގޮތުން ލަންދޫ ސްކޫލްގައި ޚާއްޞަ އެސެމްބްލީ އެއް ބާއްވައިފި.
ދުނިޔޭގެ އޯޓިޒަމް ދުވަސް ފާހަގަކުރުމުގެ ގޮތުން ލަންދޫސްކޫލްގައި ޚާއްޞަ އެސެމްބްލީ އެއް މިއަދު ހެނދުނު ބާއްވައިފިއެވެ. ސްކޫލްގެ ހުރިހާ ދަރިވަރުންނާ ސްޓާފުން ބައިވެރިވި މިއެސެމްބްލީ ގައި ދުވަހާ ގުޅޭގޮތުން ވާހަކަ ދެއްކުމާއި، ހަދިޔާދިނުން އޮތެވެ. މިއެސެމްބްލީގެ ހުރިހާ ޙަރަކާތެއްގައި މިއަދުވެސް އިސްވެ ޙަރަކާތްތެރިވީ ސްކޫލް ކުދިންނެވެ. މިއީ ދޮށިމޭނާ ހައުސްގެ ފަރާތުން އިސްނަގައިގެން ރާވާއިންތިޒާމް ކުރި އެސްމްބްލީއެއްކަމަށް ސްކޫލުން މައުލޫމާތު ދެއެވެ. އޯޓިޒަމް ދުވަސްފާހަގަކުރުމަށް ބޭއްވި ޚާއްޞަ އެސެމްބްލީގެ ތެރެއިން / ފޮޓޯ: ލަންދޫއިންފޯ – ޒީރޯ…

ދުނިޔޭގެ އޯޓިޒަމް ދުވަސް ފާހަގަކުރުމުގެ ގޮތުން ލަންދޫސްކޫލްގައި ޚާއްޞަ އެސެމްބްލީ އެއް މިއަދު ހެނދުނު ބާއްވައިފިއެވެ. ސްކޫލްގެ ހުރިހާ ދަރިވަރުންނާ ސްޓާފުން ބައިވެރިވި މިއެސެމްބްލީ ގައި ދުވަހާ ގުޅޭގޮތުން ވާހަކަ ދެއްކުމާއި، ހަދިޔާދިނުން އޮތެވެ.
މިއެސެމްބްލީގެ ހުރިހާ ޙަރަކާތެއްގައި މިއަދުވެސް އިސްވެ ޙަރަކާތްތެރިވީ ސްކޫލް ކުދިންނެވެ. މިއީ ދޮށިމޭނާ ހައުސްގެ ފަރާތުން އިސްނަގައިގެން ރާވާއިންތިޒާމް ކުރި އެސްމްބްލީއެއްކަމަށް ސްކޫލުން މައުލޫމާތު ދެއެވެ.
އޯޓިޒަމް ދުވަސްފާހަގަކުރުމަށް ބޭއްވި ޚާއްޞަ އެސެމްބްލީގެ ތެރެއިން / ފޮޓޯ: ލަންދޫއިންފޯ – ޒީރޯ
ދުވަހާއި ގުޅޭ ގޮތުން ވާހަކަ ދެއްކީ ސްކޫލްގެ އަންހެން ކެޕްޓަން ގްރޭޑް 10 ގެ ދަރިވަރު އައިޝަތު އަލްމާއެވެ. އޭނާގެ ވާހަކައިގައި އޯޓިޒަމް ކުދިންފަދަ ކުދިންނަކީވެސް އަހަރުމެން ކަހަލަ ކުދިންނަށްވެފައި އެކުދިންނަށްވެސް އަޅާލުމާއި ލޯބި އަދި އެހީތެރިކަން ބޭނުންވާނެކަމަށާއި ، އެކުދިން ތަފާތުނުކޮށް ހަމަހަމަ ކުރުމަށް ހުރިހާ ފަރާތްތަކަށް ގޮވާލިއެވެ.
މިއަދުގެ އެސެމްބްލީގައި އޯޓިޒަމް ކުދިންނަށް ހަދިޔާދިނުންއޮތެވެ. އެގޮތުން ލަންދޫސްކޫލްގައި ތިބި އޯޓިޒމް 3 ދަރިވަރުންނަށް ފުރުޓް ބާސްކެޓް ހަވާލުކޮށްދެއްވީ ސްކޫލް ހިންގުމާ ޙަވާލުވެ ހުންނެވި ގްރެޖްއޭޓް ލީޑިންޓީޗަރ އަލްފާޟިލް މޫސާ ހުސެއިން އެވެ.
ދުނިޔޭގެ އޯޓިޒަމް ދުވަހަކީ ކޮންމެއަހަރެއްގެވެސް އެޕްރީލް މަހުގެ 2 ވަނަދުވަހެއެވެ. މިއަހަރު މި ފާހަގަކުރާ އޯޓިޒަމް ދުވަހަކީ މިގޮތުން ފާހަގަކުރެވޭ ބައިނަލްއަޤުވާމީ 9 ވަނަ އޯޓިޒމް ދުވަހެވެ.
Share with
/









ޚިޔާލު ފާޅުކުރައްވާ